24 Feb 2021

By: Aishath Maaha

ވާނުވާ ނުބުނެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުރުން ނުވަތަ "ސައިލެންޓް ޓްރީޓްމެންޓް" ދިނުމަކީ މައްސަލަ ހައްލުކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ މީހުން އުޅެ އެވެ. އެކަމަކު އަސްލު މިއީ ޓޮކްސިކް މީހުންގެ ސިފައެކެވެ. އެތައް ދުވަހެއް ވާއިރު ވެސް ވާހަކަ ނުދައްކާ އަނެކާ "އިގްނޯ"ކޮށްގެން އުޅެ އެވެ.

މިކަމުގެ ސަބަބުން އަނެއް މީހާއަށް ނަފްސާނީ ގޮތުން ލިބޭ ގެއްލުމަށް ވިސްނައެއް ނުލަ އެވެ. އަދި ޒިންމާ ނަގަންޖެހޭނީ "ވިކްޓިމް" ކަމަށް ގަބޫލުކުރުވާނެ އެވެ. މުޅި މީހާ އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދަން ވެސް ޓޮކްސިކް މީހުން މި އުކުޅު ބޭނުންކުރާނެ އެވެ.

މިއީ މައްސަލަ ހައްލުވުމުގެ ބަދަލުގައި އިތުރަށް މައްސަލަ ބޮޑުވެ ދިގުދެމިގެންދާނޭ ކަމެކެވެ. ނަމަވެސް އެމީހުން މިކަން ގަބޫލެއް ނުކުރާނެ އެވެ.

މިފަދަ ގުޅުންތައް ތަޖުރިބާކޮށްފައި ތިބޭ މީހުން ބުނަނީ ވާހަކަ ނުދައްކާ ހުރުމުގެ ބަދަލުގައި ހަޅޭއްލަވައި އެއްޗެހި ކިޔުމުން ވެސް މާ ހިތްހަމަޖެހޭ ކަމަށެވެ. ވެގެން އުޅޭގޮތް ސާފުވެ އަނެކާގެ ސިކުނޑީގެ ތެރޭގައި ހިނގާ ކަންކަން އެނގޭނެތީ އެވެ.

ސައިލެންޓް ޓްރީމަންޓާ ކުރިމަތިލާނީ ކިހިނެއް؟

- ފުރަތަމަ ކަމަކަށް އެކަމުގެ ސަބަބުން މީހާ އައިސޮލޭޓްވިޔަ ނުދޭށެވެ. އާއިލާ އާއި ރައްޓެހިންނާއި އެކުގައި މަސައްކަތްކުރާ މީހުން އަދި އަވަށްޓެރިންނާ އޮންނަ ގުޅުމަށް ބުރުލެއް އެރިޔަ ނުދޭށެވެ. އެމީހުންނާ އެކު ވަގުތު ހޭދަކުރުމުން ސިކުނޑިއަށް ލުއިވާނެ އެވެ.

- ހޮބީގެ ގޮތުގައި ކުރާ ކަންތައްތަކާ ދުރުނުވެ އެކަންކަމުގައި ވަގުތު ހޭދަކުރުން

- އަމިއްލަ ނަފުސުގެ މުހިންމުކަން ހަނދާންކުރާތި. އެހެން މީހުންގެ ސަބަބުން އަމިއްލަ މީހާއަކީ ކާކުކަން ހަނދާންނެތި ހަމައެކަނި އެމީހާ ހިތްއުފާކޮށްދީ އޭނަ ޖަހާހާ ބެރަކަށް ނުނަށާނެކަން އަމިއްލަ ނަފްސަށް ވެސް ޔަގީންކޮށްދިނުން.

- އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އަސަރުކުރާނެ އެވެ. ޕްރޮފެޝަނަލް ކައުންސިލިންގެ ހިދުމަތް ހޯދިދާނެ އެވެ.

- ގުޅުން ނިންމާލާށެވެ. ވާހަކަ ދައްކައިގެން ވެސް ހައްލުނުވެއްޖެ ނަމަ ދެން އެންމެ ރަނގަޅުވާނީ ތިޔަ ގުޅުމުން ދުރަށް ދިޔައީމަ އެވެ. -- މައުލޫމާތު: ސައިކޮލޮޖީ ޓުޑޭ

ސައިކޮލޮޖީ

Popular