24 Feb 2020

By: Ifraz Ali

މީހުން މޫދަށް އެރެން ގޮސް އުޅޭ ހިސާބުގައި، ރަށުގެ ތިލަފަޅު ތެރޭ މި ކަހަލަ އުނދޯލިތައް ވަރަށް ގިނަ ރަށްރަށުގައި މިހާރު އެބަ ހުއްޓެވެ. މީގެ އުނދޯންޏަކަށް އަރައިލަން އެންމެ ފުރަތަމަ ފުރުސަތެއް ލިބުނީ މާލެ އަތޮޅު ގުޅި އަށް ކުރި ދަތުރެއްގަ އެވެ. އެއް ހަރުގައި ދެ އުނދޯލި ހަރުކޮށްފައި ހުރިިއިރު، އޭގެ މަތީގައި ރަށުގެ ނަމާ އެކު "އައި ލަވް ގުޅި" ލިޔެފައި އޮތެވެ. އެ އުނދޯލީގައި ފޮޓޯއެއް ނަގަން ބޭނުންވެގެން ކިއުގައި ޖެހިގެން ވެސް ވަރަށް ގިނަ މީހުން މޫދުގައި ތިއްބެވެ.

ރަށުގެ ރަމްޒެއް ނުވަތަ ލޭންޑްމާކެއްގެ ގޮތުގައި ދެކޭ މި އުނދޯލިތަކުގައި ފޮޓޯއެއް ނަގައި، އިންސްޓަގްރާމް ނުކޮށްފި ނަމަ އެ ރަށަކަށް ދެވުނު ކަމަކަށް ވެސް މިހާރު ނުވެ އެވެ.

ބައެއް ރަށްރަށުގައި މޫދުގެ އިތުރުން އެއްގަމުގައި ވެސް މި ގޮތަށް އުނދޯލިތައް އެލުވާފައި އެބަ ހުއްޓެވެ. އުނދޯލީގެ އިތުރުން ލޭންޑްމާކެއްގެ ގޮތުގައި ބޭނުންކުރެވޭ އެހެއް އެއްޗެހިން ވެސް ރަށުގެ ނަން ދިރުވަ އެވެ. އެކަމަކު ގިނަ މީހުނަށް ކަމުދަނީ މި އެވެ. އެހެންވީމާ، އަހަރެމެން ވެސް މި ބެލީ މި ކަހަލަ އުނދޯލިތައް ހުރި ބައެއް ރަށްރަށުގެ ކުޑަ ލިސްޓެއް ތައްޔާރުކޮށްލެވޭތޯ އެވެ؛

ކ.ގުޅި

View this post on Instagram

A post shared by 𝙇𝙄𝙎𝙄𝘾𝙃𝙆𝙄𝙉 𝘼𝙍𝙏𝙀𝙈 (@lisandgin) on

މާލެ އަތޮޅުން ވެސް އެރިލަން ލިބޭނެ އެންމެ ރީތި އެއް މޫދު އޮތީ ގުޅީގައި. މިއީ އެ ރަށުގެ ދިގު ތިލަފަޅުގައި ހަރުކޮށްފައި ހުންނަ އުނދޯލި.

އއ.ތޮއްޑޫ

View this post on Instagram

A post shared by Jumanji | Photos (@jumanjiphotos) on

ތޮއްޑޫ އަކީ މިހާރު ވީކެންޑް ގެޓްއަވޭއަކަށް ދިވެހިންނަށް އެންމެ ކަމުދާ އެއް މަންޒިލް.

ކ.ތުލުސްދޫ

View this post on Instagram

A post shared by Giuls (@_giuliacampitelli_) on

މިއީ ތުލުސްދޫ މޫދުގައި ހުންނަ އުނދޯލި.

ށ.ކުޑަފަރު

View this post on Instagram

A post shared by THE LOBSTER ISLAND (@lobster.island) on

ށ.ކޮމަންޑޫ ކައިރި އޮންނަ ޕިކްނިކް ދާ މި ފަޅު ރަށަކީ ވަރަށް ހާއްސަ ރަށެއް. މި ރަށުގައި ހަމައެކަނި ހުންނަނީ ރުއް. މުޅި ޖުމްލަ ހުންނަނީ ހަތް ރުއް.

އއ.ރަސްދޫ

View this post on Instagram

A post shared by ᴛʀᴀᴠᴇʟᴏᴜs | ᴍᴀʟᴅɪᴠᴇs (@travelous_mv) on

މިއީ އއ.ރަސްދޫ އާއި އެއް ފަޅު ތެރޭގައި އޮންނަ މަޑިވަރު ވެސް ރަމްޒުކޮށްދޭ ގޮތަށް ހަރުކޮށްފައި ހުންނަ އުނދޯލި.

ކ.ދިއްފުށި

View this post on Instagram

We ❤️ Dhiffushi 🌴🇲🇻 . . . . . . #dhiffushi #dhiffushibeach #dhiffushiisland #dhiffushimaldives #maldives #maldivesislands

A post shared by Carme Capó 🧿 (@carme.capo) on

މިއީ ދިއްފުށީގައި އެއްގަމުގައި ހުންނަ އުނދޯލި. މި ރަށުގެ މޫދުގައި އޮށޯވެ އޮވެވޭ ކަހަލަ އުނދޯންޏެއް ވެސް ހަރުކޮށްފައި ހުރޭ.

އދ.ދަނގެތި

View this post on Instagram

A post shared by Ali Hushaan | MALDIVES (@fromtinyisles) on

ހަނދު ގުޅިއަށް ލީ ކަމަށް ބުނާ ދަނގެތީގެ މޫދުގައި ހުންނަ އުނދޯލި. މި އުނދޯލި ހަދާފައި އެ ހުރީ ވެސް ހަނދުފަޅިއެއް ގޮތަށް.

ލ.ގަން

View this post on Instagram

A post shared by Chimpy💃🏻 (@missislanderr) on

މި ފޮޓޯއިން އެ ފެންނަނީ ލ.ގަމުގެ މޫދުގައި ހުންނަ އުނދޯލި.

Popular