"އީރާސް ޓުއާ" އަކީ ކޮންމެ ސުވިފްޓީއެއްގެ ވެސް ޑްރީމް ކޮންސަޓެވެ. ކިތަންމެ ބަލައިލަން ދާ ހިތްވިޔަސް, ރާއްޖެއާ ކިތަންމެ ކައިރި ގައުމަކަށް އަޔަސް ރާއްޖޭގެ ގިނަ "ސުވިފްޓީޒް" އަކީ ޓޭލާ ބަލަން ދާން ހަރަދު ކުރެވޭނެ ބައެއް ނޫނެވެ.
"އީރާސް ޓުއާ" އަކީ ކޮންމެ ސުވިފްޓީއެއްގެ ވެސް ޑްރީމް ކޮންސަޓެވެ. ކިތަންމެ ބަލައިލަން ދާ ހިތްވިޔަސް, ރާއްޖެއާ ކިތަންމެ ކައިރި ގައުމަކަށް އަޔަސް ރާއްޖޭގެ ގިނަ "ސުވިފްޓީޒް" އަކީ ޓޭލާ ބަލަން ދާން ހަރަދު ކުރެވޭނެ ބައެއް ނޫނެވެ.
ޓޭލާގެ އެންމެ ބޮޑު ޓުއާ "އީރާސް ޓުއާ" އަށް ނުދެވިގެން ދެރަވި އެންމެންނަށް މިދިޔަ ހުކުރު ދުވަހު ޓޭލާ ދޫކޮށްލީ ސަޅި ގިފްޓެކެވެ. މިއީ ހާއްސަކޮށް ރާއްޖެ ކަހަލަ ގައުމުތަކުގައި އުޅޭ, ކޮންސެޓް ބަލައިލަން ދެވެން ނެތް އެންމެނަށް އެ އެކްސްޕީރިއަންސް ލިބޭނެ ފުރުސަތެކެވެ.
"އީރާސް ޓުއާ, ދަ މޫވީ" މި މަހުގެ 13 ވަނަ ދުވަހު ޕްރިމިއާކުރި އިރު ގިނަ ބަޔަކު ތިބީ އެކްސްޕެކްޓް ކުރަންވީ ކޯއްޗަކަށްކަން ޔަގީންނުވެފަ އެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ މި ޓުއާއަށް ޓޭލާ އާއި އޭނާގެ ޓީމުގެ ތައްޔަރީތަކާއި ބެކް ސްޓޭޖުގެ ގިނަ ސްނިޕެޓްތަކެއް ހިމަނައިގެން މި މޫވީ ވާނީ ޓުއާގެ ސްޓޯރީ ޑޮކިއުމަންޓްކުރާ މޫވީއަކަށް ކަމަށެވެ.
ފިލްމާ ގުޅޭ ގޮތުން އެކި މީހުން އެކި އެއްޗިހި ކިޔަމުން ދަނިކޮށް ޓެއިލާ މި ވަނީ އޭނާގެ ކޮންސެޓު ތިއޭޓަރަށް ގެނެސް ދީފަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރުގެ މި ފިލްމުގައި ހިމަނާފައި ހުރީ ޓުއާގެ ޕާފޯމަންސްތަކެވެ. މި ފިލްމުގައި ކޮންސަޓްގެ ސީންތަކާއި ޓޭލާގެ އެކި ކްލޯޒަޕްތަކާއި ސަޅި ޝޮޓްތައް ހިމަނައި ސާޅީހެއްހާ ލަވަ ހިމަނާފައި ވާއިރު, ފިލްމު އެޅުވި ހުރިހާ ތިއޭޓަރެއްގައި ގުގުމާފައި ހުރީ ފޭނުންގެ އަޑެވެ.
ފިލްމަށް ދިޔަ އެންމެން ވެސް ބުނަނީ މި ފިލްމަކީ ހަމަ ކޮންސަޓް އެކްސްޕީރިއަންސެއް ކަމަށެވެ.
މި ފިލްމު ވަނީ ރާއްޖޭގެ ޝްވެކް ސިނަމާގައި ވެސް ރިލީޒްކޮށް އަޅުވައިފަ އެވެ. ހައުސްފުލްކޮށް ކުރިއަށް ދިޔަ ފުރަތަމަ ޝޯގެ ބައެއް ޓިކްޓޮކްތަކުން ވެސް މި މޫވީއަށް އޮތް ސަޕޯޓާއި ޓެއިލާއަށް އޮތް ލޯބި ފެނެ އެވެ.
މި މޫވީގައި ޓޭލާގެ އެކި އީރާތަކުގެ އެންމެ ސަޅި ހިޓްތައް ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރު ޓިކްޓޮކްގައި އެންމެ ޓްރެންޑިން "ކްރޫލް ސަމާ" އާއި "ލަވް ސްޓޯރީ" ހިމެނެ އެވެ. އަދި "ޝޭކް އިޓް އޮފް", "ޔޫ ބިލޯންގް ވިތް މީ", ލުކް ވަޓް ޔޫ މޭޑް މީ ޑޫ", "އައި ނިއު ޔޫ ވާ ޓްރަބަލް" އާއި "އޯލް ޓޫ ވެލް"ގެ 10 މިނެޓް ވާޝަން ވެސް ހިމެނެ އެވެ.
ރައްޓެހިން ގޮވައިގެން އަޑުގެ ކޮޅަށް ޓެއިލާގެ ލަވަ ކިޔައި, ޓިކްޓޮކްސް ހަދަން މި ފިލްމަކީ ރާއްޖޭގެ ސުވިފްޓީޒްއަށް ލިބޭނެ ސަޅި ޗާންސެކެވެ.