13 Mar 2019

ރައިދާގެ ހުނަރު މިފަހަރު ދުބާއީގައި

ވަރަށް ބޮޑަށް ތަރުހީބު ލިބުނު. ހާއްސަކޮށް ކަލާ ޝޭޑްސް އަދި ގްރެފިކްސް ޕްރިންޓް އާ ހޭންޑްވޯކް ވެލްވެޓް ފޮތީގަ ގެނެސްދީފަ ހުރި ގޮތަށް

ވަރަށް ބޮޑަށް ތަރުހީބު ލިބުނު. ހާއްސަކޮށް ކަލާ ޝޭޑްސް އަދި ގްރެފިކްސް ޕްރިންޓް އާ ހޭންޑްވޯކް ވެލްވެޓް ފޮތީގަ ގެނެސްދީފަ ހުރި ގޮތަށް

By: Shamila Ibrahim

"ރައިދާ މޯލްޑިވްސް" ގެ ފެޝަން ބްރޭންޑްގެ ދަށުން، ފެޝަން ޑިޒައިނަރު ރައިދާ އިސްމާއިލްގެ ޑިޒައިންތައް އަބަދުވެސް ފެނެއެވެ. ކޮންމެ ޝޯއެއްގައި ވެސް ތަފާތު ދައްކައި، އިތުރު ހަރުފަތަކަށް ދެ އެވެ.

މީގެ ކުރިން ރައިދާ ވަނީ ބުރުގާ ހެދުންތަކާއެކު އިންޓަނޭޝަނަލް ޝޯއެއްގައި ތަފާތު ދައްކާފައެވެ. ދިވެހި ޑިޒައިނަރަކު އަދި ހޯދާފައި ނުވާ ޝަރަފަކާ އެކު މިފަހަރު ރައިދާ ދިޔައީ ދުބާއީއަށެވެ.

ކޮންމެ އަހަރަކު ވެސް ދުބާއީގައި އޮންނަ އެ ގައުމުގެ އެންމެ ބޮޑު އިންޓަނޭޝަނަލް ފެޝަން ޝޯ "ދުބާއީ މޮޑެސްޓް ފެޝަން ޝޯ" ގައި މިފަހަރު ވަނީ 20 ގައުމަކުން 35 ޑިޒައިނަރުން އެމީހުންގެ ކަލެކްޝަން ދައްކާލައިފަ އެވެ. ރައިދާ އަކީ އެ ޝޯގައި ޑިޒައިން ކަލެކްޝަން ދައްކާލި ހަމައެކަނި ދިވެހި ޑިޒައިނަރެވެ.

ރައިދާގެ ޑިޒައިނެއް

މި މަހުގެ 7-9 އަށް ދުބާއީގައި ބޭއްވި މި ޝޯގައި ރައިދާ ވަނީ އޭނާގެ ޑިޒައިނިންގެ ދިހަ ލުކެއް ދައްކާލާފައެވެ.

މިއީ މިކަމާ ގުޅޭ ގޮތުން ރައިދާއާ ކޮށްލި ބައެއް ސުވާލާއި ޖަވާބެވެ.

1. ރައިދާ އަކީ ދުބާއީގަ މިކަހަލަ ޝޯކޭސްއެއްގައި ޑިޒައިންތައް ދައްކާލި ފުރަތަމަ ޑިޒައިނާތަ؟ ކިހިނެއް ލިބުނު ފުރުސަތެއްތަ މީ؟

"އާން، އަޅުގަނޑަކީ ދުބާއީ ޝޯއެއްގައި ބައިވެރިވި ފުރަތަމަ ރާއްޖޭގެ (ދިވެހި) ފެޝަން ޑިޒައިނަ. އަޅުގަނޑުގެ ކަލެކްޝަންތައް ދުބާއީގަ ޝޯކޭސް ކުރަން ފުރުސަތު ލިބުނީ މޮޑެސްޓް ފެޝަން ވޯކްގެ ދެ ފައުންޑަ ކަމަށްވާ އޮޒްލެމް ސަހިން އަދި ފްރަންކާ ސޮރީއާގެ ފަރާތުން."

