5 Dec 2019

By: Aminath Ibrahim

ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ގުދުރަތީ ހާއްސަ ސިފައެއް ލިބިފައިވާ ރަށެކެވެ. ރީތި މޫދާއި ގޮނޑުދޮށެއް ނުފެންނަ ރަށެއް މަދުވާނެ އެވެ. އެކަމަކު ހުރިހާ ރަށްތަކުގެ ތެރެއިން ވެސް ،ހާއްސަ ރީތިކަމެއް ލިބިފައިވާ ބައެއް ރަށްރަށް ފާހަގަވެފައި ހުރެ އެވެ. ބައެއް ރަށްރަށް އަހަރެމެންގެ ތެރޭގައި މަޝްހޫރެވެ.

މި ހިމަނާލަނީ ރީތި ތުނޑި ހިމެނޭ ރަށްތަކުގެ ތެރެއިން "ޕާސަނަލް ފޭވަރިޓް" ހަތް ރަށެކެވެ. މި ޗުއްޓީގައި ރަށްރަށަށް ދަތުރުކުރާ ނަމަ މި ރަށްތަކަށް ގޮސްލައި ތުނޑި ބަލައިލަން ވަރަށް ހިތްގައިމު ވާނެ އެވެ.

1. ފުވައްމުލަކު ތުނޑި

View this post on Instagram

A post shared by Fuvahmulah Maldives (@fvmmaldivess) on

މިއީ ރާއްޖޭގެ އެހެން އެއްވެސް ރަށަކުން ނުފެންނަހާ ރީތި ތުނޑިއެއް އޮންނަ ރަށެކެވެ. ފުވައްމުލަކުގެ އެންމެ ހާއްސަ ރީތި ކަމަކީ ވެސް އެރަށުގެ ހިތްގައިމު ތޫނޑި އެވެ.

2. ހއ މޮޅަދޫ ތުނޑި

View this post on Instagram

A post shared by Diver Maldives (@divermaldives) on

ރާއްޖޭގެ އެންމެ އުތުރު އަތޮޅުގައި އޮންނަ މޮޅަދޫ އަކީ ވެސް ރީތި ބޮޑު ތުނޑިއެއް ލިބިފައިވާ ރަށެކެވެ. ތުނޑީގެ ރީތި ކަމާ އެއްވަރަށް މި ރަށަކީ ވެސް ރީތި، ފެހި ރަށެކެވެ. ރީތި ކަނޑޫ ފަލެއް ވެސް އޮވެ އެވެ.

3. ށ ކުޑަފަރު ތުނޑި

View this post on Instagram

A post shared by A H M E D S H I Y A M. (@ahmedshiyam1988) on

ށ ކޮމަންޑޫ އާ ވަރަށް ގާތުގައި އޮންނަ ކުޑަފަރުގެ ތުނޑިއަކީ ވެސް ހަމަ މަރެކެވެ. ޕިކްނިކް ގޮސްލައި، ބާބަކިއު ހަދާލަން މިއީ އެއްވަނައިގެ ތުނޑި އެކެވެ.

4. ބ ފުޅަދޫ ތުނޑި

View this post on Instagram

A post shared by @chasing.islands on

ފުޅަދޫގެ ތުނޑި އަކީ ވެސް ބަލައި ފޫހި ނުވާހާ ރީތި ކަމެކެވެ. ރަށާ މާ ދުރަށް ފެތުރިފައި އޮންނަ މި ތުނޑި އާއި މޫދު ވަރަށް ރީއްޗެވެ.

5. ހދ ނޮޅިވަރަންފަރު ތުނޑި

View this post on Instagram

A post shared by Hassan Yoosuf (@eusuph) on

ހދ ގެ ގިނަ ރަށްތަކަކީ މިކަހަލަ ރީތި ތުނޑި އޮންނަ ރަށްރަށެވެ. މިރަށުގެ މީހުން ކުރިން އުޅުނު، އެ އަތޮޅު ކުނބުރުދޫގެ ތުނޑިއަކީ ވެސް އެހާމެ ނަލަ ރީތި ތުނޑި އެކެވެ.

6. އދ. ފެންފުށި ތުނޑި

View this post on Instagram

A post shared by Ahmed Siraj🇲🇻 (@syt_graphy) on

ފެންފުށީގެ އެންމެ ރީތިކަމަކީ އެރަށުގެ ބިޔަ ތުނޑި އެވެ. ގިނަ ބައެއްގެ މެދުގައި މި ރަށުގެ ތުނޑި މަޝްހޫރެވެ.

7. އދ ދިގުރަށު ތުނޑި

View this post on Instagram

A post shared by Dhigurah 👣 Dhivehi Experience (@dhigurahdhivehiexperience) on

މިއީ ގިނަ ބައެއްގެ ފޭވަރިޓެކެވެ. ދިގު ރަށުގެ މީސް މަދު ކަމާއި ރަށުގެ ފެހި ކަމާއި މޫދާއި ތުނޑި އާއި ގޮނޑުދޮށުގެ ޗާލުކަމަކީ އާދައިގެ ރީތި ކަމެއް ނޫނެވެ. ދަތުރު ލިސްޓުގެ ކުރިއަށް މިރަށުގެ ނަން ލާންވާނެ އެވެ.

Popular