13 Dec 2019

ކުޅި ބަލަން ދާންވީ ކޮން ރަށަކަށް؟

ކަވަ ފޮޓޯ: ރާއިޒް ރިޔާޒް

ކަވަ ފޮޓޯ: ރާއިޒް ރިޔާޒް

By: Ifraz Ali

ރާއްޖޭގެ އުތުރުން ދެކުނަށް އެކި ރަށްރަށުގައި ވަރަށް ބައިވަރު ކުޅިތައް އެބަ ހުއްޓެވެ. މިއީ ރަށްރަށުގެ ތިމާވެށި ހިމާޔަތްކުރުމުގައި ބޮޑު ރޯލެއް ކުޅޭ ގުދުރަތީ އައްޑަނައެއްގެ އިތުރުން ރީތިކަން ވެސް ލިބިގެންވާ ތަންތަނެވެ. ބައެއް ރަށްރަށުގެ ކުޅިތަކުގައި މިހާރު އެތަނަށް ގޮސް، ބަލައިލަން ބޭނުންވާ މީހުނަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިދީފައި އެބަހުއްޓެވެ.

މި ބަންދުގައި ރަށްރަށަށް ދަތުރުކުރާ މިއިން ތަނެއް ވެސް ބަލައިލަން ދާން ރަނގަޅުވާނެ އެވެ. މިއީ ހިތްގައިމު ވާނެހެން ހީވާ ތަންތަނުގެ ކުޑަކުޑަ ލިސްޓެއް ދޭނަމެވެ.

އައްޑޫ

View this post on Instagram

A post shared by Maldives Pro (@nalanala_adducity) on

ސ. ހިތަދޫގައި އޮންނަ އީދިގަލި ކިޅި އާއި ހިމާޔަތްކޮށްފައިވާ ކޯއްޓޭ ސަރަހައްދުގައި ހަދާފައިވާ އައްޑޫ ނޭޗާ ޕާކަށް ގޮސް، މިތަން ބަލައިލަން ބޭނުންވާ މީހުންނަށް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައި ހުރެ އެވެ. ކެނޯއެއްގައި ކުޅީގެ ތެރޭގައި ދުއްވާ ވެސް ލެވޭނެ އެވެ.

ހދ. ނޮޅިވަރަމް

View this post on Instagram

A post shared by Aciph Ahmed Asif (@aciphahmedasif) on

ނޮޅިވަރަމްގެ މި ކަނޑޫފާ ކުޅީގައި ހުންނަނީ ވަރަށް ރީތި ގަދަ ނޫކުލައެކެވެ. މި ރަށަށް ދާ ނަމަ މިތަނަށް ކޮންމެހެން ވެސް އެރިލަން ވާނެ އެވެ. މި ރަށުގެ މޫދު ވެސް ވަރަށް ރީތި ވާނެ އެވެ.

ވ.ފެލިދޫ

View this post on Instagram

A post shared by Nuu🌹-the-traveller🗺🏖 (@nuu_the__traveller) on

މިއީ ފެލިދޫގައި އޮންނަ ކުޑަކުޑަ ކުޅި އެވެ. މާލެއާ ކައިރިން ރީތި ކުޅިއެއް ބަލަން ދާން ބޭނުން ނަމަ މި ރަށަށް ގޮސްލުން ރަނގަޅެވެ.

ފުވައްމުލައް

View this post on Instagram

A post shared by Naj 🍃 Maldives photographer (@najnudge) on

ފުވައްމުލަކުގައި ދެ ކުޅި އޮންނާނެ އެވެ. އެއީ ބަންޑާރަ ކިޅި އާއި ދަޑިމަގު ކިޅި އެވެ. ބަންޑާރަ ކިޅި ގާތުގައި، ދެކުނުން އޮންނަ ކޮޑަކިޅި ކިޔާ ޗަސް ބިމަކީ މީހުން މަޑް ބާތެއް ނާގާލުމަށް މިހާރު ވަރަށް ގިނައިން ދާ ތަނެކެވެ.

މި ރަށްރަށް ވެސް ލިސްޓަށް އިތުރުކޮށްލާ

- ލ. ހިތަދޫ

- ހއ. ކެލާ

- ހއ. ބާރަށް

- ބ. ގޮއިދޫ

- ށ. ފުނަދޫ

- ށ. މިލަންދޫ

މި ލިސްޓު އަދި ދިގުކޮށްލަން ކިޔުންތެރިންގެ ކޮމެންޓެއް ވެސް ބޭނުންވެ އެވެ.

Popular