10 Dec 2019

By: Aishath Maaha

އުރީދޫ ކަލާ ރަން އާއި ދިރާގު ރޯޑް ރޭސްގެ ފޯރިގަނޑު އިތުރުކޮށްލާ އެއް ބަޔަކީ ޑީޖޭ އިންނެވެ. ރޯޑް ރޭހާއި ކަލާ ރަން އިން މި ފަހުން ފެނުނު އެންމެ ކުޅަދާނަ އެއް ޑީޖޭ އަކީ ޒުވާން ޑީޖޭ ޔޫސުފް ޝަދީދް (ދީދު) އެވެ. ގިނަ ބަޔަކަށް ދީދު އެނގެނީ ވެސް ކަލާ ރަންތަކުންނެވެ.

މާލޭގައި ކުރިއަރަމުން އަންނަ އެންމެ މޮޅެތި ޑީޖޭއިންގެ ތެރޭގައި ދީދު ހިމެނޭނެ އެވެ. ޕާޓީތަކާއި، އިވެންޓުތަކާއި، ހިތާނީ ޝޯތަކުގައި ދީދު ފެންނަލެއް ގިނަ އެވެ. ޑީޖޭއެއްގެ ގޮތުގައި ކުރިއަށް ދާން މިހާރު އަޒުުމް ކަނޑައަޅައިގެން ހުރި ނަމަވެސް މިއީ އެންމެ ކުޑައިރުން ފެށިގެން ކުރިއަށް ދާން ބޭނުންވެގެން އުޅުނު ދާއިރާއެއް ނޫނެވެ.

"ދީދު އެންމެ ބޮޑު އިންސްޕަޔާ ވަނީ ޓު ސީ ޕީޕަލް ޑާންސް ޓު މައި މިއުޒިކް، އެއީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް. ކޯޒް ޔު ނޯ ޔޫއާ ޑުއިން ސަމްތިން ރައިޓް، ދެން މީހެއް ވައިޒް ބުނަންޏާ ޑީޖޭ ޓްރެއިން ޓްރަމްޕެޓް، އެއީ އިންޓަނޭޝަނަލް ޑީޖޭއެއް، އޭނަ އުޅޭގޮތް ވަރަށް ބޮޑަށް އިންފްލުއެންސް ކުރޭ،" އޭނާ ކުޅޭ މިއުޒިކް ދީދު އާ ވަރަށް ގުޅޭ ކަމަށް ބުންޏެވެ.

ދީދު: މާލޭގައި ބޮޑެތި ޝޯތަކުގައި ދީދު މަގުބޫލު. -- ފޮޓޯ: މަސްރަހް

ޑީޖޭ މިއުޒިކަށް ދީދުގެ ހިތް ބޮޑަށް ދޫވީ، އިންޑިއާގައި ސާނަވީ ތައުލީމު ހާސިލްކުރަމުން ދިޔަ ދުވަސްވަރު ދެވުނު ކޮންސެޓަކުންނެވެ. ޔޫޓިއުބް ބަލައިގެންނާއި އެހެނިހެން އަމިއްލަ ގޮތްގޮތުން ދަސްކޮށްގެން ކުޅުނު ނަމަވެސް ކެރިއާއެއްގެ ގޮތުގައި މިކަން ކުރާކަށް ދީދު އަދި ވިސްނާފައެއް ނެތެވެ.

"ފެއްޓިއިރު ވެސް ހިތަކަށް ނާރާ ޕްރޮފެޝަންއެއްގެ ގޮތުގައި މިކަން ކުރާނަމޭއެއް. މިތާގައި ކުރެވޭނެ ކަމަކަށް ވެސް ހިއެއް ނުކުރަން، އެކަމަކު އެމްބިޝަންއެއްގެ ގޮތުގައި ނީންނާނެ ވަކި އެއްޗެއް ނުވަތަ މީހަކަށޭ ވާނީ އޭރު ވިސްނާފައެއް،"

View this post on Instagram

A post shared by Yoosuf Shadheedh (@dheedhu) on

ކިޔަވައި ނިންމާފައި މާލެ އައިސް ވެސް ޑީޖޭއެއްގެ ގޮތުގައި މިއުޒިކް ކުޅެން ނޫޅެ ޓޫރިޒަމް ދާއިރާއިން ވަޒީފާއެއް ހޯދައިގެން އުޅުނީ އެ ދާއިރާއެއްގަ އެވެ. އަހަރެއްހާ ދުވަހު އެ ވަޒީފާގައި އުޅުމަށްފަހު މިދިޔަ އަހަރު ހޮސްޕިޓަލިޓީ މެނޭޖްމަންޓުން ޑިޕްލޮމާއެއް ހާސިލްކުރީ ސިންގަޕޫރުންނެވެ. އެ ދުވަސްވަރު މަހެއްހާ ދުވަސް ވަންދެން މިއުޒިކް ކިޔެވި އެވެ.

"އެކަމް އެއީ މިއުޒިކްގެ ބޭސިކް ހަމައެކަނި. ސައިޑަކުން ކިޔަވާލި އެއްޗެއް އެއީ،" ކިޔަވާ ނިންމާފައި މާލެ އައިސް މަދުމަދުން ގިގްތައް ނަގައިގެން މާލެ ތެރޭގައި ޝޯތައް ދިނެވެ.

ހޮސްޕިޓަލިޓީ ދާއިރާއިން ޑިޕްލޮމާއެއް ހޯދިއިރު ދީދުގެ މިއުޒިކް ކެރިއަރު އޮތީ ގާތްގަނޑަކަށް ފެށިފަ އެވެ. ގިނަ ބަޔަކަށް ދީދު ތައާރަފުވީ، 2017 ވަނަ އަހަރުގެ ކަލާ ރަން އިންނެވެ. އޭރު އާއިލާއިން މާބޮޑު ސަޕޯޓެއް ނުލިބުނަސް މިހާރު ދީދުއަށް އެންމެ ސަޕޯޓްކުރާ އެއް ބަޔަކީ އެއީ އެވެ.

ދީދު: ރިސޯޓަށް ދާން ޝައުގުވެރިކަމެއް ނެތް. -- ފޮޓޯ: މަސްރަހް

"އެ ޗާންސް ލިބުނީ ދީދުގެ ވަރަށް ގާތް ފްރެންޑެއް އުޅޭނެ އުރީދޫގައި އޭރު، ކަލާ ރަން ވެސް ފައްޓައިގެން ވައިގައި ހިފަން ފެށި ދުވަސްވަރު، އޭނަ ބުނީ ކުޅެލަން ވީ ނޫންހޯ އޭރު، އެފަހަރު ދެން ކުޅެލައިގެން ފުދޭވަރަކަށް ސަކްސެސްފުލްކޮށް ދިޔަ އިވެންޓެއް އެއީ، ދެޓްސް ހައު ދިޒް ސްޓާޓެޑް އޮފިޝަލީ،"

ޑީޖޭ އާޓިސްޓެއްގެ ގޮތުގައި ކުރިއަށް ދާން ނިންމި ނަމަވެސް ރިސޯޓްތަކަށް ގޮސް މިއުޒިކް ކުޅެން ދީދު ބޭނުމެއް ނޫނެވެ. އެއީ އާމްދަނީއެއް ހޯދުމަށް ވުރެ ބޮޑަށް ކުރާހިތުން އެކަން ކުރާތީ ކަމަށް ދީދު ބުންޏެވެ. ނިއު އިޔާ ޝޯތަކަށް ނޫނީ ދީދު ރިސޯޓަކަށް ނުދެ އެވެ.

