20 Aug 2019

މާލެ ކުޑަކޮށްގެން ވެސް ރީތި ހެދުމެއް ނުލިބޭ!

By: Shamila Ibrahim

މަޖީދީމަގު އެއްކޮޅުން އަނެއްކޮޅަށް ހިނގައިގެން ވެސް ކަމުދާ އެއްޗެއް ނުފެނުނޭ ބުންޏަސް އެއީ އެ ދިގު މަގުން ނިމޭ މައްސަލައެއް ނޫނެވެ. މުޅި މާލޭގައި ހިނގައިގެން ވެސް، ހިތްހަމަޖެހޭ ހެދުމެއް، ފައިވާނެއް ނުވަތަ މި ކެޓަގަރީ އަށް ފެތޭ އެއްޗެއް ފެންނަ ކަމަކަށް ނުވެ އެވެ.

އަސްލު މައްސަލަ އަކީ ކޮބައިތޯ ބަލަން ހިނގާށެވެ. އެއްބަޔަކު ބުނާނީ މާލޭގެ ފިހާރަތަކުގައި ހުންނަނީ އެއް ފާޑެއްގެ އެއްޗެހި ކަމަށާއި ކަމުދާ އެއްޗެއް ނުހުންނަނީ ކަމަށެވެ. މިއީ ތެދަކަށް ވެދާނެ އެވެ. އެކަމަކު ސިކުނޑީގައި ވަކި ވައްތަރެއްގެ އެއްޗެއް ކުރަހައިގެން އެ ހޯދަން ނުކުމެއްޖެ ނަމަ އެ އެއްޗެއް ހޯދުން ދަތިވާނެކަން ވެސް ހަނދާންކުރާށެވެ.

އެކި މީހުންގެ ވާހަކަތަކާއި ތަޖުރިބާތައް ހުލާސާކޮށްލާނަމެވެ؛ ޝޮޕިން އަށް ނުކުމެ ފުރަތަމަ ވަންނަ ފިހާރައިން ވެސް ކަމުދާ އެއްޗެއް ފެނިދާނެ އެވެ. ފިހާރަތަކުގައި ކަމުދާ އެއްޗެއް ނުހުރޭ ކިޔަސް، އެ ފެނުނު އެއްޗަކަށް ވުރެ ރީތި ނުވަތަ އަގު ރަނގަޅު އެއްޗެއް އެހެން ފިހާރަޔަކުން ލިިބިދާނެ ކަމުގެ އުންމީދުގައި އަނެއްކާވެސް ނުކުމެގެން އެހެން ފިހާރަޔަކަށް ދަނީ އެވެ، މިހެން މިކަން ތަކުރާރުވަމުން ގޮސް ވަކި ހިސާބަކުން ހުންނަނީ، ކަމުދިޔަ އެއްޗެހީގެ ތެރެއިން އެންމެ ރަނގަޅީ ކޯއްޗެއްކަން ނިންމަން ނޭނގޭ ވަރު ވެފަ އެވެ.

އެ ހިސާބުން އަނެއްކާ ޖެހެނީ ދަތުރު ފެށި ކޮޅަށް މިސްރާބު ބަދަލުކުރާށެވެ.

ފިހާރަބަރި އެއްކޮޅުން އަނެއްކޮޅަށް ބަލަންޖެހޭ ސަބަބީ ކޮބައިކަން އެނގެން ވިޔަފާރިވެރިން ވެސް ބޭނުންވާނެ އެވެ. އެހެންވެ، ކޮންމެ މީހަކު ވެސް އެ މީހަކަށް މި ދިމާވާ މައްސަލަ ކިޔައިދީބަލާށެވެ.

ޝޮޕިން

Popular