15 Sep 2019

By: Aishath Maaha

އިންސްޓަގްރާމްގައި މިއީ "އަރާކާ" އެވެ. އާޓުގެ ދުނިޔޭގައި ވެސް އެއީ "އަރާކާ" އެވެ. އާޓުގެ ހުނަރު އައިސް އަަރައި ކާލައި އެއްކޮށް ހުސްކޮށްލާފައިވާ ޒުވާން އާޓިސްޓެކެވެ. އާޓިސްޓް މުހައްމަދު އިކްރާމް ގިނަ ބަޔަކު ދަންނަނީ އެ ނަމުންނެވެ.

އާޓިސްޓުގެ ހިޔާލާއި ސިކުނޑީގެ ތެރޭގައި ހިނގަމުންދާ ކަންތައްތައް އިންކާއި ޗާކޯލުން އަންނަނީ އެހެން މީހުންނަށް ދައްކާލަމުންނެވެ. އިކުރާމްގެ އަމިއްލަ އެގްޒިިބިޝަނެއް މިދިޔަ ހުކުރު ދުވަހުގެ ހަވީރުން ފެށިގެން މިމަހުގެ 26 ނިޔަލަށް ހުޅުމާލޭގައި ހުންނަ އަވައްޓެރި ގެލެރީގައި އަންނަނީ ދައްކާލަމުންނެވެ.

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

އެ އެގްޒިބިޝަނުގައި އިކްރާމްގެ އެތައް ކުރެހުމެއް އެބަހުއްޓެވެ. އަށް މަސް ދުވަސް ކުރިން ފެށިގެން ތައްޔާރުކުރަމުން އައި ކުރެހުންތަކެކެވެ.

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

މިއީ އިކްރާމްގެ ފުރަތަމަ އެގްޒިބިޝަން އެވެ. ގްރެފިކް ޑިޒައިނަރެއްްގެ ގޮތުގައި އަހަރުތަކެއް ހޭދަކޮށްފައިވީ ނަމަވެސް ރަސްމީކޮށް އާޓް މަސައްކަތަށް ނުކުތްތާ އަދި ގިނަ ދުވަހެއް ނުވެ އެވެ.

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

"އަބަދުވެސް ކުރަހަން އެކަމަކު ރަސްމީކޮށެއް ނޫން. ދެން ޓޫ އިޔާސްކުރިން ގޭގަ ބާއްވާލިން ކުޑަ ޝޯއެއް. މިއީ ޕަބްލިކްކޮށް ބޭއްވި ފުރަތަމަ ފަހަރު."

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

އެގްޒިބިޝަންގެ ތީމާ ގުޅިގެން އިކްރާމް ބުނީ ކުރެހުންތައް ދެނެގަންނާނީ އަމިއްލައަށް ކަމަށެވެ.

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

"ސޯލޯ އެގްޒިބިޝަނަކަށް ވޯކް ވައްޓާފަ އެއިޓް މަންތްސްގެ ތެރޭގައި ކުރެހި އެއްޗެހި މިއީ. އޭގެތެރެއިން ސެލެކްޝަނެއް މިއީ."

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

މި އެގްޒިބިޝަންގައި އިކްރާމްގެ ކުރެހުންތައް ހިމެނޭ ފޮތެއް ވެސް ހިމަނާފައިވެ އެވެ. އާޓްތަކާއެކު އެ ފޮތްވެސް ވިއްކަ އެވެ.

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

"އެހާ ބައިވަރު ޑްރޯވިންތައް ހުރީމަ ސީރީޒްތައް ކޮމްޕްލީޓްކުރަން އަސްލު ފޮތެއް ހެދީ. ފޮތުގައި ހުރެދާނެ ކޮންމެވެސް ވަރަކަށް ކުރެހުންތަކުގެ މާނަ ހިމަނާފަ"

އަރާކާ އެގްޒިބިޝަން. -- ދޯ ފޮޓޯ: ހުސެން ވަހީދު

"ވިޒިޓާސް އަމިއްލައަށް އިންޓަޕްރެޓް ކޮށްލަން ބޭނުންވަނީ. އެއީ ބޭނުންވާ ގޮތަކީ" މިމަހުގެ 26ގެ ނިޔަލަށް މި އާޓް އެގްޒިބިޝަން ކުރިއަށްދާނެ އެވެ.

އާޓިސްޓް

Popular