8 Mar 2018

ނިޝްފާ: އައިޑަލް އިން ކެޓިޔަސް ޔަގީންކަމުގައި

މިދިޔަ އަހަރުވެސް، މި އަހަރު ވެސް މޯލްޑިވިއަން އައިޑަލްގައި ބައިވެރިވި އެވެ. ދެ ފަހަރު ވެސް ކެޓީ އެވެ. އެކަމަކު ނިޝްފާ ބުނަނީ ނުގެއްލޭނެ ކަމަށެވެ.

މިދިޔަ އަހަރުވެސް، މި އަހަރު ވެސް މޯލްޑިވިއަން އައިޑަލްގައި ބައިވެރިވި އެވެ. ދެ ފަހަރު ވެސް ކެޓީ އެވެ. އެކަމަކު ނިޝްފާ ބުނަނީ ނުގެއްލޭނެ ކަމަށެވެ.

By: Nurah Rasheed

މި އަހަރުގެ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ހައެއް ކަށަވަރުވެފައި ވާއިރު މިއީ މިހާތަނަށް އެންމެ ހިތްވަރު ގަދަ އަދި އުއްމީދީ ލަވަކިޔުންތެރިން ފެނުނު ފަހަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މިދިޔަ ހަފުތާގައި ޝޯއިން ކެޓި ނިޝްފާ މުސްތޮފާ މި ލިސްޓުގައި ހިމަނަން ޖެހެ އެވެ.

ނިޝްފާ. ފޮޓޯ: ނަޝާހް

އުމުރުން އެންމެ 17 އަހަރެވެ. އެކަމަކު ލަވަ ކިޔުމުގެ ސްޓައިލް ހުންނަނީ އެންމެ ކުރީގެ އިންޑިއާ ލަވަކިޔުންތެރިންގެ ހުންނަ ކަހަލަ ގޮތަކަށެވެ. ޝޯގައި ބައިވެރިވެވޭ އެންމެ ހަގު އުމުރުގައި، މިދިޔަ އަހަރު ޝޯގައި ބައިވެރިވެ އޭނާ ތިއޭޓާ ރައުންޑްގައި ހުށަހަޅައިިދިން ސޯލޯ ޕާފޯމަންސާ އެކު ކެޓީ އެވެ. މި އަހަރުގެ އައިޑަލްގައި ކެޓީ ޕިއާނޯ ރައުންޑުންނެވެ. އެކަމަކު މިއީ ނިޝްފާގެ ހުވަފެންތަކުގެ ނިމުން ނޫންކަން އޭނާ ވަރަށް ރަނގަޅަށް ޔަގީން ކޮށްދިނެވެ.

"އެންމެ ފުރަތަމަ ފަަހަރު ކަޓައިގެން ދިޔައީމަ ވެސް ވަރަށް ގިނަ މީހުންގެ ސަޕޯޓު ލިބުނު. އޭގެ ފަހުން ސްޓޫޑިއޯތަކަށް ގޮސް އަޅުގަނޑު މީހުން ކައިރީ އަހައިގެން އަމިއްލަޔަށް، ނޭނގޭ ކަންތައްތައް ދަސްކުރިން. ފޭން ބޭސް ވެސް ވަރަށް ވަރުގަދަ. އެހެންވެ މި ސީޒަންގަ ބައިވެރިވީ،" ނިޝްފާ ކިޔައިދިނެވެ.

މި ސީޒަންގައި އޭނާ ކަޓައިގެން ދިޔައީ ކީއްވެގެންތޯ އެހުމުން ބުނީ އެއީ އޭނައަށް ނެގުނު ލަވައެއްގެ ސަބަބުން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެއީ ލަަވަ ނުކިޔިގެން ދިމާވި ގޮތެއް ކަމަކަށް އޭނާ ނުދެކެ އެވެ.

"އެ ލަވަ އަކީ ވަރަށް ފޭވަރިޓް ލަވައެއް. އަޅުގަނޑު ބޮޑަށް ކިޔާ ހިތް ވެސް ވަނީ ހިންދީ ރާގުތަކުގެ ހިތާމަވެރި މަޑުމައިތިރި ލަވަތައް. ރޮކް އެއްޗެހި އެހާ ކަމަކު ނުދޭ. އެހާ ފީލް އެއް ނުހުރޭ. މީހުނަށް ވެސް ކަމުދަނީ މިކަހަލަ ކްލެސިކް ލަވަތައް ކަންނޭނގެ،" ނިޝްފާ ބުންޏެވެ.

Congratulations Nishfa All the way to the #TOP16 #MaldivianIdol

A post shared by MALDIVIAN IDOL (@maldivian_idol) on

މި ދާއިރާއިން ކުރިއަށް ދާން ނިޝްފާ ދެކެެމުން އަންނަ ހުވަފެންތައް ވަރަށް ގިނަ އެވެ. ރިސޯޓު މިއުޒިކާއި އެކި ތަންތާ ކުޅެން ލިބޭ ގިގްސްތަކުން ނިޝްފާ ފެންނާނެކަމުގެ ޔަގީންކަން ދިނެވެ.

ޖަޖުންގެ ފެނަލްގައި ކުޅަދާނަ ހަތަރު މިއުޒިޝަނުން ތިބި އިރު އޭނާގެ ފޭވަރިޓަކީ އައްފާނެވެ. އައްފާންގެ ލަވަކިއުމުގެ ސްޓައިލާއި ނިޝްފާގެ ލަވަކިއުމުގެ ސްޓައިލް ތަފާތު ނަމަވެސް އެތަނުން މީހަކާ އެކީ ލަވައެއް ކިޔާލަން ފުރުސަތު ލިބިއްޖެ ނަމަ ނިޝްފާ ބޭނުމީ އައްފާނާ އެކީ ލަވައެއް ކިޔާށެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމުތަކަށް ލަވަކިއަން ޝައުގުވެެރިކަން ހުރިކަން ފާހަގަކޮށްފައިވެ އެވެ. އަދި ތޭރަވާގެ ލަވަ ކިއުމުގެ ސްޓައިލަކީ ނިޝްފާއަށް އެންމެ ކަމުދާ ސްޓައިލެވެ. ޕާފޯމް ކޮށްލަން އެންމެ ބޭނުމީ ޑިޓިއުން ބޭންޑާއެކީގަ އެވެ.

ނިޝްފާގެ ޝުކުރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މޯލްޑިވިއަން އައިޑަލްގެ ބޭންޑަށް ހާއްސަ އެވެ.

މޯލްޑިވިއަން އައިޑޮލް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular