16 Jan 2022

By: Ahmed Jaishan

ދާނިޔާ ވެސް ކުޑައިރު އާޓުގެ ތެރެއަށް ވަދެ އެކަމުގައި އުޅުނީ ހޮބީއަކަށް ހަދައިގެންނެވެ. އެކަމަކު އުމުރުން 19 އަހަރުގައި ދާނިޔާ އަހުމަދު ޝަރީފް ކުޑައިރުގެ ހޮބީގެ ތެރެއިން ވަނީ ވިޔަފާރިއެއް އުފަންކޮށްފަ އެވެ.

"މުތް – ދަ ލޭބަލް" ގެ ނަމުގައި ފެށި ވިޔަފާރި އަކީ އާޓް ބޭނުންކޮށްގެން މިދިޔަ އަހަރު އޭނާ ފެށި އަމިއްލަ ގަހަނާ ވިޔަފާރި އެވެ.

މި ވިޔަފާރީގެ އިންސްޕިރޭޝަން ވެސް ނަގާފައިވަނީ މޫދުންނެވެ. މި ކުންފުނީގެ ފުރަތަމަ ޕްރޮޑަކްޓުގެ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހު ނެރުނީ ކަންފަތުލާ އެއްޗެކެވެ.

"އިތާ މުތް ހިމެނޭ އިއަރިންގެއް މިއީ. މި ޑިޒައިން ކުރުމުގެ މަސައްކަތްކުރީ އަހަރެން،" ދާނިޔާ ކިޔައިދިނެވެ.

ދާނިޔާގެ ވިޔަފާރިއަކާ ހިސާބަށް ދިއުމުގެ ކުރިން، އާޓަށް އެހާ ބޮޑު ޝައުގުވެރިކަމެއް އުފެދުނު އެއް ސަބަބެއް ކަމަށް ބުނީ ބައްޕަގެ ފަރާތުން ލިބުނު ހިތްވަރެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

"އެންމެ ފުރަތަމަ ހަމަ ހޮބީއެއްގެ ގޮތުގައި ކުރުހައި އުޅުނީ. އެކަމު މިޑްލް ސްކޫލަށް ދިޔަ ފަހުން އާޓް އަށް އޮތް ޝައުގުވެރިކަން އިތުރުވީ،" އޭނާ ކިޔައިދިނެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

"ބައްޕައަށް އެއް ދުވަހު ފެނުނީ ކުރެހުންތައް. ދެން އާޓް ސްޓޯއަކަށް ގޮސް ބޭނުންވާ ތަކެތި ގަނެދިނީ. އާޓަށް ބޭނުންވާ ހުރިހާ އެއްޗެއް ގަނެދިނީ ބައްޕަ. މިހާ ހިސާބަށް އާދެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އާއިލާގެ ފަރާތުން ލިބުނު އެއްބާރުލުން،" ދާނިޔާގެ ހުނަރު ތަރައްގީވާން ފެށި ހިސާބަށް އޭނާ ދިޔަ އެވެ.

View this post on Instagram

A post shared by Muiy The Label (@muiythelabel)

ދާނިޔާގެ ކުންފުނީގެ ދަށުން ފުރަތަމަ ޕްރޮޑަކްޓް ރިލީޒްކޮށްފައިވާއިރު، ދެވަނަ ޕްރޮޑަކްޓެއް ނެރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ތަފާތު ޑިޒައިނަކާ އެކު އާ ޕްރޮޑަކްޓެއް މި އަހަރުގެ މެދު ތެރޭގައި ނެރޭނެ ކަމަށް ދާނިޔާ ބުންޏެވެ.

View this post on Instagram

A post shared by Muiy The Label (@muiythelabel)

ކުންފުނީގެ ބޭރުން ވެސް ދާނިޔާގެ ހުނަރުތައް ފެނެ އެވެ. އެކައްޗަކީ ރެޒިން ބޭނުންކޮށްގެން އޭނާ ހަދާ ކޯސްޓާ ތަކެވެ.

"ރެޒިން އާޓް މީޑިއަމް ބޭނުންކުރުމަށް ހަމަ ފުރުސަތު ލިބުނު ހިސާބުން މި ކޯސްޓާ ފެށުނީ. އަސްލު އުޅުނީ ރާއްޖޭގެ ކުދި ކުދި ޖަޒީރާތައް ދައްކައިދޭ ކަހަލަ އާޓެއް ތައްޔާރުކުރަން. އޭގެތެރެއިން ކޯސްޓާ އުފެދިގެން އައީ،" ދާނިޔާ ބުންޏެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

ކޯސްޓާތަކަށް ހިޔާލު ލިބުނީ ވެސް މޫދުންނެވެ. އަދި މޫދުގެ އިތުރުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތާއި މުރަކަތަކުން ވެސް އެ ކޯސްޓާ އުފެއްދުމަށް ދާނިޔާއަށް ހިޔާލު ލިބުނެވެ.

