2 Aug 2021

By: Ahmed Jaishan

ހެދުން އަޅާއިރު އެ ބަލައިލަން ރީތި ވުމުގެ އިތުރުން ފަސޭހަވުން ވެސް ވަރަށް މުހިއްމެވެ. ލައިގެން އުޅޭ އެއްޗެހި ހެޔޮވަރުކޮށް ބެހެއްޓުމަށް ބެލްޓު މިއީ ކޮންމެހެން ބޭނުންވާނެ އެއްޗެކެވެ. އެކަމަކު ބެލްޓަކީ ބަލައިލަން ވެސް ކަމުދާ އެއްޗަކަށް ވާން ވާނެ އެވެ. އަޅާ ބެލްޓު ކަމު ނުދާ ނަމަ ނުވަތަ ނުގުޅޭ ނަމަ އަދި ބެލްޓެއް އަތުޖެހޭ ތަނެއްގައި ނެތިއްޔާ ނާޑުވާއަކުން ހައްލު ހޯދާށެވެ.

ބެލްޓުގެ ބަދަލުގައި ނާޑުވާ ބޭނުންކުރުމަކީ މި ފަހަކަށް އައިސް ފެށިގެން އުޅޭ ޓްރެންޑެކެވެ. ބެލްޓުގެ ބަދަލުގައި ނާޑުވާ އަކީ ތަފާތު އެކި ގޮތްގޮތަށް ކަސްޓަމައިޒް ކޮށްލެވޭ އެއްޗެކެވެ.

ނާޑުވާ، ބެލްޓުގެ ގޮތުގައި ބޭނުންކުރަން ފެށިފަހުން އެ ތަފާތު އެކި ގޮތްގޮތަށް ޑިޒައިންކޮށް އަޅައިގެން އުޅެ އެވެ. ދޫ ޖީންސް އެއް ލާއިރު ބެލްޓު އެޅުމުން ގިނަ ފަހަރަށް ގޮނި ވެފައި ހުންނަ ބައިތަކެއް ފެނެ އެވެ. ނަމަވެސް ނާޑުވާ ބޭނުންކޮށްގެން ޖީންސްގެ އުނަގަނޑު ހެޔޮވަރު ކުރާއިރު އެ ގޮނިތައް ފޮރުވާލެވޭނެ އެވެ.

މިސާލަކަށް، ޖީންސްގެ ކުރިމަތި ހެޔޮވަރު ވަރަކަށް ބަހައްޓަން ބޭނުންވާ ނަމަ ޖީންސްގެ ފަހަތުގެ ލޫޕްކޮޅުގައި އެކަނި އަޅުވާލައިގެން ޖީންސް ހެޔޮވަރު ކޮށްލެވޭނެ އެވެ. އެއާ އެކު ޖީންސްގެ ކުރިމަތިން ވެސް އެއްވެސް އިތުރު ވާގަނޑެއް ނުވަތަ ބެލްޓެއް ވެސް ފެންނާކަށް ނީންނާނެ އެވެ. މިއީ އާންމުކޮށް ޖީންސް ލައިގެން އުޅޭ ނަމަ ވަރަށް ބޭނުންތެރި ހެކް އެކެވެ.

ނާޑުވާ ބޭނުންކުރެވިދާނެ އިތުރު ގޮތަކީ ޖީންސްގެ އަރިމަށްޗަކަށް އައްސާ ގޮތަށް އެ ގެންގުޅުމެވެ. މިގޮތަށް ކަންތައް ކުރާއިރު ޖިންސުގެ ގޮށްވަޅު ތެރެއިން ނާޑުވާ ގެންދަން ހަނދާން ކުރަން ޖެހޭނެ އެވެ. މިގޮތަށް ކަންތައް ކުރުމުން ޖިންސުގެ ދޫ ބައިގެ ތެރެއިން އެއްވެސް ބައެއް އެލިފައެއް ނޯންނަނެ އެވެ.

އެހެންވީމަ މިހާރު ޖިންސު ލާއިރު، އެ ދޫވިޔަސް ބެލްޓުގެ ސަބަބުން "ލުކް" ހަޑިވެދާނެ ކަމަށް ކަންބޮޑުވާކަށް ނުޖެހޭނެ އެވެ. ނާޑުވާއެއް އޮތިއްޔާ ބޮޑެތި ޖީންސްތައް ރީތިކޮށްލައިގެން ލެވޭނެ އެވެ.

ފެޝަން

Popular