20 Aug 2019

ރޮށި ދަމާ ބައްޓަން ބަދަލުކޮށްލައިފި ނަމަ؟

ރޮށި ދަމާ ބައްޓަން ބަދަލުކޮށްލައިފި ނަމަ؟

By: Shamila Ibrahim

އަމިއްލަ ދިރިއުޅުމެއް ފަށަން ނުވަތަ ވަކިން އުޅެން ބޭނުންވެގެން އެ ވާހަކަ ދެއްކިޔަސް، ވަށްކޮށް ރޮއްޓެއް ދަމާލަން ވެސް ނޭނގެޔޭ ބުނެ އުޅެ އެވެ. އެއީ އަމިއްލަ އަށް ކަންކަން ކުރަން ނޭނގޭކަން އަދި ހާއްސަކޮށް، އަންހެނެއް ނަމަ ފޮނުވާލާ ހަމަލާއެކެވެ.

މިއީ އަޖައިބެއް ކަހަލަ ކަމެކެވެ. ރޮށި ކާ މީހާ ވެސް ރޮށީގެ ބައްޓަމަށް ހާދަ ބޮޑަކަށް އިސްކަންދެ އެވެ. ބުރު ހަމަނުވާ ނަމަ، މިއީ ހާދަ ވަށް ރޮއްޓެކޭ ކާކުގެ މަސައްކަތެއްހޭ ކިޔައި ދިމާކުރެ އެވެ. ހީވަނީ ރޮށީގެ ބައްޓަމުން އޭގެ ރަހަޔަށް ވެސް އަސަރުކޮށްގެން އުޅޭހެންނެވެ.

ބޮޑެތި ބައެއް އާއިލާތަކުގައި، އެންމެންނަށްވާ ވަރަށް ރޮށި ފިހުމަކީ ފަސޭހަ ކަމެއް ނޫނެވެ. ރޮށި ދެމުމަކީ ގިނަ ވަގުތުތަކެއް ބޭނުންވާ އަދި ހައްޓަށް ވެސް ބުރަ ކަމެކެވެ. ގަޔަށް ލާންޖެހޭ ބާރާއި ރޮށީގެ ބައްޓަށް ވަށްކޮށް ބެހެއްޓުމަށް ދޭންޖެހޭ ސަމާލުކަމާއި އޭގެ ސައިޒާއި ބޯމިނަކީ ބައެއް މީހުންނަށް ވަރަށް މުހިންމު ކަންކަމެވެ. އެހެންވެ، ރޮށި ނޫން އެހެން އެއްޗެއް ނުކެވޭ މީހުން އުޅޭ އާއިލާތަކުގައި ރޮށި ފިހުމަކީ ކުޑަ ކަމަކަށް ނުވާނެ އެވެ.

ރޮށީގެ ބައްޓަން ބަދަލުކޮށްލައިފި ނަމަ އެކަމަށް މީހުން އިޖާބަދޭނީ ކިހިނެއްބާވަ އެވެ؟ މައްސުންޏާ ޖަހައިގެން ކާލެވޭހާ ކުދި އެތިކޮޅުތަކެއް ގޮތަށް ނުވަތަ ރިހަ ނުވަތަ ގަރުދިޔައާ އެކު މޮޑެލެވޭ ގޮތަށް ކުދި އެތިކޮޅުތަކެއް ގޮތަށް ބެހެއްޓިދާނެ އެވެ. މިއީ ރޮށި ފިހަން ފަސޭހަ ގޮތަކަށް ނުވިޔަސް، ތަފާތުކޮށްލަން ހެދިދާނެ ގޮތެކެވެ.

ތިޔަ ގޭ މީހުންނަށް އެހެން ބައްޓަމަކަށް ރޮށި ފިހެފައި ދީބަލާށެވެ. ރައްދު އަންނަ ގޮތެއް އެނގިދާނެތާ އެވެ.

ރެސިޕީ

Popular