"މިއީ ރާއްޖޭގައި ވަރަށް ވަރުގަދަ، ވަރަށް ކޮމްޕެޓެޓިވް ފީލްޑެއް މިއީ، ވަރަށް ބައިވަރު އޮބްސްޓެކްލްސް އެބަހުރި، އެކަމަކު ވަރަށް އުފާވޭ ރާއްޖޭގައި އުޅޭ ބިގް ނޭމްސްގެ ސަޕޯޓް ލިބޭތީ، ޑީޖޭ ޕައިޑޭ، ޑީޖޭ އިމްބް މިހެން ގޮސް ވަރަށް ގިނަ މީހުންގެ ސަޕޯޓް ލިބޭ، ފްރޭމްޑް އެމްވީ، ސްޓޭޖްކޯ، ގްރެވިޓީގެ ޑްރަމާ ސިނޫގެ ހެލްޕް ވަރަށް ބޮޑަށް ލިބުނު މިއަހަރުގެ އެންމެ ބޮޑެތި ޝޯތައް ހޯދުމުގައި،" ގިގްތައް ހޯދުމުގައި އެކުގައި އުޅޭ ރައްޓެހިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ދީދު ފާހަގަކުރި އެވެ.

View this post on Instagram

A post shared by Yoosuf Shadheedh (@dheedhu) on

ހަމައެކަނި މިއަހަރަށް ބެލި ނަމަވެސް ގިނަ އަދަދެއްގެ ގިގްތައް ދީދުއަށް ލިބުނެވެ. މިހާތަނަށް ދީދުއަށް ކުޅެވުނު އެންމެ ސަޅި ގިގަކީ މިދިޔަ އަހަރު ލާމު އަތޮޅުގައި ބޭއްވި "ފަރަހަކި" ޗެލެންޖް ރާޅު މުބާރާތެވެ.

"ދީދުގެ ސްޓައިލަކީ ބިގް ރޫމް، ކޮންސާޓް ސްޓައިލް މިއުޒިކް ހައި ޓެމްޕޯ ފާސްޓް ބީޓް ސްޓައިލް،"

މި ދާއިރާގައި ދީދުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޑީޖޭ މިއުޒިކް އެންމެ އެކަށީގެންވާ ވަރަކަށް މާލޭގައި ބަލައިނުގަތުމެވެ. މަޑުމަޑުން ފުރުސަތުތައް ފަހިވަމުން އަންނަ ކަމަށާއި އެކަށީގެންވާ އާމްދަނީއެއް ވެސް ލިބޭ ކަމަށް ދީދު ބުންޏެވެ.

ދީދު: މަޑުމަޑުން ޑީޖޭއިން އެޕްރިޝިއޭޓްކުރަން ފަށައިފި. -- ފޮޓޯ: ދީދު

މަޑުމަޑުން މިއުޒިކް ޝޯތައް އިތުރުވެ މިއުޒީޝަނުންގެ އަގުވަޒަން ކުރަން ކުރާކަން ފާހަގަކުރި އެވެ. އެކި ޖޯންރާތަކުގެ މިއުޒިކްތަކާއި މިއުޒީޝަނުންނާއެކު ބޮޑު ޝޯއެއް މާލޭގައި ކުޅުމަކީ ދީދުގެ އެންމެ ބޮޑު އެއް ހުވަފެނެވެ.

"ދީދު އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ ހަމައެކަނި ރާއްޖޭގައި އުޅޭ ޑީޖޭއަށް ފެސްޓިވަލް ޝޯއެއް. ހަމައެކަނި ޑީޖޭސް އަށް. އުޅޭނެ 40 ވަރަކަށް ޑީޖޭ އިން ރާއްޖޭގައި، ވަރަށް ބައިވަރު ޑީޖޭސްގެ އުންމީދެއް ކަންނޭނގެ އެއީ،" ކާމިޔާބީގެ ފަހަތުގައި ތިބި ރައްޓެހިންކަން ފާހަގަކޮށް ދީދު ނިންމާލި އެވެ.

އާޓިސްޓް

Popular