10 Jul 2019

މަށަކަށްވާ ލާހިކެއްނޫން؛ ކީކޭތަ ކިޔާނީ؟

މަށަކަށްވާ ލާހިކެއްނޫން؛ ކީކޭތަ ކިޔާނީ؟

By: Ifraz Ali

ހިތްކިޔާ މީހަކު ފެނި، ފުރަތަމަ ފަހަރަށް އެމީހަކާ ވާހަކަ އަޅުވައިލަން އުޅޭ މަޖާ ވާހަކަތައް އަބަދުވެސް އަޑުއިވެ އެވެ. އެހެން އުޅޭއިރު ބައެއް މީހުނަށް ލަނޑު ވެސް ލިބެ އެވެ. މިކަމުގައި ކާމިޔާބު މީހުން، ހަމަ ވަރަށް ކާމިޔާބެވެ. އެކަމަކު އަނެއް ބަޔަކަށް މިއީ އަނގަ ހުޅުވާލަން ވެސް ކެރޭ ހާލަތެއް ނޫނެވެ.

އާންމު ގޮތެއްގައި ދެ މީހަކު ވާހަކަ ދައްކަން ފަށައި ގުޅުން ބަދަހިވެގެން ދަނީ ނޭނގުމުގެ ތެރޭގަ އެވެ. ކޮންމެވެސް ތަނަކުން ދިމާވެ ނުވަތަ ނަން އެނގި އެކަކު .އަނެކަކަށް ގޮވާލައި ހިނިތުންވެލާ ހިސާބުން އެ ގުޅުމެއްގެ ބިންގާ އެޅެ އެވެ. އެކުވެރިކަމަށް ނުވަތަ ލޯތްބަށް ނުވަތަ ދެކެފަރިތަ ގުޅުމަކަށްވެ ސިއްކަ ޖެހެ އެވެ.

މީހަކާ ވާހަކަ ދައްކަން ކިތަންމެ ބޭނުންވިޔަސް އެ މީހަކަށް އުނދަގުލަކަށްވާ ގޮތަށް ނުވަތަ ފުރައްސާރަޔަކަށްވާ ގޮތަށް ނޫޅެއްޗެވެ. ތަހުޒީބު ރީތި ގޮތް އޮންނާނެ އެވެ.

މި ދެނީ އިންޒާރެކެވެ. ތިމާ އެހެން މީހަކާ ވާހަކަ ދައްކާ ގުޅުމެއް އުފައްދަން އުޅުނަސް އަނެކާގެ ފަރާތުން ލިބޭ އިޝާރާތުން އެ މީހެއްގެ ހިތް އެނގޭނެ އެވެ. ޕޮޒިޓިވް އިޖާބައެއް ނުލިބޭ ނަމަ ދެން އެކަން ހުއްޓާލާފައި ދުރުގައި ހުންނަންވީކަން އެނގެން ޖެހޭނެ އެވެ. އެކަމަކު އޭނާ އަނެއްކޮޅު ދިމާވެއްޖެ ނަމަ ކުރިއަށް ދިއުމުގައި މައްސަލައެއް ނެތެވެ.

ދެން ވާހަކަ ކުރިއަށް ގެންދަން، ދެ މީހުން ގަޔާވާ ކަންކަން ދެނެގަނެ އެ މައުލޫގެ ތެރެއަށް ވަންނާނީ އެވެ. އެކަކު އަނެކެއްގެ އިހްސާސްތަކަށް އިހްތިރާމްކޮށް ސަމާސާ ވިހަ ނުކޮށް އުޅޭށެވެ. އެހެން ނޫނީ އެކަކު އަނެކެއްގެ ވާހަކަތައް ހިއްސާކޮށް ގުޅުމެއް ބަދަހިކުރަން ފުރުސަތެއް ނުލިބޭނެ އެވެ.

އެކަމަކު މި ހުރިހާ ކަމެއްގެ ކުރިން ވެސް އޮންނާނީ ގަޔާވާ ގޮތަކަށް ވާހަކައެއް ފަށާނެ މޮޅު އިބާރާތެއް ބޭނުންކޮށްލުމެވެ. ފަށާނެ ގޮތް ބުނެބަލާށެވެ.

Popular