16 Jul 2019

By: Aishath Maaha

ކޭކު ފަޅައި އުފަން ދުވަސް ފާހަގަކުރުމަކީ ރައްޓެހިންނާއި އާއިލާ މީހުން ހާއްސަ އިސްކަމެއް ދީގެން ކުރާ އެއް ކަންތަކެވެ. މިކަމުގައި ބަދަލުވީ ކޭކު އަޅާ ތީމްތަކާއި ޑިޒައިންތަކެވެ.

ކާޓޫން ކެރެކްޓާތަކާއި ޕްރިންސެސްތައް އަދި ސުޕަހީރޯ ކޭކުތަކުގެ ޓްރެންޑުތައް ދައުރުވަމުން ދެ އެވެ. އެ ދުވަސްވަރެއްގެ އެންމެ މަޝްހޫރު ކެރެކްޓާތައް މަގުބޫލެވެ. ޑައިނަސޯ، މޮއާނާ، ބޭބީ ޝާކް، އަދި ޕްރިންސެސް އެލްސާ ކޭކުތައް ވެސް އެއް ދުވަސްވަރެއްގައި މަގުބޫލެވެ.

މިފަހަކަށް އައިސް ވެސް އުޅެނީ ތަފާތު ކޭކް ތީމްތަކެއް މަގުބޫލުވެގެންނެވެ. މަޝްހޫރު ކޭކު އެޅުންތެރިޔާ މަރިޔަމް ޝަފާނާ ބުނީ މި ދުވަސްވަރު އެންމެ މަގުބޫލީ ޔުނިކޯނާއި ފްލެމިންގޯ ތީމް ކަމަށެވެ.

ހާއްސަކޮށް އަންހެން ކުދިންގެ މެދުގަ އެވެ. ބޮޑެތި އަދި ކުޑަ އަންހެން ކުދިންނަށް ވެސް މި ދުވަސްވަރު މަގުބޫލީ އެއް ކަހަލަ ކޭކުތަކެކެވެ. ފިރިހެން ކުދިން އަދިވެސް ބޭނުންވަނީ ސުޕަހީރޯ ކޭކެވެ.

ޔުނިކޯން ތީމް ކޭކެއް. -- ފޮޓޯ: ކޭކް ބައި ޝަފާ

ޔުނިކޯން

އަންހެން ކުދިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ތީމަކީ ޔުނިކޯން އެވެ. ހާއްސަކޮށް، ކުޑަކުދިންގެ މެދުގައި ޔުނިކޯން ކޭކު މަގުބޫލެވެ. ވަރަށް ސިމްޕަލް ޔުނިކޯން ކޭކުތަކާއި ރެއިންބޯ ހިމަނައިގެން ތައްޔާރުކުރާ ކޭކުތައް ވެސް ހިނގަ އެވެ.

View this post on Instagram

A post shared by cakesbyshafa (@cakesbyshafa) on

ފްލެމިންގޯ

މިފަހަކަށް އައިސް އެންމެ މަގުބޫލު އަނެއް ތީމަކީ ފްލެމިންގޯ އެވެ. ކޭކާއި މުޅި ޕާޓީ ޒީނަތްތެރި ކޮށްލަނީ ފިޔާތޮއްޓާއި ހުދު ކުލައިންނެވެ. ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ވެސް މި ތީމު ވަރަށް ކަމުދެ އެވެ.

ސްވޯން

ސްވޯން ތީމް ކޭކުތަކާއި ޕާޓީތައް މިހާރު ވަރަށް މަގުބޫލެވެ. ހާއްސަކޮށް ކުޑަކުދިންގެ މެދުގަ އެވެ. ސްވޯން ތީމް ޓްރެންޑުވާން ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މާމެޑް ތީމް ކޭކެއް. -- ފޮޓޯ: ކޭކްސް ބައި ޝަފާ

މާމެއިޑް

ތަންކޮޅެއް ކުރިއަށް ޖެހިލާއިރު ޕްރިންސެސް އޭރިއަލް އަކީ އަންހެން ކުދިންގެ ވަރަށް ފޭވަރިޓް ޕްރިންސެސް އެކެވެ. މާމެއިޑެއް އިހުތިޔާރުކުރާ ނަމަ ހޯދާނީ އޭރިއަލް ކޭކެވެ. މިހާރު އަނެއްކާ ވެސް މިއުޅެނީ މާމެއިޑް ތީމް އަންހެން ކުދިންގެ މެދުގައި މަގުބޫލު ވެގެންނެވެ.

ޝިމާ އެންޑް ޝައިން ތީމް ކޭކެއް. -- ފޮޓޯ: ކޭކްސް ބައި ޝަފާ

ޝިމާ އެންޑް ޝައިން

ކުޑަ އަންހެން ކުދިންގެ މެދުގައި ޝިމާ އެންޑް ޝައިން ކޭކުތައް ވަރަށް މަގުބޫލެވެ. މި ކާޓޫނަކީ މިފަހަކަށް އައިސް ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލު އެއް ކާޓޫނު ވެސް މެ އެވެ.

ކޭކް ޑެކޮރޭޝަން

Popular