27 Jan 2020

By: Ifraz Ali

މިއީ ކޮންމެ އަހަރަކު މިއުޒިކީ ދުނިޔޭގައި އަންނަ އެންމެ ބޮޑު ދުވަހެވެ. އެމީހުންގެ އެންމެ ޝަރަފުވެރި މިއުޒިކް އެވޯޑު ކަމުގައިވާ ގްރޭމީ އެވޯޑްސްގެ، 62 ވަނަ އެވޯޑެވެ. -- އެކަމަކު މިފަހަރުގެ އެވޯޑް ހަފުލާގައި ކަންދިމާވީ ވަރަށް ހިތާމަވެރިކޮށެވެ. ބާސްކެޓްބޯޅައިގެ ލެޖެންޑެއް ކަމަށްވާ ކޯބީ ބްރަޔަންޓް މަރުވުމާ ގުޅިގެން އާޓިސްޓުން ވަނީ އެކަމުގެ ހިތާމަފާޅުކޮށް، ކޯބީއަށް ޓްރިބިއުޓެއް ވެސް ދީފަ އެވެ. ހަފުލާ ފެށުނީ ރެޕާ ލިޒޯ އާއި ގްރޭމީގެ ހޮސްޓް އެލީސިއާ ކީސް، ކޯބީ އަށް ދިން ޓްރިބިއުޓަކުންނެވެ. ކޯބީ މަރުވީ، ލޮސް އެންޖެލިސް ކައިރި އަށް ޕްރައިވެޓް ހެލިކޮޕްޓަރެއް ވެއްޓި، ދަތުރުކުރި ނުވަ މީހުން މަރުވި ހާދިސާގައި އިއްޔެ އެވެ.

ގްރެމީ އެވޯޑްސް 2020 ގެ ހޮސްޓް، އެލީޝާ ކީސް، ބާސްކެޓްބޯޅައިގެ ލެޖެންޑް ކޯބީ ބްރަޔަންޓް އަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އޭނާގެ ވާހަކަދައްކަން ސްޓޭޖް މަތީގައި ހުއްޓިގެން.-- ފޮޓޯ: އޭއެފްޕީ

މިފަހަރު އެންމެ ގިނަ ނޮމިނޭޝަންތައް ހޯދީ ލިޒޯ އެވެ. އެކަމަކު އެންމެ ޝަރަފުވެރި އެވޯޑްތައް ކާމިޔާބުކުރީ "އޯޝަން އައިސް" ކިޔާ ލަވައަކުން ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ޒުވާން ލަވަކިޔުންތެރިޔާ، ބިލީ އެއިލިޝް އެވެ. އެއީ ރެކޯޑް އޮފް ދި އިޔާގެ އެވޯޑާއި ސޯންގް އޮފް ދި އިޔާގެ އެވޯޑާއި އަދި އަލްބަމް އޮފް ދި އިޔާގެ އެވޯޑެވެ. އަދި ބެސްޓް ނިއު އާޓިސްޓްގެ އެވޯޑް ވެސް ކާމިޔާބުކުރީ ބިލީ އެވެ. އެންމެ 18 އަހަރުގެ ބިލީ އަކީ މި ހަތަރު އެވޯޑަށް، އެއް ފަހަރާ ނޮމިނޭޓުވެ، ކާމިޔާބު ވެސް ކުރި އެންމެ ޒުވާން ފަންނާނެވެ. މީގެ ކުރިން ކަންޓްރީ ރެޕް ލަވައެއް ކަމަށްވާ "އޯލްޑް ޓައުން ރޯޑް" އިން މަޝްހޫރުވި ރެޕާ، ލިލް ނާސް އެކްސް އަށް، ހަމަ އެ އުމުރުގައި ހަ ނޮމިނޭޝަނެއް ލިބުނެވެ. އެކަމަކު އެ ފަހަރު އޭނާ ގެއަށް ގެންދަން ލިބުނީ އެންމެ ދެ އެވޯޑެވެ.

ގްރެމީ އެވޯޑްސް 2020 ގައި ރެޕް ލަވަކިޔުންތެރިޔާ، ލިޒޯ ޕާފޯމްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެންމެ ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާގެ އެވޯޑް މިފަހަރު އުފުލައިލީ، "ބުލެޓް އެއިންޓް ގޮޓް ނޯ ނޭމް" ފަދަ މިކްސްޓޭޕްސްތަކުން މަޝްހޫރުވި، މިދިޔަ އަހަރު މަރާލި ރެޕާ، ނިޕްސީ ހަސުލް އެވެ. މިދިޔަ އަހަރުގެ ގްރެމީ އެވޯޑްގައި، ސަޕްރައިޒް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ، މިޝޭލް އޮބާމާ އެވެ. މިފަހަރުގެ އެވޯޑްގައި ބެސްޓް ސްޕޯކެން ވޯޑް އަލްމަބްގެ އެވޯޑް ވަނީ މިޝޭލް އަށް ލިބިވަޑައިގެންފަ އެވެ. އެއީ މީޝޭލްގެ މެމިއޯ "ބިކަމިން" އަށެވެ.

އެންމެ ފާހަގަކޮށްލެވުނު އެވޯޑްތައް

ރެކޯޑް އޮފް ދި އިޔާ

- ބޭޑް ގާއީ / ބިލީ އޭލިޝް

އަލްބަމް އޮފް ދި އިޔާ

- ވެން ވީ އޯލް ފޯލް އޭސްލީޕް، ވެއާ ޑޫ ވީ ގޯ؟ / ބިލީ އޭލިޝް

ބެސްޓް ނިއު އާޓިސްޓް

- ބިލީ އޭލިޝް

ބެސްޓް ރެޕް ޕާފޯމަންސް

- ހަޔާ / ޑީޖޭ ޚާލިދު ފީޗަރިން، ނިޕްސީ ހަސުލް، ޖޯން ލެޖެންޑް

ސޯންގް އޮފް ދި އިޔާ

- ބޭޑް ގާލް / ބިލީ އޭލިޝް

ބެސްޓް ރެޕް އަލްބަމް

- އިގޯ / ޓައިލާ، ދި ކްރީއޭޓާ

ބެސްޓް ކޮމެޑީ އަލްބަމް

- ސްޓިކް އެންޑް ސްޓޯން / ޑޭވް ޗެޕެލް

ބެސްޓް ކަންޓްރީ ޑުއޯ ޕާފޯމަންސް

- ސްޕީޗްލެސް / ޑޭން އަދި ޝޭ

ބެސްޓް ޕޮޕް ސޯލޯ

- ޓްރުތު ހާޓްސް / ލިޒޯ

މިއުޒިކް އެވޯޑްސް ގްރެމީ އެވޯޑްސް

Popular