2. މި ޝޯކޭސްގަ ބޮޑަށް ދައްކާލީ ރައިދާގެ ކޮން ސްޓައިލްއެއްގެ ހެދުންތަކެއް؟

"މި ކަލެކްޝަންގައި ޑިޒައިންކޮށްފައި ހުންނާނީ ބޮޑަށް ރެޑީ ޓު ވެއާ ހެދުން. ހުރިހާ ވައްތަރެއްގެ މޮޑެސްޓް ހެދުން އަލަށް ލާން ބޭނުން މީހުންނަށް ވެސް ލެވޭ ގޮތަށް ހުންނާނީ. އަދި (ހުރިހާ ހެދުމެއް ވެސް) ވީހާ ވެސް މޮޑާން އެންޑް ޓްރެންޑް އަށް ފިޓް ވާ ގޮތަށް"

ރައިދާގެ ޑިޒައިންގެ ދިހަ ލުކް ވަނީ މި ޝޯގައި ދައްކާލާފައި

3. މި ޝޯގައި ދައްކާލި ކަލެކްޝަންގެ ހެދުންތައް ޑިޒައިންކޮށް ރެޑީކުރަން ކިހާ ވަގުތެއް ހޭދަކުރިންތަ؟

"ރިސާޗް އެންޑް އިންސްޕިރޭޝަން ފަށައިފިން 2018ގެ ޑިސެންބަރު މަހު. ފެބްރިކް އޯޑާކޮށް ގެނެސް، ޕްރިންޓްކޮށް ފައިނަލް ހެދުންތައް ނިންމީ ގާތްގަނޑަކަށް ދެ މަސް ތެރޭ"

4. ކުރީ ޒަމާނުގެ ތުރުކީ ކުނާ ވިޔާ މީހުން ކައިރިން އިންސްޕަޔާ ވެގެން ދޯ މިފަހަރު ހެދުންތައް ޑިޒައިން ކުރީ. މިކަމަށް ކުރި މަސައްކަތް ކިޔައިދީބަލަ!

"ޔެސް، ދަ ކަލެކްޝަން ވޯޒް އިންސްޕަޔާޑް ބައި ދަ ޓާކިޝް ވީވާސް.

އަޅުގަނޑު ވަރަށް ބެލިން އެ މީހުން އާންމުކޮށް ޔޫސްކޮށްފަ ހުންނަ ޖުއްބާ ކަލާސް އެންޑް ދަ ހިސްޓްރީ އޮފް ވީވިން އެންޑް އެ ދުވަސްކޮޅު އަންހެނުން މިކަން ކޮށް އުޅުނު ގޮތުން ބޮޑަށް އިންސްޕަޔާ ވީ. އެގޮތުގެ މަތިން އަމިއްލަ ގްރެފިކްސް އެންޑް އެންބްރިއޯޑަރީ އާޓް ވޯކް ހަދައިގެން ބޮޑަށް ސްޓޯރީއެއް ގެނެސްދެވޭތޯ މަސައްކަތް ކޮށްފަ ހުންނާނެ"

ރާއިދާއަކީ ދުބާއީ ޝޯއެއްގައި ޑިޒައިންތައް ދައްކާލި ފުރަތަމަ ދިވެހި ޑިޒައިނަރު

5. ޝޯކޭސްގައި ބައިވެރިކުރި ހެނދުންތައް އާންމުންނަށް ލިބޭނީ ކޮން އިރަކުންތަ؟

"ރޯދަ މަހުގެ ފަހު ކޮޅު އެވެއިލަބަލް ވާނެ ރާއްޖެ އަދި ލަަންކާއިން"

