12 Aug 2018

ޝަލަބީގެ މި ފަސް ލަވަ އަހައި ފޫހިނުވާނެ

By: Ahmed Nadym

ކޮންމެ ހުކުރު ދުވަހަކު ގެނެސްދެމުން އައި "ދޯ ސްޓޫޑިއޯ" މި ބަދަލުކޮށްލަނީ ހަފުތާގެ ފެށުމަކަށެވެ. މި އާ ފެށުމަށް އިތުރު ހިތްގައިމު ކަމެއް ގެނެސްދެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއި އޭނާގެ ބޭންޑެވެ. މިފަހަރު ވެސް ފަސް ލަވައެވެ. މީގެ ކުރިން އަޑުއިވިފައިނުވާ ފެންވަރުގައި ޝަލަބީ ހުށަހަޅައިދީފައިވާ ދެ ކަވާ ލަވަ އާއި އަމިއްލަ ރާގުގެ ތިން ލަވަ އެވެ. އޭގެ ތެރެއިން ވެސް ޝަލަބީ ބުނަނީ ފަހު ލަވަ ވަރަށް ވެސް ހާއްސަ ކަމަށެވެ.

މި ޝޯ ޝޫޓްކޮށް އެޑިޓްކޮށްފައި ވަނީ އަބްދުﷲ އައުރަފް އާއި އަފްޝީން ނަސީރެވެ. ލަވަތައް ރިކޯޑްކޮށް މިކްސިން ހަދައިދީފައި ވަނީ މުނާޒު ޒުބައިރެވެ. ޝޯގެ ސެޓް ތައްޔާރުކޮށްދީފައި ވަނީ މަސްރަހް އެވެ.

Popular