3 Apr 2020

By: Ifraz Ali

މަޝްހޫރު މޮޑެލް ކައިޒީން، މީގެ ހަތަރު ދުވަސްކުރިން ފާހަގަކުރި، އޭނާގެ އުފަންދުވަށް ވަރަށް ގްރޭންޑް ސެލެބްރޭޝަނެއް އޮތީ ރާވައިފަ އެވެ. އެއީ ކިހާ ބޮޑު ސެލެބްރޭޝަނެއް ކަމެއް ކައިޒީން ނުބުންޏެވެ. ކޮރޯނާވައިރަސްގެ ކަންތަކާ ޖެހި، އެ ހުރިހާ ޕްލޭނެއް ކެންސަލްކޮށްލަން ޖެހުނީމާ އެ ވާހަކަދެއްކުމުގެ ބޭނުމެއް ވެސް މިހާރު ނެތީ އެވެ. ބޭނުންވި ގޮތަށް ސެލެބްރޭޓް ނުކުރެވުނަސް ކައިޒީން ހުރީ ވަރަށް އުފަލުންނެވެ.

ފޭސްބުކާއި އިންސްޓަގްރާމް ހިމެނޭ ގޮތަށް މިފަހަރު އޭނާގެ އުފަންދުވަހު، 15،000 އަށް ވުރެ ގިނަ މީހުން ދުވަހުގެ ތަހުނިޔާ ފޮނުވި އެވެ. ފަހަރެއްގައި މިއީ އަދި އެހެން އެއްވެސް ދިވެހި ސެލެބްރިޓީއަކަށް އުފަންދުވަހަކު ނުލިބޭހާ ގިނަ ތަހުނިޔާގެ މެސެޖަށް ވެދާނެ އެވެ. މި ހުރިހާ މެސެޖަކަށް ކައިޒީން އަށް އަދި ރިޕްލައި ވެސް ނުކުރެވެ އެވެ.

"އެހެންވެ، އެ ހުރިހާ ފަރާތްތަކަށް ވަކިން ރިޕްލައި ނުކުރެވޭނެތީ، މި ޗާންސް ބޭނުންކޮށްގެންވޭ ވިޝްކުރި ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ތޭންކްސްއޭ ބުނެލަން،" އަދި އެންމެ އުފާވީ އުފަން ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާ އަށް އެއްވެސް ފޮޓޯއެއް ނުވަތަ ޕޯސްޓެއް ވެސް ނުލާ ހުއްޓާ އެހާ ގިނަ މެސެޖު ލިބުނުން ކަމަށް ކައިޒީން ބުންޏެވެ.

އިންސްޓަގްރާމްގައި އެކަނި ވެސް ކައިޒީންގެ 99،000 އަށް ވުރެ ގިނަ ފޮލޮވާސް އެބަ ތިއްބެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen) on

ބައެއް ފޭނުންގެ ފަރާތުން އޭނާ އަށް ސަޕްރައިޒް ގިފްޓްތައް ވެސް ލިބުނެވެ.

ކޮންމެ އަހަރަކު ވެސް ތަފާތު ގޮތަކަށް ކައިޒީން އުފަންދުވަސް ފާހަގަކުރެ އެވެ. ރޭވި ގޮތަށް ސެލެބްރޭޝަން ނުދިޔަ ނަމަވެސް، އާއިލާ އާއި ރައްޓެހިންގެ ފަރާތުން އޭނާ އަށް ކުޑަ ސަޕްރައިޒެއް ލިބުނެވެ. ކައިޒީން ބުނީ މިފަހަރު އޮތީ "ސްޓޭ އެޓް ހޯމް ސެލެބްރޭޝަނެއް" ކަމަށެވެ.

އެއްވެސް ގޮތަކަށް ބޭރަށް ނުދޭ

ކައިޒީން ބުނީ މި ދުވަސްކޮޅު ނޫނަސް، އަބަދު ވެސް އޭނާއަކީ އެހާ ގިނައިން ގެއިން ބޭރަށް ނިކުމެ އުޅޭ މީހެއް ނޫން ކަމަށެވެ. ޕަބްލިކް ތަންތަނަށް ރައްޓެހިންނާ އެކު ކޮފީތަކަށް ދިއުމާއި ސޯޝަލައިޒް ވުމަކީ އޭނާ އެހާ ކުރާ ހިތްވާ ކަންކަމެއް ނޫނެވެ. އެހެންވެ މިދުވަސްކޮޅު ގެއިން ނުނިކުމެ ހުންނަން ޖެހުނަސް، އެއީ އޭނާ އަށް މާ ބޮޑު ކަމެއް ނޫނެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen) on

"އެކަމަކު ކައީ އަކީ ރެގިއުލާކޮށް ސެލޫނަށް ގޮސް ހެޔާ ޓްރީޓްމަންޓް އެއްޗެހި ނަގާ މީހަކަށްވެފައި، މި ދުވަސްކޮޅު އެއްވެސް ސެލޫން ޓްރީޓްމަންޓެއް ނުނެގޭތީ އަމިއްލަ އަށް ގޭގައި ހެއާ އެންޑް ފޭސް މާސްކް އެއްޗެހި ހަދާ ވަރަށް ގިނަ އެކްސްޕެރިމެންޓް އެބަ ކުރަން،" މިއީ އޭނާ އަށް ކުރެވުނު ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި ރިޒަލްޓް ވެސް ވަރަށް ރަނގަޅު ކަމަށް ބުންޏެވެ.

