23 Jul 2019

ބަނޑުބޮޑުއިރު ހަނދުކޭތަ އަށް ނުބަލާށޯ!

ބަނޑުބޮޑުއިރު ހަނދުކޭތަ އަށް ނުބަލާށޯ!

By: Ahmed Nadym

ބަލިވެއިންނަ ޒުވާން އަންހެނާ އަށް އޭނާގެ ދުވަސްވީ މަންމަ ނުވަތަ މާމަ ދޭ ނަސޭހަތެއް މިޒަމާނަކު އެއްވެސް މީހަކު އަޑެއް ނާހާނޭ ބުންޏަސް ރަނގަޅުވާނެ އެވެ. އެކަމަކު ބަލިވެއިންނަ އަންހެނެއްގެ ބަނޑަށް ބަލަހައްޓައިގެން ތިބެ އެ މާމަމެން އަހަރެމެންނަށް ކިޔައިދިން ވާހަކަތައް ވަރަށް ވެސް ޝައުގުވެރިވެފައި އެހާމެ އަޖާއިބުކުރުވަނިވިއެވެ. އަދި ބިރުން ފިތްކަނޑައިގެންދާ ކަހަލަ ވާހަކަތައް ވެސް ކިޔައިދީފައި އެބަހުއްޓެވެ. އެކަމަކު މި ޒަމާނުގައި އެއީ ހުސް މޮޔަ ހިޔާލާއި ގަބޫލުކުރުންތަކެވެ. އެއްވެސް ތާކުންތާކުޖެހޭ ވާހަކަތަކެއް ނޫނެވެ.

ނަމަވެސް ބަލިވެއިންނަ އަންހެން މީހާ އާއި އޭނާގެ ބަނޑާއި އެ ބަނޑުތެރޭގައި ގަރަބަގެންފައިވާ ކުއްޖާއާ ބެހޭ ގޮތުން މިގޮތަށް އިހުޒަމާނުގެ މީހުން ދައްކައި އުޅުނު ބައެއް ވާހަކަތަކަށް ފަހުގެ ސައިންސާއި އިލްމު ބާރު ދީފައި އެބަހުއްޓެވެ. ނަމަވެސް އެގޮތަށް ބާރު ލިބިފައިވާ ގަބޫލުކުރުންތަކަށް ދިއުމުގެ ކުރިން މިއޮތީ މާމަމެން ދެއްކި ވާހަކަތަކާއި ދިން އިންޒާރުތަކުގެ ލިސްޓެކެވެ.

1- ނުދަންނަ މީހަކު ބަނޑުގައި އަތްލިޔަ ނުދެއްޗެވެ. އެސްފީނާއަކަށް ވެދާނެއެވެ. ކުއްޖާ ބަލިވެދާނެއެވެ. ކުއްޖާ އައިބުވެދާނެއެވެ.

2- ހަނދުކޭތަ ހިފާ ގަޑީގައި ވަޅި އާއި އެނޫން ވެސް ތޫނު އާލާތްތަކުގެ ބޭނުން އަމިއްލަ އަށް ނުކުރައްޗެވެ. އަދި އާދައިގެ ދުވަސްތަކުގައި ވެސް، ބަލިއިނދެ ވަޅި ފަދަ ތޫނު އެއްޗެހި ބޭނުންކުރުމަކީ ދަރިފުޅު އައިބުވެދާނެ ކަމެކެވެ.

3- ސާދަވިލޭރެއެއްގެ ހަނދުވަރަށް ނުނިކުންނައްޗެވެ. އަމުދުން، ބޮޑުވެގެންވީ އެ ހަނދާ ދިމާލަށް ނުބަލައްޗެވެ. ބަނޑުގައި އޮތް ދަރިފުޅުގެ މޫނު އައިބުވެދާނެއެވެ.

4- ކޭތަ ހިފުމަށް ފަހު ގެއިން ބޭރަށް ނުނިކުންނައްޗެވެ. އެޔަށް ބަލައިގެން ވެސް ނުވާނެ އެވެ. އަދި ކޭތަ ފިލައި ނުދަނީސް ފެން ނުވަރައްޗެވެ.

5- ބަލިވެއިނަސް ހުރިހާ އެއްޗެއް ކާން ޖެހޭނެއެވެ. އެގޮތަށް ނުކައި ދޫކޮށްލާ އެއްޗެހީގެ ސިފައިގައި އުފަން ލައް ކުދިންގެ ގަޔަށް އަރައިފާނެތެވެ.

6- ބަނޑާއެކު ކަނޑަށް ނުނިކުންނައްޗެވެ. ނުބައި ރޫހާނީ ބާރުތަކުން ދަރިފުޅުގެ ފުރާނަ ގެންގޮސްދާނެއެވެ.

7- މި ވެނި އެވެނި ގޮތަކަށް ތޮޅޭ ނަމަ ތިއީ އަންހެން ކުއްޖެކެވެ. މާ ބާރަށް ތޮޅޭ ނަމަ ތި ވާނީ ފިރިހެން ސޮރަކަށެވެ.

