17 Jun 2021

By: Ahmed Jaishan

އެއީ 2000ގެ ކުރީކޮޅެވެ. ސްކޫލު ނިންމާލައިފައި ގެއަށް އައިސް ފުރަތަމަ ވެސް ޖައްސާލަނީ ކޮމްޕިއުޓަރު ދޮށުގަ އެވެ. އެއީ އެމްއެސްއެން ހުޅުވާލައި ރައްޓެހިންނާ ވާހަކަދައްކައި ސަކަރާތް ޖެހުމަށެވެ. ހަމަ ގައިމު ވެސް މިއީ ގިނަ ބައެއްގެ ފޮނި ހަނދާނަކަށް ވާނެ ކަން ޔަގީނެވެ. އެމްއެސްއެން އިން ރައްޓެހިންނާ ޗެޓުކޮށްލައި ގޭމު ކުޅެން އުޅުނު، އެއީ ވަރަށް އުފާވެރި ދުވަސްތަކެކެވެ.

އެކަކު އަނެކަކާ ވާހަކަ ދައްކަން ބޭނުންވާ ނަމަ މިހާރު ވިއްސަކަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އާއި މެސެޖިން ސާވިސް އެބަ އޮތެވެ. މިހާރު ވައިބާ އާއި ޓެލެގްރާމް އަދި ވަޓްސްއެޕް ބޭނުންކުރިޔަސް، މީގެ ކުރިން އެންމެ މަގުބޫލު މެސެޖިން ޕްލެޓްފޯމަކީ އެމްއެސްއެން ނުވަތަ ވިންޑޯސް ލައިވް މެސެންޖާ އެވެ. މިގް33 ގެ ޒަމާނެއް ވެސް ދިޔަ އެވެ.

އެމްއެސްއެން އެންމެ ފުރަތަމަ ލޯންޗުކޮށްފައި ވަނީ 1999 ވަނަ އަހަރެވެ. އެއަށް ފަހު، އެ ޕްލެޓްފޯމަކީ ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ބޭނުންކުރާ ޕްލެޓްފޯމަކަށްވީ ހީ ވެސް ނުކުރާހާ އަވަހަށެވެ. އެކަމަކު މިހާރު އެމްއެސްއެން އެއް ނެތެވެ. އަހަރެމެންގެ ސިކުނޑީގައި ރައްކާކޮށްފައި ހުރި އެ މަޖާ ދުވަސްތަކުގެ ހަނދާންތައް ފިޔަވާ އެވެ.

މީގެ އެންމެ ޚާއްސަވާ ކަމަކީ އެކުވެރިންނާ ވާހަކަ ދައްކާގޮތާއި ދައްކާ ވާހަކަތަކެވެ. މުޅި ދުވަހު ސްކޫލުގައި އެކުވެރިންނާ އެކު އުޅެފައި ގެއަށް ދާގޮތަށް މެސެންޖާ އަލުން ހުޅުވައި އެންމެންނާ ވާހަކަ ދައްކާއިރު، ގިނަ ފަހަރަށް މި ދައްކާ ވާހަކަތަކަކީ މާ މުހިންމު ވާހަކައަކަށް ވެސް ނުވެދާނެ އެވެ.

އޭގެ އިތުރުން ވެސް މެސެންޖާގެ ހަނދާން އާކޮށްލައި ދިނުމަށް ބައެއް ކަންތައް ޚިއްސާކޮށްލާނަމެވެ.

އެމްއެސްއެންގައި ރަށްޓެހިން ވާހަކަ ދައްކާނީ މިހެން

ކްރަޝްގެ ސަމާލުކަން ހޯދަންވެގެން ސައިން އިން ވެފައި ސައިން އައުޓް ވަނީ

.

ވަގުތު ބޭކާރު ކުރަން މައިސްވީޕާ ކުޅުން

.

އެންމެ ލަވައެއް ފޮނުވަން ވެގެން ގަޑިއިރު ވަންދެން މަޑުކުރުން

.

ފާޑުފާޑަށް ޗެޓް ބެކްގްރައުޑް ޑިޒައިންކޮށްލުން

.

އެމްއެސްއެން އިން ޗެޓްކުރި ރައްޓެހިން މިހާރު ކޮބާ ހެއްޔެވެ؟ އެމީހުން ޓެގްކޮށްލައި ކުރީގެ ހަނދާންތައް އާކޮށްލަ ބަލާށެވެ!

ސޯޝަލް މީޑިއާ

Popular