21 Apr 2018

މިރޭ ވަކިވެގެން ދަނީ ... ބްރޭކަށް ފަހު!

ޝޯއިން ވަކިވާ ބައިވެރިން އިއުލާނުކުރުމުގައި މޫސާ ވަސީމް މި ހަދާ ގޮތެއް ދޯ އެވެ. އެވަރަށް ހިތްތަޅުވަން ވާނެހެއްޔެވެ؟

ޝޯއިން ވަކިވާ ބައިވެރިން އިއުލާނުކުރުމުގައި މޫސާ ވަސީމް މި ހަދާ ގޮތެއް ދޯ އެވެ. އެވަރަށް ހިތްތަޅުވަން ވާނެހެއްޔެވެ؟

މޫސާ ވަސީމަކީ ރާއްޖޭގެ އެންމެ ފުރަތަމަ ފްރެންޗައިޒް ޓީވީ ޝޯގެ ޕްރެޒެންޓަރަށް ވުމުގެ ކުރިން ވެސް ގިނަ ޕްރޮގްރާމްތަކެއް ހުށަހަޅައިދީ އެތައް ބައެއްގެ ހިތް އަތުލާފައިވާ ހުނަރުވެރިއެވެ. އެކަމަކު މޯލްޑިވިއަން އައިޑަލްގެ ހުށަހެޅުންތަކާއި އެ ޝޯގައި ދައްކާ އެލައިޑް އިންޝުއަރެންސްގެ އިސްތިހާރުތަކުން މޫސަގެ ވިދުން އިތުރަށް ގަދަވި އެވެ.

މޫސަ މި ވާހަކަ އަޑުއަހާށެވެ. ޝޯ ހުށަހަޅައިދޭއިރު، މީހުންގެ ހިތް ތަޅުވަން ވާހަކަ ދިގުދަންމާ ގޮތުން އެއްބަޔަކު އެ އުޅެނީ އެ ވަގުތުކޮޅު ނޭވާ ނުލަ އެވެ. އަނެއް ބަޔަކު އަންނަނީ ރުޅި އެވެ. އެކަމަކު ޓީވީ ދޮށުގައި މީހުން ބައިތިއްބަން ތިޔަ ކުރާ މަސައްކަތުގައި ކޮންމެ ނަތީޖާއެއް ނިކުތަސް އެއީ މޫސަގެ މާބޮޑު ބާރެއް އޮތްކަމެއް ނޫންކަން ވެސް އެނގެ އެވެ.

ކޮންމެ އެލިމިނޭޝަން އެޕިސޯޑެއް އޮންނަ ރެޔަކު ބެލުންތެރިން ތިބެނީ ކެތްމަދު ވެފަ އެވެ. ކަޓާނީ އަދި ސަލާމަތްވާނީ ކޮން ބައިވެރިންނެއްތޯ ބަލަން ޓީވީ ދޮށުގައި އެހާ ގިނައިރު ތިބޭކަށް ބޭނުމެއް ނުވެ އެވެ. ބައެއް ބެލުންތެރިންނަށް، އެ ވަގުތު މޫސަ ކޮށްލާ ކަމަކުން ހިތުގެ ތެޅުން އަވަސްވެ އެވެ. އައިޑޮލްއާ ގުޅުވައިގެން ޓްވިޓާގައި ނަގާ ފޯރީގައި ވެސް މޫސަގެ މި ސަކަރާތާ ބެހެ އެވެ.

ހަގީގަތުގައި މި ހުރިހާ ކަމަކާ އެކު އިތުރުވަނީ މޫސަގެ މަގުބޫލުކަމެވެ. އެއްބަޔަކު ބުނަނީ އެލިމިނޭޝަން ރައުންޑުގައި މޫސަ ގެނެސްދޭ ސަސްޕެންސް ވަރުގަދައީ އޭނާ ވާހަކަ ދައްކާ ގޮތާއި އަޑު ވެސް ގެންގުޅޭ ގޮތުންނެވެ. އެ ވަގުތުކޮޅު އޭނަޔަށް ސްޕޮޓްލައިޓް ދީފަ މުޅިތަން އަނދިރިކޮށްލައި، އައިޑޮލްގެ ބައިވެރިން ނުފެނުނަސް ޝޯއަށް ފަޅުކަމެއް ނައިސް، އިތުރަށް ފުރިހަމަ ވެސް ވެދާނެ އެވެ.

މޯލްޑިވިއަން އައިޑޮލް މޫސާ ވަސީމް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular