19 Feb 2019

ކަޅުސޮރުގެ ޝާހިލް

މީހުން އެންމެ ބޮޑަށް އަޅައިގަންނަނީ ޝާހިލްގެ ހިނިތުންވުމެވެ. ލޯ ވެސް ރީތީ އެވެ.

މީހުން އެންމެ ބޮޑަށް އަޅައިގަންނަނީ ޝާހިލްގެ ހިނިތުންވުމެވެ. ލޯ ވެސް ރީތީ އެވެ.

By: Shamila Ibrahim

އިންސްޓަގްރާމްގައި ދިވެހިންގެ މަގުބުލޫ "ކަޅުސޮރު" މީގެ ދެ ދުވަހެއް ކުރިން ޕޯސްޓްކުރި ފޮޓޯއަކަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. ޒުވާން ފޮޓޯގްރާފަރު މުހައްމަދު އަނަސް ޕޯސްޓްކުރި ކުޑަ ފިރިހެން ކުއްޖެއްގެ ލޮލުގެ ޖާދޫގައި މީހުން ޖެހުނީ އެވެ.

އުމުރުން 22 އަހަރުގެ ފޮޓޯގްރާފަރުގެ ކެމެރާ އަށް ބަލަހައްޓައިގެން ހުންނަނީ 12 އަހަރުގެ މުހައްމަދު ޝާހިލް ޝަމީމް (ޝާހިލް) އެވެ. މީހުންގެ ސަމާލުކަން ލިބުނީ ޝާހިލްގެ ހަމުގެ ކުލަޔާއި ހިނިތުންވުން އަދި ލޮލަށެވެ.

View this post on Instagram

Aesthetic Boy Shaahil

A post shared by MOHAMED ANAS (@calhusoru) on

އަނަސް ބުނީ ޝާހިލް އެންމެ ފުރަތަމަ ފެނުނީ ވެސް މާލޭގައި ޝާހިލް އުޅޭ ގެ ކައިރިން ކަމަށެވެ. ހަމަ އެ ވަގުތު ފޮޓޯ ނަގަން ބޭނުންވީ އެވެ. ޝާހިލްގެ ހިނިތުންވުން ސިކުނޑިއާ ކުޅެލާ ހިސާބަށް ފުރިހަމަވުމުގައި އަނަސް އެ ފޮޓޯ އެޑިޓްކުރި ގޮތް ވެސް މުހިންމެވެ.

"ޝާހިލް ފެނިގެން ފޮޓޯ ނަގަން ބޭނުންވާހަކަ ބުނީމަ އޭނަ މަންމަ ކައިރި އަހައިގެން ގާތްގަނޑަކަށް 20 މިނެޓް ލިބުނީ ފޮޓޯ ނަގަން. އެއީ އަދި ވަރަށް ވިއްސާރަ ދުވަހެއްވެސް މެ. ދެން ވަރަށް އަވަސް އަވަހަށް އުސްފަސްގަނޑުގަ އަމިއްލައަށް އައުޓްފިޓް ވެސް ބަދަލުކޮށްގެން، އަމިއްލަ ބެކްގްރައުންޑެއްގަ ނަގާފަ އިން ފޮޓޯއެއް މީ،" ފޮޓޯ ޝޫޓްތަކަށް ހާއްސަކޮށްގެން ބައިވަރު އައުޓްފިޓް ގެންގުޅޭ އަނަސް ބުންޏެވެ.