6. މިފަހަރުގެ ޝޯއަށް އާންމުންގެ ކިހާ ތަރުހީބެއް ލިބުނުތަ؟

"ވަރަށް ގިނަ މީހުން ލައިކްވި. ރާއްޖެއިން ބޭރު މީހުންނާއި ރާއްޖެ މީހުން ވެސް ވަރަށް ބޮޑަށް ތަރުހީބު ދިން. ހާއްސަކޮށް ކަލާ ޝޭޑްސް އަދި ގްރެފިކްސް ޕްރިންޓް އާ ހޭންޑްވޯކް ވެލްވެޓް ފޮތީގަ ގެނެސްދީފަ ހުރި ގޮތަށް ވަރަށް ތަރުހީބު ލިބުނު"

މިފަހަރުގެ ޑިޒައިންތައް އިންސްޕަޔާ ވީ ކުރީގެ ތުރުކީގެ ކުނާވިޔާ މީހުންގެ ފަރާތުން ކަމަށް ރާއިދާ ބުނި

7. މި ޝޯގައި ބޭނުން ކޮށްފަ އެވަނީ ދުބާއީގެ މޮޑެލުންތަ؟

"އެއީ ދުބާއީގެ އިތުރުން ޔޫރަޕް، ޖޯޑަން އަދި ޓާކީގެ މޮޑެލުން"

8. މިއަަހަރު ތެރޭ މިކަހަލަ އިތުރު ޝޯއެއް އަހަރެމެންނާ ހަމައަށް ފެނިދާނެތަ؟

"ޔެސް. ވިލް ބީ ޝޯއިން އަވާ އިޔާ އެންޑް ޓްރެވެލް ކަލެކްޝަން އިން ދަ "މާސިޑީޒް ބެންޒް ފެޝަން ވީކް"އިން ސްރީލަންކާ ވިޗް ވިލް ބީ ހެލްޑް އިން ނޮވެންބަރ 2019"

9. މިފަހަރުގެ ކަލެކްޝަންއަށް އެންމެ ހިތްހަމަ ޖެހިގެން ތައްޔާރު ކޮށްލެވެނު ހެދުމަކީ ކޮބައިތަ؟ އަދި އެ ހެދުން ނިންމަން ކިހާ ވަގުތެއް ހޭދަ ކުރިން؟

"ހުރިހާ ހެދުންތަކަކާ މެދު ވެސް ވަރަށް ހިތްހަމަ ޖެހުން.

ވެލްވެޓް އެންޑް ޕްރިންޓެޑް އަދި އެންބްރިއޯޑަރީއާ އެއްކޮށް ހަދާފަ އިން މެރޫން އަބާޔާގެ ފިނިޝިން ވަރަށް ހިތްހަމަ ޖެހޭ. އަދި ޑާކް މެރޫން ކުލައިގެ ސޫޓް އަކީ ވެސް ވަަރަށް ހާޑް ވޯކް ކުރި ޕީސްއެއް. މި ދެ ހެދުން ފިލް ފިނިޝިން ހަދަން ޓޫ ވީކްސް ނެގި"

މި ޝޯގައި ދައްކާލި ހުރިހާ ހެދުމެއް ވެސް ޑިޒައިން ކޮށްފައިވަނީ ވީހާވެސް މޮޑާންކޮށް އަދި ޓްރެންޑަށް ފިޓް ވާ ގޮތަށް

10. އިންޓަނޭޝަނަލް ލެވެލްއެއްގައި މީގެ ކުރިން އެތައް ޝޯތަކެއްގައި ބައިވެރިވަމުން ދޯ ތި ދަނީ. ކޮބާތަ ފެޝަން އެންޑް ޑިޒައިންގެ ދާއިރާގަ މިހާރުގެ ގޯލް އަކީ؟

"އަޅުގަނޑުގެ ބްރޭންޑަކީ މި ރީޖަންގަ ވެސް ނަން ކިޔާލެވޭ ލެވެލްގެ ބްރޭންޑް އެއް ހެދުން. އަދި ވިޔަފާރި ފުޅާކޮށް އިންޓަނޭޝަނަލް ކޮށް ގިނަ ލޮކޭޝަންތަކުން ސޭލްސް ގިނަކުރުން"

ފެޝަން

Popular