By: Aminath Ibrahim
މިއީ އުނދަގޫ ވަގުތެކެވެ. ދަންނަ މީހުންނާއި އާއިލާ އާއި ރައްޓެހި ރަހުމަތްތެރިން ތިބީ ކޮރޯނާވައިރަސް އަށް ހުށަހެޅި އެކި ހާލަތްތަކުގަ އެވެ. މުޅި މާލެ އޮތީ ކުރިއަށް ލަފާކުރަން ނޭނގޭ ބިރުވެރިކަމެއްގަ އެވެ. އަތްމަތި ދައްޗެވެ. އަތުގައި ފައިސާ ހުއްޓަސް، މުސްތަގުބަލަށް ކުރަންޖެހިފައިވާ ފިކުރުތަކުން ސިކުނޑި ފުނިޖެހިއްޖެ އެވެ. ކުދިންކޮޅު ބޭނުންވާ ކަންކަން ނުކުރެވިގެން ދެރަވެގެން އުޅޭތީ ހިތުގައި އަޅާ ވޭން އެހާ ބޮޑެވެ. މި ހުރިހާ ވިސްނުމެއް ވިސްނަން ޖެހުމުން ރަނގަޅަށް ނުވެސް ނިދެ އެވެ.
ތިހާ ވަރަށް ވިސްނަން ވެއްޖެ ނަމަ މީހާ ގޮވައިފާނެ އެވެ. ތިޔަ ދައްކަނީ، ވިސްނަނީ، ހުސް ރަނގަޅު ވާހަކަ އެވެ. އެކަމަކު، މިފަދަ ވަގުތެއްގައި ހަމަޖެހުން ގެއްލި ޕެނިކް ހާލަތަށް މީހާ ވެއްޓުނަ ނުދީ ހިފަހައްޓަން ކޮންމެ މީހަކު ވެސް މަސައްކަތް ކުރަންވާނެ އެވެ. އެކަމަށް، ދީލަތިކަމާ އެކު އެހީތެރިވެ، އޯގާތެރިކަމާ އެކު އަޑު އަހައި ލަފާދޭން ތައްޔާރަށް އެތިބީ ސައިކޮލޮޖިސްޓުންނެވެ. އެމީހުންނަށް ގުޅާށެވެ. ހިއްސާ ކުރާށެވެ.
މި ދެނީ މިވަގުތަށް ފޯނުގައި ސޭވް ކޮށްލެވޭނެ އެންމެ މުހިންމު ނަންބަރު ތަކެވެ. މިއީ މާލޭގައި މިވަގުތު ހިލޭ ކައުންސެލިން ދޭ ކްލިނިކްތަކުގެ ނަންބަރުތަކެވެ.
މި ނަންބަރު ތަކަށް ގުޅައިގެން ވެސް ތި ހިތަށް ފަރުވާ އެއް ހޯދާލަބަލާށެވެ. ތި ވިސްނާ ވިސްނުންތަކާ ދުރަށް ޖެހިލައި ހަށި ފުރައި ނޭވާއެއް ލާށެވެ.
.
ތިބާ ސައިކޮލޮޖީގެ އޮންލައިން ސެޝަންތަކަށް ޖެހޭނީ ދީފައި އެވާ ނަންބަރަށް ގުޅައިގެން ބުކިން ހައްދާށެވެ. ތިބާ އަކީ ހުރިހާ އުމުރެއްގެ މީހުންނާއި ކުޑަކުދިންނަށް ކައުންސެލިންގެ ހިދުމަތް ދޭ ކްލިނިކެކެވެ.
.
ޝީގެ ކައުންސެލިން ސެޝަންތަކަށް ގުޅާނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު އެވެ. ހުކުރު ދުވަހުގައި ނަމަ މެންދުރު 2:00 އިން ހަވީރު 5:00 އާ ދޭތެރޭގަ އެވެ.
.
ބްލޫ ހާޓްސް އިން މިވަނީ ކޮވިޑް-19 އާ އެކު، އެމީހުންގެ އޮންލައިން ސައުންސެލިން ގަޑިތައް މާދަމާއިން ފެށިގެން އިތުރުކުރަން ނިންމައިފަ އެވެ. ބްލޫ ހާޓްސްގެ އޮންލައިން ވަގުތުތަކަކީ ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އާ ދޭމެދެވެ.
.
އިންސްޓިޓިއުޓް ފޮ މެންޓަލް ވެލްބީން
.
އައި.އެމް.ޑަބްލިޔު.ބީ އިން ވެސް މިވަނީ އޮންލައިން ކޮށް ހިލޭ ކައުންސެލިން ހޯދޭނެ މަގު ފަހިކޮށްދީފަ އެވެ. ފޮޓީގައި ދީފައި އެވާ ނަންބަރުތަކަސް ގުޅައިގެން ސެޝަން ތަކާއި ބެހޭ މައުލޫމާތު ސާފުކޮށްލެވޭނެ އެވެ.
ޝިޔާނާ- ފެމެލީ ރިލޭޝަންޝިޕް ސާވިސަސް
.
ސެންޓަ ފޮ މެންޓަލް ހެލްތު، އައިޖީއެމްއެޗް
ކޮރޯނާ ވައިރަސް އާ ގުޅިގެން އައިޖީއެމްއެޗް އިން ވަނީ އެ ހޮސްޕިޓަލުން ދޭ އެކި ފަރުވާތަކަށް ހާއްސަ އޮންލައިން ކްލިނިކް ތަކެއް ހުޅުވަން ނިންމާފަ އެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ކްލިނިކް ވެސް ހިމެނެ އެވެ. ކްލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އާއި 12:00 އާ ދޭތެރޭގަ އެވެ. މީގެ އިތުރުން ވެސް، ނަފްސާނީ ބައްޔަކަށް ބޭސް ކާ މީހެއް ނަމަ، ބޭސް ބަދަލުކުރުމުގެ ހިދުމަތް ވެސް މި ގަޑިތަކުގައި ހޮސްޕިޓަލަސް ގުޅައިގެން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފަ އެވެ.
ބޭސް ބަދަލުކުރަން މެސެޖް ކުރަން ޖެހޭ ނަންބަރަކީ 7942403 އެވެ.
އިންސްޓިޓިއުޓް ފޮ ކައުންސެލިން އެންޑް ސައިކޯ ތެރެޕީ
.