28 Jan 2020

ފުރަތަމަ ފަހަރަށް ބިޓާ މައްސަލަ ޖެހިގެން ރުޅިވީ ރައްޓެހި ކުދިން ކޮޅަކާ އެކު ކޮފީއަކަށް ދިއުމުން އެކަމާ ހިތްހަމަ ނުޖެހިގެން ނެވެ. އެއީ ހުސް ރައްޓެހިން ނެވެ. އެކަމަކު އެކަމާ ރުޅިން އެއްޗެހި ކިޔައިގަތް އިރު ކޮފީގައި ތިބި ރައްޓެހި ތިން ފިރިހެން ކުދިންނާ އަޅުވައި ކިއެވެ. ފަހުން އެކަމާ ދެރަވެ، މާފަށް އެދި ދެން ދުވަހަކު ވެސް އެހެން ނަހަދާނެ ކަމަށް ބުނެ ވައުދު އަހުދުވެ، ލޯބީގެ ޅެންތައް ފަރިއްސަށް ބަދަލުކޮށް ހަދަން ފެށީމާ އަލުން ގުޅެން އެއްބަސް ވީ އެވެ.

މިއީ ގިނައިންވާ ގޮތެވެ. އެކަކު އަނެކަކު ކުރާ ކުށްތަކަށް މާފުކޮށް ލޯބި ވުމަކީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު ދެވަނަ ޗާންސެއް ދޭ އިރު އެއްވެސް ވަރަކަށް ވިސްނާލުމެއް ނެތި އެ ފުރުސަތު ނުދޭށެވެ. އޭނަ ކުރިން އުޅުނު ގޮތާއި ކަންތައް ކުރި ގޮތް ރަނގަޅަށް ހަނދާންކޮށް، މިޒާޖަށް މިހާރު އައިސްފައި ހުރި ބަދަލު އަޅާކިޔާށެވެ.

އަލުން ވާހަކަ ދައްކަން ފަށާއިރު؛

ރުޅި ވުމަށް ފަހު އަލުން ވާހަކަ ދައްކަން ފަށާ ދުވަސްކޮޅަކީ ވަރަށް ގިނަ ކަންކަން ދެނެގަނެވޭނެ ވަގުތެކެވެ. ރުޅިވި ފަހުން އެއްގޮތަކަށް ވެސް ވާހަކަ ނުދައްކައި ހުރެފައި، ހަމަ ކުއްލިއަކަށް ވާހަކަ ދައްކަން ފަށައިގެން، ދުވަހަކު ކަމެއް ނުވެސް ވާހެން ވާހަކަ ދައްކަން އުޅުމަކީ ބަދަލު ނުވާ ކަމުގެ ހެއްކެކެވެ. ވާހަކަ ދެއްކުމުގެ ތެރެއިން އޮޅުވާލާފައި ދެމީހުން ކުރިން ކޮށް އުޅުނު ކަމެއްގެ މަތިން ހަނދާން ކޮށްދޭ ކަހަލަ ގޮތަށް އުޅޭ ނަމަ އެއީ ބޮލުގެ އެއްޗެކެވެ. ސަމާލުވާށެވެ.

ލޯބި ހާމަކުރާ އިރު؛

ކުރިން ވި ލޯބި، އަދި ވެސް ހަމަ އެގޮތުގައި އެބަ އޮތްކަން ބުދެން މަސައްކަތް ކުރާއިރު، އެމީހެއްގެ ތެދުވެރިކަން ހުރީ ކިހާ ވަރަކަށް ތޯ ބަލާނީ ކުރިން ރައްޓެހި ވެގެން އުޅުނު އިރު ވެފައި ހުރި ކަންކަމާ މެދު ވިސްނާފަ އެވެ. ކުރިން އެކުގައި އުޅުނު އިރު ލޯބިވާ ވާހަކަ ނުބުނާ ވަރަށް، މިހާރު ބުނެ އެވެ. ކުއްލި އަކަށް އެވަރުގެ ބަދަލެއް އައުމަކީ ގޯހެކެވެ.

މާފަށް އެދޭ އިރު؛

ކުރިން ކުރެވުނު ކުށްތަކަށް މާފަށް އެދޭ އިރު ޑިފެންސިވް މޯޑް ގައި ވާހަކަ ދައްކާނަމަ އެއީ ތެދުވެރި މާފެއް ނޫނެވެ. ބައެއް މީހުންނަކީ އެމީހުންނަށް ކުރެވޭ ކުށް، ކުށެއް ކަމަށް ގަބޫލު ނުކުރެވުނަސް، ވަގުތީ ގޮތުން ކަންކަން ހަމަޖައްސާލުމުގެ ބޭނުމުގައި މާނައެއް ނެތި މައާފަށް އެދޭ މީހުްނނެވެ. މި ބާވަތުގެ މީހުން އެމީހުން ކުރާ ކުށްތަކަށް ޒިންމާދާރު ކުރުވާނީ ދެން ހުންނަ މީހާ އެވެ. ކުށް ގަބޫލު ނުކުރާ މީހަކާ އެކު އުޅުމަކީ ބޭކާރު ކަމެކެވެ.

ހާސިލްކުރަން އުޅޭ އިރު؛

ތިއީ ކުރިން އެކުގައި ލޯބިން އުޅުނު ދެމީހުންނެވެ. ޖެހުނު މައްސަލަ އެއް ޖެހުނީ ދެމީހުންގެ ދެމެދުގަ އެވެ. އަލުން ގުޅެން ބޭނުންވެގެން ވާހަކަ ދައްކަން ޖެހޭނީ ވެސް ދެމީހުންނެވެ. އެ ދެމެދަށް އިރުތު މީހުން ނުވައްދާށެވެ. ތީނަ ހާސިލްކުރަން ބައިވެރިޔާގެ ހިޔާރު ކުރީ އާއިލާ އާއި ނޫނީ ރައްޓެހިން މެދުވެރިކޮށް ވާހަކަ ދެއްކުން ކަމަށް ވާނަމަ އެއީ ގޯހެކެވެ. އެކަލަހަ މިޒާޖެއް އާންމުކޮށް ގެންގުޅޭނީ، އާއިލާ އާއި ރައްޓެހިންގެ އެޓެންޝަން ހޯދާށެވެ.

އަލުން ލޯތްބަށް އެދޭ އިރު؛

އަލުން ގުޅެން މަސައްކަތް ކުރާއިރު އެޓެންޝަން ހޯދަން ބޭޏުންވާނެ އެވެ. އެކަމަކު އެ އެޓެންޝަން ހޯދަން ވާހަކަ ދައްކާއިރު، އަމިއްލަ ނަފްސަށް އަނިޔާ ކުރާނެ ކަމަށް ބުނެ ބިރު ދެއްކުމާއި އެކަހަލަ ވާހަކަތައް ޖޯކަށް ހަދައިގެން ކިޔުމަކީ ނުރައްކާތެރި އަލާމާތެކެވެ. އެއީ އެލާމެކެވެ. ގުޅުން އިތުރަށް ކުރިއަށް ނުގެންދާށެވެ.

ޓީނޭޖް

Popular