މި ކޯސްޓާ ތައްޔާރު ކުރުމަކީ ބުރަ މަސައްކަތެކެވެ. އަދި ރެޒިން ބޭނުންކޮށްގެން ކޯސްޓާ ތައްޔާރުކުރަން ދަސްކުރީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެންނެވެ. އަދި އަމިއްލަ މޯލްޑް ތައްޔާރުކުރާ ގޮތް ވެސް ޔޫޓިއުބުން ދަސްކުރި އިރު މިކަންތައް ދަސްކުރުމުގެ ތެރޭގައި އެކި ކަހަލަ ނާކާމިޔާބީތަކާ ކުރިމަތިވި އެވެ.

ރާއްޖޭގެ ޑިޒައިން ހިމަނައިގެން ތައްޔާރުކުރާ ކޯސްޓާތަކުގައި ރަނުން ފަވާލާފައިވާ ފަށެއް އިންނާނެ އެވެ. މި ފަށުގެ ސަބަބުން ކޯސްޓާތަކުގައި އެލެގެންޓް ސިފައެއް ހުރެ އެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

"ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކޯސްޓާ ސެޓެއް ހަދަން. ތަފާތު ގިނަ ކުދި ކުދި މަސައްކަތްތައް ހުރޭ މިކަން ނިންމަން. މިސާލަކަށް ސިލިކަން މޯލްޑް ހަދަން އެބަ ހޭދަވޭ ދުވަހެއް. ދެން ރެޒިން އާއި ހާޑްނާ އަދި ކުލަ އާ ރަނގަޅު ރޭޝިއޯ އަށް މިކްސް ކުރުން ވެސް ހިމެނޭ. ދެން ރެޒިން ވަރަށް އަވަހަށް ހިކޭނެ. އެހެންވީމަ އެ ކޯސްޓާތައް ރީތިކޮށް ހުރޭތޯ ބަލަން އެބަ ޖެހޭ އެ ހިކުމުގެ ކުރިން. ދެތިން ދުވަހު ބަހައްޓަނީ އެ ހިއްކަން،" ދާނިޔާ ކިޔައިދިނެވެ.

ދާނިޔާގެ ހުނަރު ސިފަކުރަނީ "ކަވި މަސައްކަތު"ގެ ތެރެއިންނެވެ. އޭނާ ގަބޫލުކުރަނީ އެއީ އޭނާގެ މާމަގެ ފަރާތުން ލިބިފައިވާ ހުނަރެއް ކަމަށެވެ. ދާނިޔާ ބުނީ މާމަ އަކީ ވެސް އެ ފާޑުގެ އާޓަށް ލޯބިކުރި މީހެއް ކަމަށެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

ދާނިޔާގެ މަސައްކަތްތަކުގެ އެންމެ ބޮޑު ކްރިޓީކަކީ ވެސް ދާނިޔާ އެވެ. އެއީ އޭނާ އަކީ ޕާފެކްޝަނިސްޓަކަށް ވުމުން އާޓްގެ ހުރިހާ ބައެއް ވެސް އެންމެ ފުރިހަމަ ކުރަން އޭނާ ބޭނުންވާތީ އެވެ.

"ބައެއް ފަހަރު ބްރަޝް ސްޓްރޯކް ބޭނުންވާ ގޮތަށް ނެތުމުން ހުންނަން އެއަށް ހަދާނެ ގޮތެއް ވިސްނަން ދުވަސްތަކެއް ވަންދެއް ވެސް،" ދާނިޔާ ކިޔައިދިނެވެ.

ނަމަވެސް މިހާރު މަޑުމަޑުން އެ އާދަ ދޫކޮށްލުމަށް ދާނިޔާ އަންނަނީ ދަސްކުރަމުންނެވެ.

View this post on Instagram

A post shared by Dhaniya Ahmed (@dhaniyaasart)

"މިހާރު ދަސްކުރަނީ މިއީ އާޓަކީ ޕާފެކްޓް ވާންޖެހޭ އެއްޗެއް ނޫންކަން. އާޓް ރީތި ވާ ސަބަބަކީ ވެސް އެއީ،" ދާނިޔާ ބުންޏެވެ.

އެ ވިސްނުމާ އެކު ތަފާތު އެކި ކަހަލަ ޕްރޮޑަކްޓްތައް ނެރުމަށް ދާނިޔާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދާނިޔާ އާޓް ސިފަކުރަން ބޭނުންކުރާ ބަހަކީ "ހޯޕްފުލް" އެވެ. އެއީ އޭނާގެ ހިޔާލުތަކާއި އިހުސާސްތައް ހިއްސާކުރުމަށް ރަނގަޅު އައުޓްލެޓެއްގެ ގޮތުގައި އާޓް ލިބޭތީ އެވެ.

ކުދި ވިޔަފާރި

Popular