19 Apr 2018

އައިޑޮލް އިން އަލުން ފުރުސަތު ދޭންވީ ކާކަށް؟

އައިޑޮލް އިން އަލުން ފުރުސަތު ދޭންވީ ކާކަށް؟

By: Aishath Maaha

މޯލްޑިވިއަން އައިޑޮލް އިން ވަކިވާން ޖެހެނީ ޖަޖުންގެ މާކްސް އާއި ބެލުންތެރިންގެ އެސްއެމްއެސް އެންމެ މަދުން ލިބޭ ބައިވެރި އެކެވެ. މި ގޮތަށް ބައިވެރިން ކަޓަމުން ގޮސް މިހާރު މިވަނީ ގަދަ ހައެއް ހޮވައިފަ އެވެ. މި ހަފުތާ ބަންދުގައި އޮންނަ ޝޯ އަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ސީިޒަން ތިނެއްގެ ގަދަ ފަހެއް ޔަގީންވާނެ އެވެ.

ގަދަ ފަހަކުން ޖާގަ ހޯދަން ބައިވެރިން ބުރަކޮށް މަސައްކަތް ކުރަމުން އަންނަ އިރު ގަދަ 10 އިން ވަކިވި ބައެއް ބައިވެރިން ޖަޖުންނަށް ލިބޭ "ވައިލްޑް ކާޑު"ގެ ބާރުން އަނބުރާ ގެނައުމަށް ފޭނުން އަންނަނީ ހިޔާލު ފާޅު ކުރަމުންނެވެ.

ކަޓައިގެން ދިޔަ ބައެއް ބައިވެރިންނަށް މުބާރާތުން އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށް އަންނަނީ ބުނަމުންނެވެ. އަދި އެ ބައިވެރިން އިތުރު ފުރުސަތެއް ލިބިއްޖެނަމަ މުބާރާތުގައި އެއަށްވުރެ ކުރިއަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް، މި ހިޔާލު ފާޅުކުރާ މީހުން ބުނެ އެވެ.

އައިޑޮލްގެ ތިން ވަނަ ސީޒަަންގެ ގަދަ 12 ގައި ހިމެނިފައިވާ ބައިވެރިންނަކީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު، ތަސްލީމް އަބްދުލް ކަރީމް، އިބްރާހިމް ޝަމީލް، ނައުޝާދު އަބްދުލް ލަތީފް، ހަސަން ޝަހުދާން، އަބްދުﷲ މުނާޒް، މަރިޔަމް މައީޝާ، އަބްދުﷲ މުރުޝިދް، އައިޝަތު އަޒަލް، ޝާން ޝަރީފް، މަރިޔަމް ސަލްވާ އަދި ރައިހާން އާދަމް އެވެ. އޭގެ ތެރެއިން މިހާރު ތިބީ ސައިނާ، ތަސްލީމް، ނައުޝާދު، ޝަހުދާން، މައީޝާ އަދި އަޒަލް އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގަދަ 12 ބައިވެރިންގެ ތެރޭގައި ހިމެނި އަދި މިހާތަނަށް މުބާރާތާ ވަކިވެފައިވާ ޝަމީލް، މުނާޒް، މުރުޝިދު، ޝާން، ސަލްވާ އަދި ރައިހާންގެ ތެރެއިން މުބާރާތަށް އަނބުރާ ގެންނަން ބޭނުންވަނީ ކޮން ބައިވެރިއެއް ހެއްޔެވެ؟

މޯލްޑިވިއަން އައިޑޮލް މޯލްޑިވިއަން އައިޑޮލް ސީޒަން 3

Popular