1 Dec 2019

އާއިލާގައި ކުޑަކުދިން ތިބޭ ނަމަ ޗުއްޓީ ހޭދަކޮށްލަން ތަންތަނަށް ދިއުން ބައެއް މީހުންނަށް ބުރަ ކަމަކަށް ވެ އެވެ. ހާއްސަކޮށް، އުރައިގެން ގެންގުޅޭ ވަރުގެ ކުދިންނާ އެކު ދަތުރުކުރަން އަދިވެސް ބައެއް މީހުންނަށް އުނދަގުލެވެ. އެކަމަކު ކުދިންނާ އެކު ދަތުރު ކުރުމަކީ، މޮޅަށް ރާވާލައިގެން އެކަން ކުރެވިއްޖެ ނަމަ، އާއިލީ ވަގުތު ހޭދަކޮށްލަން އެންމެ އުފާވެރި އަދި އެންމެ މަޖާ ގޮތެވެ.

އެހެންވީމާ ދަރިންކޮޅު ގޮވައިގެން މި ޗުއްޓީގައި ކޮންމެހެން ވެސް ދަތުރަކު ދާންވާނެ އެވެ. މިދޭ ޓިޕްގެ ބޭނުން ހިފާލާށެވެ.

ތިބޭނެ ތަނެއް ޚިޔާރު ކުރުން

ޗުއްޓީ ހޭދަކޮށްލަން ދަނީ ބޭރު ގައުމަކަށް ނަމަ، ހޮޓާ ބުކް ކުރާއިރު ބައެއް ހާއްސަ ސިފަތަކެއް ހުރިތޯ ޗެކު ކޮށްލެވިދާނެ އެވެ. މިސާލަކަށް، ހޮޓަލުގައި ކުޑަކުދިން ކުޅެލަން ޕްލޭ ޖިމެއް ނުވަތަ ޕާކެއް ހުރިތޯ އަހާލެވިދާނެ އެވެ. ކުދިންނާ އެކު އެރިލެވޭނެ ލސްވިމިން ޕޫލެއް ހުރިތޯ ވެސް ބަލައިލެވިދާނެ އެވެ. ތަންކޮޅެއް ބަޖެޓް ކޮށް ދާނަމަ، ހޮޓާ ހުންނަ ސަރަހައްދުގައި ހިނގާފައި ދެވޭ ދުރުމިނުގައި ޕާކެއް ނުވަތަ، ކިޑްސް ޕްލޭ އޭރިއާއެއް ހުރި ތަނެއް ހިޔާރުކުރެވިދާނެ އެވެ.

ރަސްރަނި ބަގީޗާގައި ހަދާފައިވާ ވެބެއްގެ ތެރޭގައި ކުޑަކުއްޖަކު ކުޅެނީ ---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރަށަކަށް ނުވަތަ ރިސޯޓަކަށް ދާ ނަމަ ވެސް ކުދިންނަށް އެތަނަކުން ލިބެން ހުރި އޮޕްޝަންތައް ބަލައިލެވިދާނެ އެވެ.

އެއާޕޯޓް ޕްލޭން ހެދުން

ބޭރު ގައުމަކަށް ދާ ނަމަ އެންމެ އުނދަގޫ ވާނީ އެއާޕޯޓް ތެރޭގައި އެ ހޭދަކުރަންޖެހޭ ވަގުތެވެ. ބައެއްފަހަރު އެތައް ގަޑިއިރަކަށް ވެސް ނުފުރި މަޑުކުރަން ޖެހިދާނެ އެވެ. ކުދިން ގޮވައިގެން އުޅޭ އިރު އެއާޕޯޓް ތެރޭގައި ވެސް ކުދިން ފޫހިވިޔަ ނުދީ، ހެޕީ މޫޑެއްގައި ތިބެން ކުރެވިދާނެ ކަންކަން އެބަހުއްޓެވެ.

ކުދިން ޝައުގުވެރިވާނެހެން ހީވާ ދެތިން އާ ވާހަކަ ފޮތް ގަނެލާށެވެ. މަޑުކުރަން ޖެހޭ ވަގުތު ތަކުގައި އޭރުން ކުދިންގެ ސަމާލުކަން ބޭނުންތެރިކަމަކަށް އަނބުރާލެވިދާނެ އެވެ. ވަރަށް ތުއްތު ކުއްޖެއް ނަމަ އުމުރާ ގުޅޭ ގޮތަށް ކުއްޖާ ޝައުގުވެރިވާ ކަހަލަ ކުޅޭ އެއްޗެއް ދޭށެވެ.

