20 Jul 2018

ދޯ ސްޓޫޑިއޯ: ދިންބެ އާއި ޝަމްބެގެ ހިތްގައިމުކަމެއް

By: Ahmed Nadym

ދިވެހި މިއުޒިކުގައި "ރުކުމާ" މޯޅިނުވާނެކަން ސާބިތުކޮށްދިން އެ އާއިލާގެ ޒުވާން ޖޯޝަކީ 22 އަހަރުގެ ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓް ސާދިން މުހައްމަދެވެ. ދިންބެގެ ނަމުން ސްޓޭޖާއި ސްޓޭޖުން ބޭރުގައި މަޝްހޫރުވެފައިވާ މި އާޓިސްޓަކީ، އޭނާގެ ބައްޕަ، ރުކުމާ އައްޔަ އާއި މުޅި ދިވެހި މިއުޒިކް އިންޑަސްޓްރީ ވެސް ފަހުރުވެރިކޮށްދެވޭ ފެންވަރުގެ ހުނަރުވެރިކަމެކެވެ.

ދިންބެއާ އެކު މި ޝޯގައި ދެން ބައިވެރިވާ އާޓިސްޓަކީ ވެސް އަޖާއިބެއް ކަހަލަ ހުނަރުވެރިއެކެވެ. އަހުމަދު ޝަމާމް ޝަރީފް ނުވަތަ އެކުވެރި ނަމުން ނަމަ، ޝަމްބެ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ޕާކަޝަނިސްޓެވެ. ބޮޑުބެރުގެ ބޮޑު އާއިލާއަކުން ދަރިވަރުވެ ތަރުބިއްޔަތުވެގެން މިއުޒިކްގެ ދުނިޔެ އަށް ނުކުތް ޝަމްބެގެ މި ހުނަރުވެރިކަން ދިންބެ އަށް ތައާރަފްވި ހިސާބަކީ އެމީހުންގެ ކުޑަކުޑަ ބޭންޑް "ލިއޯވިލް" އާ ހަރުފަތަކަށް އަރައިގެންދިޔަ ހިސާބެވެ. ޝަމްބެގެ ހުނަރުވެރިކަމަށް ތައުރީފު އޮއްސަމުން ދިންބެ ބުނީ މިހެންނެވެ.

ދިންބެގެ އިންޓްރޯ
ޝަމްބެގެ އިންޓްރޯ

ކުޅަދާނަ، ޒުވާން މި ދެ އާޓިސްޓުންނާއެކު އަހަރެމެން މި ފަށަނީ "ދޯ ސްޓޫޑިއޯ" އެވެ. މިފަހަރު މި އޮތީ "ލިއޯވިލް" ގެ އޮރިޖިނަލް ފަސް ލަވަ އެވެ.

Popular