View this post on Instagram

12 years old this boy is more aesthetic then anyone . Meet THE AESTHETIC BOY SHAAHIL ... #c #vsco #portraitphotography #maldives

A post shared by MOHAMED ANAS (@calhusoru) on

އަނަސް ޝާހިލްގެ ފޮޓޯތައް ނެގީ މިދިޔަ އަހަރު އޮކްޓޫބަރު މަހު އެވެ. މިހާ ދުވަސް ވަންދެން މި ފޮޓޯ އަހަރެމެންނަށް ފެންނަ ހިސާބަށް ނައިސް ލަސްވީ އޭރު މި ފޮޓޯ ނެގިފައި އިން ގޮތް އަނަސްއަށް ކަމު ނުގޮސްގެންނެވެ. އެކަމަކު ފަހުން އަނެއްކާވެސް އިތުރު ފޮޓޯތަކެއް އެޑިޓް ކުރަނިކޮށް މި ފޮޓޯ ވެސް ރީތި ގޮތަކަށް އެޑިޓް ކުރެވިގެން ކަމު ގޮސް، އެންމެ ފަހުން އަޕްލޯޑްކޮށްލީ އެވެ.

ފޮޓޯގައި ފެންނަން ހުރި ކޮކާތަކަކީ ވެސް މި ފޮޓޯ ތަފާތު ގޮތަކަށް ގެނެސްދޭން އަނަސް ކޮށްފައިވާ އެޑިޓެކެވެ.

View this post on Instagram

So here's the 2nd photo of this boy as i promised (The Aesthetic boy Shaahil ) . Honestly this kid reminds me of Raudha Athif .🌟

A post shared by MOHAMED ANAS (@calhusoru) on

އަނަސް ބުނީ އޭނާއަށް އެންމެ ކަމުދަނީ ޝާހިލްގެ ހިނިތުންވުން ކަމަށެވެ. އެކަމަކު ޝާހިލްގެ މަޑުމުށި ކުލައިގެ ދެ ލޮލަކީ ވެސް މީހުންގެ ޖާދޫގައި ޖައްސާ އޭނާގެ ރީތި ސިފަތަކުގެ ތެރެއިން ކަމެކެވެ.

"އެންމެ ފުރަތަމަ ފާހަގަވީ އޭނަގެ ޖޯ ލައިން. ފެންނަ ކޮންމެ މީހަކު ވެސް އަޅައިގަންނަ ކަހަލަ ގޮތަކަށް ވަރަށް ރީތިކޮށް ފޭސް ޝޭޕް އިންނަނީ. ހިތަށް އެރީ މީނަ ވަރަށް ފޮޓޯ ޖެނިކް ވާނޭ ފޮޓޯއެއް ނަގަން."

View this post on Instagram

Aesthetic boy Shaahil is here .! .

A post shared by MOHAMED ANAS (@calhusoru) on

އެއް ދުވަހެއްގައި ނަގާފައިވާ ޝާހިލް ގެ ހައެއްކަ ފޮޓޯ އަނަސްގެ އިންސްޓަގްރާމް އެކައުންޓްގައި އެކި ފަހަރުމަތިން އަޕްލޯޑްކޮށްފައި ވެސް އެބަހުއްޓެވެ.

"ޝާހިލް ސްމައިލް ނުކޮށް އިން ފޮޓޯއެއް ލިޔަސް ސްމައިލް ކޮށްފަ އިން ފޮޓޯއަށް ލިބޭ ވަރަކަށް ލައިކްއެއް ނުލިބޭ. އެހެންވީމަ ހަމަ ބޮޑަށް ހީވަނީ ގިނަ މީހުން ލޮލުގެ ކުލައަށް ވުރެ ބޮޑަށް އަޅައިގަންނަނީ ޝާހިލްގެ ސްމައިލްއަށް ހެން."

އަނަސް ބުނީ ކުރިން އުޅުނީ ޝާހިލް ވެސް އުޅުނު ގެ ކައިރީގައި ކަމަށާއި އެކަމަކު މިހާރު ދެ މީހުން ދެ ގެއަކަށް ބަދަލުވެ، ޝާހިލް ނުފެންނަ ކަމަށެވެ. އެހެންވެ ޝާހިލްގެ އާ ފޮޓޯތަކެއް ފެންނާނެ ދުވަހެއް ދެން ނޭނގެ އެވެ.

ފޮޓޯގްރަފީ

Popular