ކޮންމެ ކުއްޖަކަށް ވެސް ފެން ފުޅިއެއް ގެންދާށެވެ. ގިނަ އިރު ބޭރުގައި އުޅެން ޖެހުނީމަ ކުދިން ވެސް ވަރުބަލި ވާނެ އެވެ. ފެން ނުލިބި މާބޮޑަށް ޑިހައިޑްރޭޓްވާ ނަމަ ކުދިން ވަރުބަލިވެ މޫޑީ ވާނެ އެވެ.

ރަށަކަށް ފުރަން ބަނދަރުމަތީގައި ބަޔަކު މަޑުކޮށްލައިގެން. .---ފޮޓޯ: މިހާރު

ފަތްޖެހި ސްޓްރޯލާއެއް ނުވަތަ ބޭބީ ކެރީއާ އެއް ވެސް ގެންދެވިދާނެ އެވެ. އޭރުން ސްޓްރޮލާއަށް ދަރިފުޅު އަރުވައިގެން އެއާޕޯޓް ތެރޭގައި އުޅެން ފަސޭހަ ވާނެ އެވެ.

ކާއެއްޗެހި ގެންދިއުން

އާ މާހައުލަކަށް ގޮސްގެން އުޅޭ އިރު، މާހައުލަށް އެ އަންނަ ބަދަލާ އެކު ކެއުމުގެ ރަހައަށް ވެސް ބަދަލު އައިސްފި ނަމަ ބައެއް ފަހަރަށް ކުދިން ނުކައި ބޮޑާ ހާކާނެ އެވެ. އެހެންވީމާ، އެއް އަހަރާއި ދެ އަހަރާ ދޭތެރޭގެ ކުއްޖަކު ގެންގުޅޭ ނަމަ އަމިއްލަޔަށް ކާއެއްޗެހި ތައްޔާރުކުރެވޭނެ ގޮތެއް ހިޔާރު ކުރާށެވެ. ބައެއް ފަހަރު ތިބޭ ހޮޓަލާ މަޝްވަރާ ކޮށްގެން ވެސް މިކަން ހަމަޖެއްސިދާނެ އެވެ.

ޒޫ ބަލައިލަން ދިއުމާއި ވޯޓާ ޕާކަށް ދިއުން

ދިވެހި ކުޑަކުދިންނަށް މޫދު އަލެއް ނުވާނެ އެވެ. އެކަމަކު ވޯޓާ ޕާކެއްގެ ތަޖުރިބާ އަކީ ބޭރު ގައުމަކަށް ދާ ނަމަ ކޮށްލަން ރަނގަޅު ތަޖުރިބާ އެކެވެ. އޭރުން ކުދިންނާ އެކު ދެމަފިރިންނަށް ވެސް މަޖާ ވަގުތުތަކެއް ހޭދަކޮށްލެވޭނެ އެވެ.

ޒޫ ބަލައިލަން ދިއުމަކީ ވެސް ކުދިން ވަރަށް ގަޔާވާނެ ކަމަކަށް ވާނެ އެވެ. އާންމުކޮށް ކުޑަކުދިން ކިޔާ ފޮތްތަކުގައި ހުންނަ ޖަނަވާރުތަކަށް ވަރަށް ފޯރި ހުންނާނެ އެވެ. އެ އެއްޗެހި ހަމަލޮލުން ބަލައިލަން ކުދިން އަދި މާ ބޭނުންވާނެ އެވެ. މިއީ އެޑިއުކޭޝަނަލް ފަން ވަގުތުކޮޅަކަށް ވެސް ވާނެ އެވެ. ޒުލަށް ނުދެވޭ ނަމަ އެކުއޭރިއަމެއް ކަހަލަ ތަނަކަށް ވެސް ދެވިދާނެ އެވެ.

ސ. ހިތަދޫ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައްޑޫ ނޭޗާ ޕާކްގައި ބަޔަކު ކެނޯ ދުއްވަނީ. .---ފޮޓޯ: އަހުމަދު މަހްޒޫމް

ކުރު ޝޮޕިން ޕްލޭނެއް ހެދުން

މާ ގިނަ އިރު ވަންދެން އެއް ކަމެއްގައި އުޅެން ކުދިން ޝައުގުވެރިއެއް ނުވާނެ އެވެ. އެހެންވީމަ ކުދިން ގޮވައިގެން ދާނަމަ ދެ ގަޑި އިރަށް ވުރެ ގިނަ އިރު ޝޮފިން އަށް ހޭދަ ނުކުރާށެވެ. އިންޑޮ ޝޮޕިން އެއް ޕްލޭން ކޮށްގެން ސްޓްރޯލާއެއްގައި ވެސް ކުދިން ގޮވައިގެން އުޅެލެވިދާނެ އެވެ.

ކުޑަކުދިން

Popular