24 Feb 2021

ހަމަށް ފައިދާހުރި "ޑްރައި ބްރަޝިން"

ހަމަށް ފައިދާހުރި "ޑްރައި ބްރަޝިން"

ދިވެހި ބަހުން ބުނާއިރު މާނަކުރެވެނީ އެއްޗެހި ދޮންނަހެން ބާރުލާފައި ގައި ވެސް އުނގުޅާ ވާހަކަ ކަމަށެވެ. އެކަމަކު މި ޓެކްނީކު އެއަށް ވުރެއް މާ ފަސޭހަވެފައި ލިބޭ ފައިދާތައްގިނައެވެ. އިންޑިއާގައި ޒަމާނުއްސުރެއް ކުރަމުން އައި މި އަޔުރްވޭދިކް ޓެކްނީކް މި ފަހަަކަށް އައިސް އަނެއްކާވެސް މަގުބޫލުވެއްޖެ އެވެ.

މިއީ ހަންގަނޑަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭ "ޑްރައި ބްރަޝިންގް" ހަދާނެ ގޮތެވެ.

"ޑްރައި ބްރަޝިން" އަކީ ކޮބާ؟

މީގައި މާ ބޮޑު ފުން މާނަތަކެއް އެކުލެވިފައެއް ނުވެއެވެ. އެއީ ހުސް ބުރުހެއް ހަންގަނޑުގައި މަޑުމަޑުން އުނގގުޅުމެވެ. ގައިގެ ހަންގަނޑުގައި ހާކަން ބޭނުންވާ ނަމަ ނެޗުރަލް ފައިބާއިން ހަދާފައިވާ ބޮޑު ބުރުސް އަދި މޫނުގައި ހާކަން ބޭނުންވާ ނަމަ ހަމަ އެކަހަލަ ކުޑަ ބުރުހެކެވެ. އަދި ހަންގަނޑުގައި ބުރުސް ހާކާއިރު ދެކޮޅަށް ބުރުސް ގެންދިއުމުގެ ބަދަލުގައި މައްޗައްވާ ގޮތަށް ކުރުކޮށް ހާކާލާށެވެ. ބުރުސް ހާކާއިރު އޭގެ އެންމެ ރަނގަޅު ގޮތަކީ ފެންވެރުމުގެ ކުރިން ގައިގައި އިތުރު އެއްވެސް އެޗެއް ނުއުނގުޅާ މިކަން ކުރެމެވެ. އޭރުން ގައިގައި ހުންނަ ބޭކާރު ހަންތައް ނެއްޓި، އުނގުޅާ މޮއިސްޗަރައިޒާގެ ފައިދާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަންގަނޑަށް ފޯރަން އެހީއަކަށް ވާނެ އެވެ.

ފައިތިލައިން ފެށިގެން މަޑުމަޑުން މަޗަށް ބުރުސް ހާކަމުން ގޮސް ކޮނޑާ ހަމައަށް މުޅިގައިގައެވެ. އެއަށް ފަހު މޫނުގައި ވެސް މީގެ ކުޑަ ބުރުހަކުން ހާކާލެވިދާނެއެވެ.

ލިބޭ ފައިދާތައް

މި ޓެކްނީކްގެ ސަަބަބުން ގައިގެ ހަންގަނޑުގައި ލޭ ދައުރުވުން އިތުރުކޮށްދެ އެވެ. އަދި ހަންގަނޑު އަލިކޮށްލަދެ އެވެ. ގަވައިދުން މިކަން ކުރާ ބައެއް މީހުން ވަނީ މިކަމުގެ ސަބަބުން ސްޓްރެޗް މާކްސް އަދި ސެލިއުލައިޓް މަދުވާކަމަށް ބުނެފަ އެވެ. އަދި މިއީ "ލިމްފެޓިކް ޑްރެއިނޭޖް" އަށް އެހީތެރި ވުމަށް އަމިއްލައަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތަކެވެ.

ލޭގެ ތެރޭގައި ހުންނަ ލިމްފް ފްލުއިޑްތަށް ލިމްފް ނޮޑްއާ ދިމާލަށް ގެންގޮސް މި ޓޮކްސިންސްތައް ގައިން ނައްތާލެވޭ މަސާޖެއްގެ ގޮތުގައި ޑްރައި ބްރަޝިންވަނީ ފާހަގަވެފަ އެވެ. މި ކަންކަމުގެ އިތުރުން، ހަަންގަނޑު އެކްސްފޮލިއޭޓްކޮށްދީ ހަންގަނޑުގެ ލޯވަޅުތަކުގައި ބެދިފައި ހުންނަ ހަޑި ނުވަަތަ ތެޔޮތައް ސާފުކޮށްލަދެ އެވެ. މީގެ އިތުރުން ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް އަލުން އުފެދުމަށް ވެސް މަގުފަހިކޮށްދެއެވެ.

ކުޑަ ވަގުތުކޮޅެއް ހޭދަވާ މި ކަމަކީ ގިނަ ފައިދާތަކެއް ހުރި އަދި ކޮންމެ ދުވަހެއްގެ ސްޓްރެސް ފިލުވާލައި ބޯހަމަޖައްސާލަން ވެސް ރަނގަޅު ކަމެކެވެ.

ބިއުޓީ

Popular