ވަގުތު ދުއްވަން ބަލަނީ ޔޫޓިއުބް

ވަގުތު ދުއްވާލުމަށް، ކައިޒީން މި ދުވަސްކޮޅު ބަލަނީ ޔޫޓިއުބް ވީޑިއޯތަކެވެ. އެންމެ ގިނައިން ބަލަނީ ލައިފްސްޓައިލް އަދި ފެޝަން އެންޑް ބިއުޓީއާ ގުޅޭ ވީޑިއޯތަކެވެ. ޔޫޓިއުބަށް ފަހު، ދެން އެންމެ ގިނަ ވަގުތު ހޭދަކުރަނީ އާއިލާއާ އަދި ގާތް މީހުންނާ އެކު ވަގުތު ހޭދަކޮށްލުމަށެވެ.

"މިސާލަކަށް މޫވީސް ބެލުމަށްވުރެ، ކައި އަށް މުހިންމީ ފެމެލީ އެންޑް ސްޕެޝަލް މީހުންނާ އިންޓަރެކްޓްވެ، އެ ރިލޭޝަންޝިޕް ޑިވެލޮޕްކުރުން،" ކައިޒީން ބުންޏެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen) on

ބޮޑީ މެއިންޓެއިން ކުރަން، ގޭގައި ކަސްރަތު

ކައިޒީން ބުނީ އޭނާ އަކީ އަބަދު ވެސް ވަރަށް ގިނައިން ޓޭކްއަވޭ އަށް، ކާ އެއްޗެހި ގެންނަ މީހެއް ކަމަށެވެ. އެކަމަކު މި ދުވަސްކޮޅު މާ ގިނައިން ޓޭކްއަވޭ އަށް އޯޑާކުރެވޭތީ މާބޮޑަށް ވިސްނަޖެހެނީ އެވެ. އެހެންވެ، ޖިމަށް ވެސް ނުދެވޭ ދުވަސްކޮޅެއް ވީމާ، ބޮޑީ މެއިންޓެއިން ކުރަން ގޭގައި ކަސްރަތުކުރަނީ އެވެ.

"ހޯމް އިންޑޯ ވޯކްއައުޓް އެއްޗެހި މިދުވަސްކޮޅު ރެގިއުލާކޮށް ކުރަން. މިއީ މި ދުވަސްކޮޅު ކައިގެ ޑެއިލީ ރޫޓިން އިންނަ ގޮތަކީ،" ކައިޒީން ބުންޏެވެ.

ފްރޮފެޝަނަލް ލައިފް ބްރޭކަކަށް

މޮޑެލިންގެ ދާއިރާގައި ރާއްޖޭގައި މިހާރު އެންމެ އުހުގައި ފިޔަޖަހަމުން އަންނަ އެއް މޮޑެލް، ކައިޒީން ބުނީ މި ދުވަސްކޮޅު އޭނާގެ ޕްރޮފެޝަނަލް ލައިފްގެ ގިނަ ކަންކަން އޮތީ އެއްކޮށް މެދުކެނޑިފައި ކަމަށެވެ. ވަރަށް ގިނަ ޝޫޓިންތަކާއި އަދި ވަރަށް ގިނަ ޕްރޮޖެކްޓުތަކެއް ވެސް ވަނީ މަޑުޖައްސާލައިފަ އެވެ.

View this post on Instagram

A post shared by KAIZEEN (@kai_zeen) on

"އަދި އެއްވެސް ވަރަކަށް ޓްރެވެލް ނުކުރެވޭތީއާ އެކު މިއޮތީ ހުރިހާ ކަމެއްހެން ހުއްޓުމަކަށް އައިސްފަ. އެހެންވެ ގޭގައި ރިލެކްސް ކޮށްލައި، ނިދާލާ، ވަރަށް ބޮޑަށް ރެސްޓް މޯޑުގައި މި ދަނީ،" ކައިޒީން ބުންޏެވެ.

"ކައި ބޭނުންވަނީ ވީ އެންމެ އަވަހަށް މުޅި ދުނިޔެ އަށް މި ދިމާވެފައިވާ ހާލަތުން ހުރިހާ ގައުމުތަކެއް ވެސް އަރައިގަނެ، އަލުން އަނބުރާ ނޯމަލް ދިރިއުޅުމަކަށް އެންމެން ބަދަލުވާން. އެހެންވީމަ އޮތޯރިޓީތަކުން އަންގާ އެންގުންތަކަށް ތަބާވެ، ގޭގައި މަޑުކުރަން އެންމެންގެ ކިބައިން ކައީ ވެސް އެދެން،" ކައިޒީންގެ ފަރާތުން އެންމެނަށް "ވެލް ވިޝެސް" ފޮނުވި އެވެ.

ސެލެބްރިޓީން

Popular