22 Aug 2019

ޓީޗަރުންގެ ހަނދާން އާކޮށްލަން: ޕިން ޑްރޮޕް ސައިލެންސް!

ޓީޗަރުންގެ ހަނދާން އާކޮށްލަން: ޕިން ޑްރޮޕް ސައިލެންސް!

By: Ifraz Ali

ޓީޗަރުން ބުނެފައި ހުރި ލައްކަ ވާހަކަ ހަނދާނުގައި އެބަހުއްޓެވެ. ރުޅި އައިސްގެން ނުވަތަ ލޯބިން ބުނެފައި ހުރި ވާހަކަތަކެވެ. މަޖަލަށް ކިޔާފައި ހުރި އެއްޗިއްސާއި އެ މީހުން ދީފައި ހުރި ނަސޭހަތްތަކެވެ. މި ހުރިހާ ވާހަކަތަކެއްގެ ތެރެއިން ވެސް އެންމެ ހަނދާނުގައި ހުންނަނީ ޓީޗަރުން ރުޅި އައިސްގެން އެ ބުނެލާ އެއްޗިއްސެވެ. ކޮންމެ ޓީޗަރެއްގެ ވެސް އާންމު ޖުމްލައެއް އޮންނާނެ އެވެ.

ކުލާހުގައި ސަކަރާތްޖެހުމަކީ މާ މޮޅު ކަމެއް ނޫނެވެ. ޓީޗަރުން ރުޅި އަންނަނީ ވެސް އެ މީހުން ބުނާ ބަސް ނާހާތީ އެވެ. ފިލާވަޅު ނަގައިދޭ ގަޑީގައި އަޑު ނާހައި ފިލާވަޅުތައް ބަރާބަރަށް ނުނިންމާތީ އެވެ. އެހެންވީމާ އެހެން ނޫޅެއްޗެވެ. ރުޅި އައިސްގެން އެ ބުނާ އެއްޗެއްހި ވެސް ރަނގަޅު ނަސޭހަތެއްގެ ގޮތުގައި ނަގާށެވެ.

އެގޮތަށް ޓީޗަރުން ބުނެފައި ހުރި، އެންމެ ހަނދާނުގައި ހުރި އެއްޗެހި ހޯދުމަށް ބައެއް މީހުން ގާތުގައި އަހާލުމުން ލިބުނު އެންމެ އާންމު ޖަވާބުތައް މިހުރީ އެވެ؛

"ވޯސްޓް ކުލާސް އިން ދިސް ގްރޭޑް"

"ކްލާހުގައި އަބަދު ސަކަރާތްޖަހާ ނަމަ މިސް ބުނާނެ އެހެން. މުޅި ގްރޭޑްގައި ވެސް ނޫޅެއޭ މިހާ ބަސް ނާހާ ކުދިން ތިބޭ ކުލާހެއް. ހޯމް ވޯކެއް ނުނިންމާނޭ، ކިޔަވައިދޭ ގަޑީގައި އަޑެއް ނާހާނޭ."

"ސެޝަން ނިންމާފައި މަޑުކުރާތި"

"އާންމުކޮށް ކްލާހުގައި އެންމެ ބަސް ނާހާ އުޅޭ ކުއްޖަކާ ދިމާލަށް އެންމެ ގިނައިން މިހެން ބުނާނީ. ސްކޫލް ނިމޭ ގަޑީގައި ދެން އެ ކުއްޖެއްގެ ޕޭރަންޓާ މީޓްކޮށްފައި ނަސޭހަތްދޭނީ. ބައެއް ދުވަސް ދުވަހު ޕްރިންސިޕަލް ރޫމަށް ވެސް ފޮނުވާނަމޭ ބުނާނެ."

"ސަކަރާތްޖަހާނެ ވަރަކަށް ޖަހާ ނިންމާފައި ބުނޭ، އަހަރެން މަޑުކުރާނަން"

"ކްލާސް ފެށޭ ގަޑި އަށް ސާ ކުލާހަށް އަންނައިރު އެންމެން އުޅޭނީ އެ މީހެއްގެ ކޮންމެވެސް އަމިއްލަ ކަމެއްގައި. ގިނަ ފަހަރަށް ސާ ކްލާހަށް ވަންނަކަން ވެސް ރޭކާ ނުލާނެ. ސާ އައިކަން އެނގި ދެން އެންމެން ގޮސް ގޮނޑީގައި އިށީންނަން ފެށީމަ ބުނާނެ މިހެން."

"ކާން ހަނދާން ނެތޭތަ؟"

"ހޯމް ވޯކް ނަހަދަ ދާ ދުވަހެއް ވެއްޖެއްޔާ ހަމަ ބުނާނީ މިހެން. އަހަރެން ބުނަނީ ހަނދާން ނެތިގެންނޭ ހޯމް ވޯކް ނުނިމުނީ. ކޮޅަށް ބަހައްޓާފައި ސުވާލުކުރާނީ ވެސް. ދެން އަހާނީ ކާން ހަނދާން ނެތޭހޭ؟"

"އައި ވޯންޓް ޕިން ޑްރޮޕް ސައިލެންސް"

"ކުލާހުގައި މާ އަޑުގަދަ ވަންޏާ ފުރަތަމަ ވެސް ބުނާނީ މިހެން. ހާއްސަކޮށް އަހަރަމެންގެ އިގްލިޝް މިސް. ދިވެހި މިސް ކުލާހުގައި ބުނާނެ 'މީ އަޅެ މަސްމާރުކޭޓެއްތަ؟'، އެހެން ކިޔާފައި މޭޒު މަތީގައި ޖަހާލާއިރަށް އެންމެން ސައިލެންޓުވާނެ."

މި ލިސްޓް ދިގުކޮށްލަން ހިނގާށެވެ. ވަރަށް މަޖާ އިބާރާތްތައް ހުންނާނެކަން ޔަގީނެވެ. ޓީޗަރުންގެ އެންގުންތައް ހަނދާންކޮށްލަން ހިނގާށެވެ.

ޓީޗަރުން ކިޔަވާކުދިން

Popular