23 Jan 2019

ރާޅު ބޯއީގެ ޕްލޭލިސްޓުން އެންމެ ސަޅި ފަހެއް

މިއީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި އަހްމަދު ނަޒީހުގެ ޕްލޭލިސްޓުން އޭނާގެ އަމިއްލަ ފޭވަރިޓް ހޮވުންތައް

މިއީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި އަހްމަދު ނަޒީހުގެ ޕްލޭލިސްޓުން އޭނާގެ އަމިއްލަ ފޭވަރިޓް ހޮވުންތައް

By: Ifraz Ali

ރާޅު ބޯއީގެ ވަރުގަދަ އަޑު ފަނޑުވުމެއް ނެތި އިވެމުންދެ އެވެ. އޭނާގެ ފުރަތަމަ އަމިއްލަ އަލްބަމްގެ ދެ ލަވައެއް މިހާތަނަށް އަޑު އިވިއްޖެ އެވެ. "ރާޅޭ" އާއި "އަނެއްބައްޕަ" އެވެ. މި ދެ ލަވަ ވެސް މިއީ މިހާރު ގިނަ ބައެއްގެ އެންމެ ފޭވަރިޓްސް އެވެ.

އެހެންވީމަ މިފަހަރު، މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަނުން ވިދާލި އަހްމަދު ނަޒީހުގެ ޕްލޭލިސްޓުން އޭނާގެ އަމިއްލަ ފޭވަރިޓް ހޮވުންތަކަށް ބަލާލަމާ ހެއްޔެވެ. އޭނާގެ ޕްލޭލިސްޓުގައި ރަސްކަން ކުރަނީ ދިވެހި ލެޖެންޑްރީ މިއުޒިކު ބޭންޑް ޒީރޯ ޑިގްރީ އެޓޯލް އާއި ބްރިޓިޝް ރޮކް ބޭންޑް ކޯލްޑްޕްލޭގެ ލަވަތަކެވެ.

ފިކްސް ޔޫ - ކޯލްޑްޕްލޭ

ކޯލްޑްޕްލޭގެ "ފިކްސް ޔޫ" --

ކޯލްޑްޕްލޭއިން އެމީހުން ތިން ވަނަ ސްޓޫޑިއޯ އަލްބަމަށް ތައްޔާރުކޮށް، 2005 ވަނަ އަހަރު ގެނެސްދިން މި ލަވައަކީ ނަޒީހުގެ ފުރަތަމަ ހޮވުމެވެ.

"ފިކްސް ޔޫގެ ލިރިކްސްއަކީ މޫޑް ރަނގަޅުކޮށްލާ ހިތްހަމަޖެހުން ގެނެސްދޭ ލަވައެއް. އަދި އެހާ ފަސޭހައިން ގިވްއަޕް ނުކުރަން ހިތްވަރު މި ލަވައިން ލިބި މޮޓިވޭޓްވޭ."

ޓޭކް މީ ޓު ޗާޗް / ވޯކް ސޯންގް - ހޯޒިއާ

މި ދެ ލަވައަކީ އައިރިޝް މިއުޒީޝަނެއް ކަމުގައިވާ ހޯޒިއާގެ ލަވަތަކެވެ. "ޓޭކް މީ ޓު ޗާޗް" އަކީ ހޯޒިއާގެ ފުރަތަމަ ލަވަ އެވެ.

ހޯޒިއާގެ "ވޯކް ސޯންގް" --

"މި ދެ ލަވައިގެ ލިރިކްސްގައި ވަރަށް މާނަ ފުން ލޯބީގެ ވާހަކަތަކެއް ކިޔައިދޭ. މީގެ ލިރިކްސް އާއި މެލޮޑީ އެހާ ރީތި. ކޮންމެ މިއުޒީޝަނަކު ވެސް ހީވޭ އިންސްޕަޔާ ވާނެހެން."

އައިލެންޑް ޕަލްސް - ޒީރޯ ޑިގްރީގެ އަލްބަމް

ޒީރޯ ޑިގްރީގެ "އެންވަގު"

ޒީރޯ ޑިގްރީގެ އަލްބަމް "އައިލެންޑް ޕަލްސް" ގެ ހުރިހާ ލަވަތަކެއް ވެސް ނަޒީހުގެ ޕްލޭލިސްޓުގައި އެބަ އޮތެވެ. ނަޒީހު ބުނީ މި ލަވަތަކުގައި މާނަ މާ ފުންމުވާއެކު ސީދާ އެ ބުނާ އެއްޗެއް ދޭހަ ނުވިނަމަވެސް މި ލަވަތަކުގެ މެލޮޑީއަކީ އޭނާ އަޑުއެހި އެންމެ ބެސްޓް މެލޮޑީސް އެވެ.

ޒީރޯ ޑިގްރީގެ "ކަޅުސޮރު" --

ހިމް ފޯ ދި ވީކެންޑް - ކޯލްޑްޕްލޭ

ކޯލްޑްޕްލޭގެ "ހިމް ފޯ ދި ވީކެންޑް" --

ނަޒީހު ބުނީ މި ލަވަ ޖަހަން އެންމެ ސަޅީ ރައްޓެހިންނާއެކު ހޭންގްއައުޓް ކުރާ ވަގުތުތަކުގަ އެވެ.

މޯލްޑިވިއަން އައިޑޮލް

Popular