16 Jun 2019

ބުޅަލަށް ކިޔަނީ ކޮން ނަމެއް؟ ސިންހޫތާއި ކަމަނަ ވެސް އެބަ އުޅޭ

ބުޅާ ގެންގުޅޭ މީހުން ވަރަށް ގިނަ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ބުޅަލަށް ރީތި ނަމެއް ވެސް ކިޔަ އެވެ.

ބުޅާ ގެންގުޅޭ މީހުން ވަރަށް ގިނަ އެވެ. ކޮންމެ މީހަކު ވެސް އެ މީހެއްގެ ބުޅަލަށް ރީތި ނަމެއް ވެސް ކިޔަ އެވެ.

By: Ifraz Ali

މި އޮތީ ރާއްޖޭގައި އާންމުކޮށް ބުޅަލަށް ކިޔާ އުޅޭ ނަންނަމުގެ ލިސްޓެކެވެ. ބުޅާ އޮޅުކޮށްގެން ގެންގުޅޭ މީހުން އެއަށް ހާއްސަ ނަމެއް ކިޔަ އެވެ. މި ގޮތަށް ކިޔާ ނަންނަމަށް ބުޅާތައް ވެސް ތިބެނީ ފަރިތަވެފަ އެވެ. އެ ނަމަކުން ގޮވީމާ، އެ ގޮވަނީ އެސޮރަށް ކަން އެނގެ އެވެ.

ނަން ކިޔުމުގައި ބަލަނީ އެ ބުޅާ ގެންގުޅޭ މީހާ އަށް ރީތި ނަމެކެވެ. ބުޅަލުގެ ވެރިޔާ ބަދަލުވިޔަސް، އެންމެ ފުރަތަމަ އެޔަށް ކީ ނަން ހަމަ އެގޮތުގައި ބާއްވަން ޖެހެ އެވެ. ބުޅާ ގެންގުޅޭ މީހުން ބުނަނީ އެއީ އާ ނަމެއް ކިޔަން ވެއްޖެ ނަމަ އެއަށް އޮޅުން އަރާތީ ކަމަށެވެ.

މީހަކު އޮޅުކޮށްގެން ގެންގުޅޭ ކުޑަ ބުޅަލެއް: އެންމެ ގިނައިން ބުޅަލަށް ކިޔާ އުޅެނީ ސްނޯ --

ބިސްމާ، ބުސް، ކަމަނަ އަދި ސިންހޫތު އަކީ ވެސް ދިވެހި ބުޅަލަށް ކިޔާ ނަންނަމެވެ. މިހެން ގޮސް މި ލިސްޓު ވަރަށް ދިގު ވާނެ އެވެ. އާންމުކޮށް ބުޅަލަށް ކިޔައި އުޅޭ ނަންނަމަކީ ކޮބައިތޯ އެހީމާ، އެކި މީހުން ފޮނުވި ނަންތައް ފުރާނާލައިގެން ހޮވާލެވުނު އެންމެ އާންމު ނަންތަކަކީ މިއީ އެވެ؛

1. ސްނޯ

2. ބްލެކީ

3. ލިއޯ

4. ސިމްބާ

މީހަކު އޮޅުކޮށްގެން ގެންގުޅޭ ބުޅަލެއް: ނަމަކުން ގޮވުމުން އެސޮރަށް ވަކިކުރަން އެނގޭ --

5. ފްލަފީ

6. ޕޫކީ

7. ލޫސީ

މީހަކު އޮޅުކޮށްގެން ގެންގުޅޭ ކުޑަ ބުޅާތަކެއް: ބުޅަލަށް އެއް ފަހަރު ކިޔާ ނަން ދެން ބަދަލު ނުކުރަން މީހުން ބުނޭ --

8. އޮޒީ

9. ފަޒީ

10. ލިލީ

ސްނޯ އާންމުކޮށް ކިޔައި އުޅެނީ ހުދު ބުޅަލަށެވެ. ބައެއް ހުދު ބުޅަލަށް ސްނޯއީ ވެސް ކިޔަ އެވެ. މީހުން ފޮނުވި އިތުރު ނަންތަކުގެ ތެރޭގައި ބުސްބެ، ބިސް، ބޫ، ޕޫޕްސީ، ކޫޗީ ކުޑީ، ބެބޫން، އަހުނިސާއު އަދި ކިޑޯ ކަހަލަ ނަންނަން ވެސް ހިމެނެ އެވެ.

މީހަކު އޮޅުކޮށްގެން ގެންގުޅޭ ކުޑަ ބުޅަލެއް: ދިވެހި ނަންނަން ވެސް ބުޅާތަކަށް ކިޔައި އުޅޭ --

މިފަހުން ސައިންސްވެރިން ހެދި ދިރާސާއަކުން ހާމަވި ގޮތުގައި ބުޅަލަށް ވަކި ހާއްސަ ނަމަކުން ގޮވީމާ އެއަށް ފާހަގަކުރަން އެނގެ އެވެ. ނަމަވެސް އެ ބުޅަލުގެ ވެރިޔާ ނޫން މީހަކު އޭނާގެ ނަމުން ގޮވިޔަސް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށްވެ އެވެ. އެކަމަކު މީހަކު ގޮވާކަން އެސޮރަށް ރަނގަޅަށް އެނގޭނެ އެވެ. އެސޮރު އަޅާނުލަނީ އެވެ.

މި ނޫނަސް ތަފާތު އެކި ނަންނަން ކިޔާ ބުޅާތައް އަދިވެސް އުޅޭނެ އެވެ. ނަންތައް ކޮމެންޓްގައި ފޮނުވާށެވެ.

ޖަނަވާރު

Popular