19 May 2019

"ދޯ" މިފަހަރު އާޓިސްޓުންނަށް

"ދޯ" މިފަހަރު އާޓިސްޓުންނަށް

By: Aishath Maaha

ދިވެހިންގެ ތެރޭގައި ހުނަރުވެރި ޒުވާނުން ބައިވަރެވެ. އެކިއެކި ދާއިރާތަކުން ގައުމަށް ރީތި ނަން ހޯދައިދީފައިވާ އަދި ހޯދައިދެމުންދާ ޒުވާނުން ގިނަ އެވެ. ހާއްސަކޮށް އާޓިސްޓުން ނުވަތަ ކުރެހުންތެރިން ގިނަ އެވެ.

ކުލަ ފިއްސެއް ހިފައިގެން ނުވަތަ ޑިޖިޓަލް ޕްލެޓްފޯމެއްގައި އުޅޭ މި ޒުވާނުންގެ ވާހަކަ ދައްކަން އެބަޖެހެ އެވެ. "ދޯ" ގެ 14 ވަނަ އެޑިޝަން ހާއްސަކޮށްލާފަ މިއޮތީ އާޓިސްޓުންނަށެވެ. ހޮވާލެވުނު މޮޅެތި އާޓިސްޓުން ތަކެއްގެ ވާހަކަ މި އަދަދުގައި ހިމަނާލާފައިވާނެ އެވެ.

"ދޯ"ގެ 14 ވަނަ އެޑިޝަން. --- ފޮޓޯ: ހުސެން ވަހީދު / ދޯ

އާޓުގެ ދުނިޔެއިން އެމީހުންނަށް ލިބެން ހުރި ފުރުސަތުތަކާއި ލިބެމުންދާ ފުރުސަތުތައް އަދި ދިމާވާ ގޮންޖެހުންތައް އެ މީހުން ވަނީ ހިއްސާކޮށްފަ އެވެ.

ކްރިއޭޓިވް އެ ސިކުނޑިތަކުން ރާއްޖޭގެ މި ތޮށިގަނޑު ފަޅާލާފަ ނުކުމެގެން ގޮސް ދުނިޔޭގެ ފެންވަރުގެ ކާމިޔާބީތައް ހޯދޭނެ ފެންވަރުގެ ސިކުނޑިތަކެވެ. ބޭނުންވަނީ ފުރުސަތުތަކަކާއި ފުރުސަތުތަކެއް ހޯދައިދޭނެ ފަރާތެކެވެ.

މި އެޑިޝަންގައި ރާއްޖޭގައި ތިބި މޮޅެތި އާޓިސްޓުންގެ ވާހަކަ ކިޔައިދޭނެ. -- ފޮޓޯ: ހުސެން ވަހީދު / ދޯ

"ދޯ"ގެ މި އަދަދު ވެސް މިހާރު ބައެއް ބުކްޝޮޕްތަކުންނާއި ކެފޭތަކުންނާއި ސެލޫންތަކުން ކިޔާލަން ލިބޭނެ އެވެ. "ދޯ މެގަޒިން" މީގެ ފަހުން ނެރެމުން ގެންދާނީ ކޮންމެ ތިން މަހުން އެއް މަހު އެވެ.

Popular