18 Nov 2021

By: Ahmed Jaishan

ދުނިޔޭގެ އެންމެ މަގުބޫލު މިއުޒިކް ގްރޫޕުތަކުގެ ތެރޭގައި ކޭޕޮޕްގެ "ބްލެކްޕިންކް" ހިމެނޭ ބުނުން ދޮގަކަށް ނުވާނެ އެވެ. ތަފާތު އެކި ކަހަލަ މޫޑްތަކުގެ ލަވަތަކާއި ކެޗީ ޑާންސް ރޫޓީންތަކުން މި ގްރޫޕު ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ހިތް އަތުލައިފަ އެވެ.

ޖެނީ އާއި ލީސާ އާއި ރޮސީ އަދި ޖިސޫ ހިމެނޭ މި ހަތަރު ޒުވާނުންގެ ބޭންޑު އަދި އެންމެ އަލްބަމެއް ނެރުނަސް އެތައް ބައެއްގެ އެންމެ ކަމުދާ ބޭންޑަށް މިހާރު ވަނީ ވެފަ އެވެ. ކޭޕޮޕް އިންޑަސްޓްރީގައި ވެސް ބްލެކްޕިންކް އަކީ އެންމެ ނުފޫޒުގަދަ އެއް ބޭންޑެވެ.

ބްލެކްޕިންކް ކަމުދާ ފޭނުންނަށް އަޑުއަހާލަން ވަރަށް ގިނަ ކޭޕޮޕް ބޭންޑްތައް އެބަހުއްޓެވެ. އޭގެތެރޭގައި އަލަށް އުފެދުނު ބޭންޑްތަކާއި ކުރީގެ ބޭންޑްތައް ވެސް ހިމެނެ އެވެ.

މިއޮތީ ބްލެކްޕިންކް ކަމުދާ ހުރިހާ ކުދިންނަށް ކަމުދާނެ ލަވަތަކެއް ހިމެނޭނެ ކުޑަ ޕްލޭލިސްޓެކެވެ. 1. ސެވޭޖް - އައެސްޕާ

2. ލޯކޯ - އިޓްޒީ

3.ސްޓީރިއޯޓައިޕް - ސްޓޭސީ

4. ކުއީންޑަމް - ރެޑް ވެލްވެޓް

5. ފަސްޓް - އެވަގްލޯ

6. ޑަން ޑަން ޑާންސް - އޯ މައި ގާލް

7. ދަ ފީލްސް - ޓްވައިސް

8. ސައިންޓިސްޓް - ޓްވައިސް

ސައުތު ކޮރެއާ

Popular