ކޮންމެއަކަސް މި ލިސްޓެއް މިގޮތަށް ކިތަންމެ ދިގުކޮށް ވެސް ލިޔެވިދާނެއެވެ. އަހަރެމެން ދިވެހިންނާއި ދެކުނު އޭޝިއާ އަދި އިރުމަތީ އޭޝިއާގެ މީހުންގެ މެދުގައި މިފަދަ ގަބޫލުކުރުންތައް ކުރީ ޒަމާނުގައި ވަރަށް ވެސް އާންމެވެ. ފަހަރެއްގައި އަހަރެމެންގެ މާމަމެންނާ ހަމައަށް މިފަދަ ގަބޫލުކުރުންތައް އައިސްފައި ވަނީ އިންޑިއާ އާއި ޗައިނާއިންނެވެ.

ނަމަވެސް މިފަދަ ގިނަ ގަބޫލުކުރުންތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ކަންކަމެއް ނޫނެވެ. މިސާލަކަށް، ބަލިވެއިންނަ ދުވަސްވަރު އެންމެ މީރީ ޗޮކުލެޓު ކަމުގައިވިޔަސް ކުއްޖާގެ ގައިގައި ޗޮކްލެޓެއްހެން ހީވާ އުފަން ލަފެއް ނުލާނެއެވެ. އަދި މާ ތިރީގައި ކުއްޖާ އޮތުމަކީ އެ ކުއްޖާ ފިރިހެން ނުވަތަ އަންހެން ކުއްޖެއްގެ ގޮތުގައި ކަނޑައެޅޭނެ އަލާމާތެއް ވެސް ނޫނެވެ. އަދި، އަމުދަކުން ހަނދުބޮޑުވުމަކާ ބަލިވެއިނުމަކާ އެއްވެސް ގުޅުމެއް ވެސް ނެތެވެ.

އެކަމަކު ވެސް މާމަމެން ކިޔައިދިން ބައެއް ވާހަކަތައް ހަގީގަތަކަށް ވެފައި އެބަހުއްޓެވެ.

އުނދަގުލުން، ގިނައިރުން ވިހޭނީ ފިރިހެން ކުދިން!

މިއީ ސައިންސާއި ދިރާސާތަކުން އަދި ތަފާސް ހިސާބުތަކުން އެއްކުރެވިފައިވާ މައުލޫމާތުގެ އަލީގައި ރަނގަޅު ވާހަކައެކޭ ބުނެވިދާނެއެވެ. މިކަން މިހެން ހިނގާތޯ ބެލުމަށް، 2003 ވަނަ އަހަރު އަޔަލެންޑްގެ ހޮސްޕިޓަލެއްގެ ރިކޯޑްތަކެއް އެއްކޮށްގެން ސައިންސްވެރިންގެ ޓީމަކުން ކުރި ދިރާސާއަކުން އެނގިފައި ވަނީ އެ ހޮސްޕިޓަލުގައި 1997 ވަނަ އަހަރާއި 2000 ވަނަ އަހަރާ ދެމެދުގެ އަހަރުުތަކުގައި ވިހެއި 8،000 އަށް ވުރެ ގިނަ ކުދިންގެ ތެރެއިން މައްސަލަތައް ދިމާވެ ވިހެއުމުގައި ގިނައިރު ހޭދަކޮށްފައިވާ ކޭސްތަކަށް ބަލާއިރު އެގޮތަށް ލިބިފައިވާ ފިރިހެން ކުދިންގެ އަދަދު އަންހެން ކުދިންނަށްވުރެ ގިނައެވެ.

ފިރިހެން ކުއްޖަކު ބަނޑުގައި އޮތް އަންހެނަކު ވިއްސަން އާންމުކޮށް ހަ ގަޑިއިރަށް ވުރެ ގިނައިރު ހޭދަވެގެންދާއިރު އަންހެން ކުއްޖެއް ނަމަ ވިހެއުމުގައި އާންމުކޮށް ހޭދަވަނީ ހަ ގަޑިއިރެވެ. މީގެ އިތުރުން ފިރިހެން ކުއްޖެއް ނަމަ، ވިހަން ގާތްވުމުން އާންމުކޮށް އެކި ކަހަލަ ކޮމްޕްލިކޭޝަންސްތައް އުފެދުމުގެ ފުރުސަތު ވެސް ބޮޑުވެއެވެ. ސިޒޭރިއަން ހަދަން ޖެހޭ ނިސްބަތް ވެސް ބޮޑުވެއެވެ.

ގިނައިން ކާ ނަމަ ތި ލިބެނީ ފިރިހެން ކުއްޖެއް!

މިއީ ވެސް އެކި ފެންވަރުގެ އެކި ކަހަލަ ދިރާސާތަކުން ކޮންމެވެސް ވަރަކަށް ލަފާކުރެވޭ ކަމެކެވެ. ޕްރޮސީޑިންސް އޮފް ދަ ރޯޔަލް ސޮސައެޓީ ޖާނަލްގައި 2008 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއްގައި މިކަން ބަލާފައި ވަނީ އަލަށް ބަލިވެއިން 740 މީހަކު ބޭނުންކޮށްގެންނެވެ. އެމީހުންގެ ކެއުމާއި ކެލޮރީ އިންޓޭކަށް ބެލިއިރު ގިނައިން ކެއި މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ ފިރިހެން ކުދިން ލިބުނު މީހުންނެވެ.

މާބަނޑުވުން

Popular