18 Oct 2021

By: Ahmed Jaishan

ރުއިން ސިފަ ކޮށްފައި އޮންނަނީ ވަރަށް "ނެގެޓިވް" ކަމެއްގެ ގޮތުގަ އެވެ. އަދި ރުއިމަކީ ވަރަށް ބަލިކަށި ސިފައެއް ކަމަށް ވެސް ވަރަށް ގިނަ މީހުން ސިފަ ކުރެ އެވެ. ނަމަވެސް ރުއިމަކީ އޭގެ ސަބަބުން ފައިދާތަކެއް ކުރާ ކަމެއްކަން އެނގޭ ހެއްޔެވެ؟ ރުއިމަކީ ބައެއް ފަހަރު ރަނގަޅު ކަމެކެވެ.

ރުއިމުގެ ސަބަބުން އަމިއްލަ ހަށިގަނޑަށާއި ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އޭގެ ސަބަބުން ފައިދާ ކުރެ އެވެ.

ޑީޓޮކްސިފައިވާނެ

ރުއިމުގެ ސަބަބުން އެކި ގޮތްގޮތަށް ހަށިގަނޑު ޑީޓޮކްސިފައި ކުރެ އެވެ. ރުއިމުގެ ސަބަބުން އުފެދޭ ރިފްލަކްސް ކަރުނައިން ލޯ ސާފުކޮށްދެ އެވެ. ލޮލަށް އެޅިފައި ހުންނަ ކުންޏާއި އެސްފިޔަ އަދި އެނޫން ވެސް ހުރިހާ އެއްޗެއް، މިފަދަ ކަރުނައިގެ ސަބަބުން ސާފުކޮށްދެ އެވެ.

ހިތާމައިގެ ކަރުނަ

ކަމެއްގެ ހިތާމަކޮށް އެމަކާ ގުޅިގެން ރުއިމަކީ ތި ހީކުރާ ވަރަށް ވުރެ ފައިދާ ހުރި ކަމެކެވެ. ހިތާމައެއްގެ ސަބަބުން ރޮވޭ ނަމަ އެއީ އިމޯޝަނަލް ރިއެކްޝަން އެއްގެ ނަތީޖާ އެވެ. އެކި ކަހަލަ ސްޓްރެސް އާއި ޓޮކްސިންސް އާ މި ކަރުނަތައް ގުޅިފައި ވެ އެވެ. މި ޓޮކްސިންތަކަކީ ނަފްސާނީ ދުޅަހެޔޮކަމަށް ހަށިގަނޑުން ވަކިކުރަން ވަރަށް މުހިއްމު އެއްޗެކެވެ. އެހެންވީމާ ހިތާމައެއްގެ ސަބަބުން ރޮވިއްޖެ ނަމަ ސްޓްރެސް ލެވެލް ދަށް ވާނެ އެވެ. އެހެންވީމާ ރޮވޭ ވަގުތު އެ ކޮންޓްރޯލު ކުރުމުގެ ބަދަލުގައި ހިތްހަމަ ޖެހެންދެން ރުއިން ވަރަށް މުހިއްމެވެ.

ތަދުތަކާއި ވޭނަށް އެހީ ލިބޭ

ރުއިމުގެ ސަބަބުން ޖިސްމާނީ ގޮތުން ލިބޭ ވޭންތަކާއި ނަފްސާނީ ގޮތުން ލިބޭ ވޭންތައް ކޮންމެވެސް ވަރެއްގެ އެހީއެއް ލިބެ އެވެ. އެގޮތުން ގިނަ އިރު ވަންދެއް ރޯނަމަ ހަށިގަނޑުން އޮކްސިޓޯސިން އާއި އޮޕިއޮއިޑްސް ރިލީޒްކުރެ އެވެ. އިތުރު ނަމަކުން ނަމަ އެއީ އެންޑޯފީންސް އެވެ. އެންޑޯފީންސް އަކީ ހަށިގަނޑަށް ދޫކުރާ "ފީލް- ގުޑް" ކެމިކަލްތަކެކެވެ.

ސިއްހަތު ފިޓްނެސް

Popular