18 Jun 2019

އަނބި ރީތީ ފިރިމީހާ ފަލަވާ ނަމަތަ؟

By: Asiya Abdul Raheem (Dietician)

ދިވެހިން ބައެއް މީހުންގެ މެދުގައި ކުރިއްސުރެ ގަބޫލު ކުރެވޭ ޒާތެއްގެ ކަމެކެވެ. ދެމަފިރިއަކު އެކުގައި އުޅެ ފިރިމީހާ ފަލަވާ ނަމަ އެއީ އަނބި މީހާގެ ހެޔޮ ކަމޭ ބުނެވޭ އުޅެއެވެ. އަދި ދެމަފިރިންް ކުރެ މީހަކު ހިކޭ ނަމަ ހިތާމަ ކުރަނީ ނުވަތަ ކައިވެނި ހިތާމަވެރި ކަމުގައި ދެކެއެވެ. އަދި ކައިވެންޏަށް ފަހު ފަލަ ވާނަމަ ވަރަށް ފަޚުހުރުވެރި ވެލާފައި މި ފެންނަނީ އަނބިމީހާގެ ހެޔޮ ކަމޭ ބުނެ އުޅެއެވެ.

ނަމަވެސް އަޅުގަނޑުމެން މި ވިސްނުން ބަދަލު ކުރަން ވެއްޖެ އެވެ. ކައިވެންޏަށް ފަހު ދެމަފިރިން ވެސް ވިސްނަންވީ އެކަކު އަނެކަކު ދުޅަހެޔޮ ސިއްހަތާ މެދު އެވެ. ކާންދީ ފިރިމީހާ ފަލަކޮށްލުމުގެ ބަދަލުގައި ނުވަތަ ކާންދީ ފަހަރި ނުވަތަ ދަނބިދަރި ފަލަ ކޮށްލުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބުން ތަފާތު ގިނަ ގޮތްގޮތުން ވިސްނައިފި ނަމަ މާ ފައިދާ ބޮޑެވެ. ޚާއްސަކޮށް ދެމަފިރިން ދަރިން ހޯދަން ޚިޔާލު ކުރާނަމަ ދެމަފިރިން ވެސް ދުޅަހެޔޮ ބަރުދަނެއްގައި ތިބުމަށް ކެއުންބުއިމާއި ދިރިއުޅުމުގެ ވައްޓަފާޅި އަކަށް ބަދަލުކޮށްލުން އަދި މިކަމަ އެކަކު އަނެކަކަށް ހިތްވަރުދިނުން މިއީ ލިބޭ ދަރިންގެ ދުޅަހަޔޮ ކަމަށް އަދި މާބަނޑު ދުވަސްވަރު ދުޅަހެޔޮކޮށް ވޭތުކުރުމަށް މުހިއްމު ކަމެކެވެ. ކައިވެންޏަށް ފަހު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވިދާނެ ބައެއް ކަންކަން ހުރެއެވެ، އެގޮތުން:

ދެމަފިރިން އެކުގައި ކާ ތަކެތި ތައްޔާރު ކުރުމުގައި ޝާމިލް ވުން.

ދެމަފިރިން އެއް ސުފުރާމަތިން ކެއުން.

އޮފީހަށް ދާ ދެމަފިރިން ނަމަ ބޭރުން ކެއުމުގައި ބަދަލުގައި ގޭގައި ކެއްކުމަށްފަހު ކާ ތަކެތޮ ބަންދުކޮށްލައިގެން އޮފީހަށް ގޮސް ކެއުން.

ދެމިފިރިން އެކަކު އަނެކަކަށް ހިތްވަރުދީ އެކުގައި ނުވަތަ ވަކިން ވިއަސް ކަސްރަތަށް ދިޔުން.

ކައިވެނި

Popular