13 Feb 2018

އަޝްރާގެ ހޭޓާސް އަށް، ލޯތްބާއެކު!

އަޝްރާ ބުނަނީ އޭނާ ދެކެ ރުޅި އަންނަ، ފާޑުކިޔާ ބަޔަކު ނުތިބޭނެ ކަމަށެވެ. އެހެންވެ މިފަހަރު، ވަރަށް ލޯތްބާއެކުގަ އެވެ.

By: Ahmed Nadym

ހައްވާ އަޝްރާ އަކީ ލަވައިގެ ދުނިޔެއަށް އަދި މުނިފޫހިފިލުވުމުގެ ދާއިރާގައި އާ މޫނެއް ނޫނެވެ. އެއް އިރެއްގައި ހެދުން އެޅި ގޮތަކުން ނުވަތަ "އެ ހަނދާނަކަށް" ހެދުން އެޅިގޮތަކުން އެ ގޯހާއެކު އެތައް ބައެއްގެ ހަނދާނުގައި އަޝްރާގެ ވާހަކަ ހަރުލީ އެވެ. އެކަމަކު ލަލަލާއެވެ. ވަކިން ހާއްސަކޮށް ފާޑުކިޔުންތެރިންނަށް "ލަލަލާ" އެވެ. އެ މަޝްހޫރު ލަވައިގެ ތަފާތު ހުށަހެޅުމަށް ފަހު ބަޔަކު އޭނާ އަށް ފާޑުކިޔުން އަމާޒުކުރިޔަސް ލަވަކިޔުންތެރިއެއްގެ ގޮތުގައި އަޝްރާ އެންމެ އުހަށް އަރައިގެން ދިޔައީ އެވެ.

މި ހަފުތާގެ "ލޯތްބާއެކު" ސެގްމަންޓްގައި އަޝްރާ ބުނަނީ އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށެވެ. އަދި އެންމެ ބޮޑަށް ފާޑުކިޔާ މީހުންނާ ވެސް އޭނާ ކުރަނީ ހިނިތުންވުމުގެ ސަލާމެކެވެ.

Popular