20 Oct 2019

By: Ifraz Ali

ކޮންމެ ދެ ހަފުތާއަކުން ގެނެސްދޭ "ދޯ" ގެ އެންމެ ރީތި ފޮޓޯތަކަށް ވާދަކުރުމަށް، ސޯޝަލް މީޑިއާ އަށް ފޮޓޯ ދޫކޮށްލާއިރު ReethiDho# މި ހޭޝްޓެގު ބޭނުންކުރަން އަނެއްކާވެސް ހަނދާންކޮށްދެމެވެ. އޭރުން އަހަރެމެންނަށް ފޮޓޯތައް ހޯދަން ވަރަށް ފަސޭހަވާނެ އެވެ.

މި ގެނެސްދެނީ މިދިޔަ ދެ ހަފުތާގައި އެންމެ އާންމުވި އަދި އަހަރެމެންނަށް އެންމެ ރީތި ކަމަށް ފެނުނު ފޮޓޯތަކެވެ.

shuraau@

ފޮޓޯ: އަހްމަދު ޝުރާއު

މީގެ ހަފުތާއެއް ކުރިން، އިރުއޮއްސޭ ގަޑީގައި ނަގާފައިވާ ހިތްގަމު މަންޒަރެކެވެ. މާލޭގައި ހުރެ ނަގާފައިވާ މި ފޮޓޯއިން ތި ފެންނަނީ ވިލިމާލޭގައި ހުންނަ އެންޓަނާތަކެވެ.

anmadephotos@

ފޮޓޯ: އައްމަޑޭ ފޮޓޯސް

މިވެސް ވިލިމާލެ އެވެ. އަހްމަދު ސައީދު ޑްރޯންއަކުން ނަގާފައިވާ މި ފޮޓޯ އިން މި ފެންނަނީ ވިލިމާލެ ފަޅުތެރޭގައި އަޅާފައި ހުރި ދޯނިތަކެވެ.

rio.arts@

ފޮޓޯ: ރިއޯ އާޓްސް

ރިލްވާން ޝަރީފްގެ މި ފޮޓޯތަކުން މި ފެންނަނީ މާލޭ މަސްމާރުކޭޓް ސަރަހައްދުގެ އެކި މަންޒަރުތަކެވެ. ރިލްވާން މި ފޮޓޯތައް ނެގީ އިރުއަރާ މަންޒަރުގެ ފޮޓޯތަކެއް ނަގަން ގޮސް އުޅެމުންނެވެ. ނަމަވެސް އެ ދުވަހަކީ އުޑުމަތި ބަނަ ދުވަހަކަށް ވާތީ، އިރުއަރާ ރީތި މަންޒަރުތަކެއް ނެގޭ ގޮތެއް ނުވި އެވެ.

bakkibe@

ފޮޓޯ: ބައްކިބެ

މިއީ މިދިޔަ އަހަރު ބޮޑު ޗުއްޓީގައި ބައްކިބެ އޭނާގެ ރައްޓެހިންނާއެކު ހއ.އަތޮޅަށް ކުރި ދަތުރެއްގައި އެ އަތޮޅު ކެލާގައި ނަގާފައިވާ ފޮޓޯއެކެވެ. އަންހެނަކު ފަންތަކެއް ވީލް ބަރޯއަކަށް އަޅައިގެން އަންނަ މި ފޮޓޯ ނަގާފައި ވަނީ ކެލާގެ ފުއްޓަރު މަގުގަ އެވެ.

"ރައްޓެއްސަކާއެކު ހެނދުނު ބައިސްކަލް ރައިޑަކަށް ނުކުމެ އުޅެނިކޮށް ފެނުނު މަންޒަރެއް. އަބަދުވެސް ރަށްފުށުގެ ދިރިއުޅުން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ނަގަން ވަރަށް ޝައުގުވެރިކަން ހުރޭ."

aquaticbeast@

ފޮޓޯ: އެކުއަޓިކް ބީސްޓް

މަންޓާ އެއާގެ މި މަތިންދާބޯޓް ޓޭކް އޯފަށް ރެޑީވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓެކްސީ ވޭގައި އޮތް ގަޑީގައި ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ. ތަފާތު އޭންގަލްއަކުން ނަބީލް އަހްމަދު މި ފޮޓޯ ނެގީ ރަންވޭ ކްލިއާ ވަންދެން މި ބޯޓު މަޑުކޮށްގެން އޮއްވަ އެވެ.

navaim@

ފޮޓޯ: ނަވައިމް

ބޯކޮށް ވިއްސާރަ ވިލާގަނޑެއް ބޯމަތިވަމުން އައި ވަގުތެއްގައި އިއްޒުންދީން ފާލަމާ ދިމާލުން ނަވައިމް މި މަންޒަރު ނެގީ އިސްލާމީ މަރުކަޒު ކައިރީގައި ހުރެގެންނެވެ.

msaalimu@

ފޮޓޯ: މުހައްމަދު ސާލިމް

ދިވެހިރާއްޖޭގެ އަޑާއި މިސްކިތަކާއި ދިރާގު އިމާރާތާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ މި ފޮޓޯ އިން އެބަ ފެނެ އެވެ.

mohamed.hassarn@

ފޮޓޯ: މުހައްމަދު ހައްސާން

މީގައި މި ފެންނަނީ ވިއްސާރަ ދުވަހެއްގައި ފިރިހެނަކު މުންޑު އަރުވާޖަހައިގެން، ކުޑައެއް ހިފައިގެން، ފެން ހެދިފައި އޮތް މަގަކުން ހިނގާފައި ދާ ތަނެވެ. މިއީ ހއ.ހޯރަފުއްޓެވެ.

thrillist.maldives@

ފޮޓޯ: އިބްރާހިމް މައިޝަމް

"ވިއްސާރަ ދުވަހެއްގައި ފެނާ ގުޅުވާލާފައި ރީތި ފޮޓޯއެއް ނަގަން އައިޑިއާކަށް ވިސްނަނިކޮށް ލިބުނު އައިޑިއާއެއް،" މީގެ އަދި އިތުރު ތަފާތު ތިން ފޮޓޯއެއް މައިޝަމް ނެގި އެވެ.

ފޮޓޯގްރަފީ ސޯޝަލް މީޑިއާ

Popular