11 Feb 2019

މިހޫނާ އެނބުރި އަތުވެއްޖެ

ސޯޝަލް މީޑިއާ އެކައުންޓް ޑިއެކްޓިވޭޓްކުރުމަށް ފަހު ގެއްލުނު މިހޫނާ އެނބުރި އައީ އެވެ. އޭނާގެ ކެރިއާ ދެން ކުރިއަށް ދާނީ ކިހިނެއްބާވަ އެވެ؟

ސޯޝަލް މީޑިއާ އެކައުންޓް ޑިއެކްޓިވޭޓްކުރުމަށް ފަހު ގެއްލުނު މިހޫނާ އެނބުރި އައީ އެވެ. އޭނާގެ ކެރިއާ ދެން ކުރިއަށް ދާނީ ކިހިނެއްބާވަ އެވެ؟

By: Shamila Ibrahim

މޭކަޕް އާޓިސްޓް މިހޫނާ އަހްމަދު (މިހޫ) އާއި އޭނާގެ ކްލައިންޓަކާ ދެމެދު ކޮށްފައިވާ ކޮންވަޒޭޝަނެއްގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، މިހޫ އަށް އަމާޒުވި ފާޑުކިޔުންތަކަށް ފަހު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޑީއެކްޓިވޭޓްކޮށް، މިހޫ ގެއްލުނެވެ. މިހާ ހިސާބަށް ދިޔައީ ހިނގި ކަންތައް މިނަށް ވުރެ ބޮޑުކޮށްލައިގެން ބަޔަކު ޖެއްސި ކެމްޕޭނަކުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ފަހު މިހޫ އެނބުރި އަތުވެއްޖެ އެވެ.

މީގެ ދެ ދުވަސް ކުރިން މިހޫ ވައިބާ ބޭނުން ކުރަން ފެށިކަމަށް ނޮޓިފިކޭޝަނެއް އައެވެ. މިހޫގެ ބޮޑު ފޭންބޭސްއެއް އޮންނަ އިންސްޓަގްރާމު އެކައުންޓުން ރޭގެ ވަގުތެއްގައި ސްޓޯރީއަށް ފޮޓޯއެއް އަޕްލޯޑްކުރި އެވެ. އެކަމަކު އެހެން ކަމެއް ފާހަގަވި އެވެ. މިހޫ އަންފޮލޯކުރަން ބަޔަކ ކެމްޕޭނެއް ވެސް ހިންގަނީ އެވެ.

މީގެ ކުރިން 29،300 ފޮލޯވަރުން ތިއްބެވެ. އެކަމަކު މެދުކެނޑުމަކަށްފަހު މިހޫ އެނބުރި އައި އިރު ތިބީ 29،200 އެވެ.

އިންސްޓަގްރާމް ސްޓޯރީއަށް ލައިފައިވާ ފޮޓޯ

މިހޫ އަށް މިހާ ވަރަށް މި ހަމަލާތައް އަންނަނީ އިންޑަސްޓްރީގެ އެހެން އާޓިސްޓުން މިހޫއާ ޖައްސާލައިގެން އުޅޭތީ ކަމަށް އޭނާގެ ފޭނުން ބުނެ އެވެ. އެކަމަކު އަނެއްކޮޅުން މިކަމަށް ރައްދު ވެސް ދެ އެވެ. އެކަމަކު މި ބަހުސްގެ ތެރެއަށް ވަންނާކަށް ނެތީމެވެ.

ލަފާ ކުރެވެނީ ކުޑަ ބްރޭކަކަށްފަހު މިހޫގެ މޭކަޕް ކެރިއާ ވެސް އަލުން ފެށޭނެ ކަމަށެވެ.

Popular