މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭ ޒުވާނުންގެ ވާހަކަ ދައްކަން ޖެހެ އެވެ. އެ ޒުވާނުން ކުރިއަރުވަން މަސައްކަތްކޮށް އާ ފުރުސަތުތައް ހޯދައިދޭން ޖެހެ އެވެ. މިއީ އެފަދަ ޒުވާނެކެވެ.
މުޅި ދުނިޔެއަށް ހުޅުވާލައިގެން ބާއްވާ ބޮޑެތި މުބާރާތްތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދޭ ޒުވާނުންގެ ވާހަކަ ދައްކަން ޖެހެ އެވެ. އެ ޒުވާނުން ކުރިއަރުވަން މަސައްކަތްކޮށް އާ ފުރުސަތުތައް ހޯދައިދޭން ޖެހެ އެވެ. މިއީ އެފަދަ ޒުވާނެކެވެ.
ނަމަކީ އައިޝަތު ދިފްލާ އެވެ. ބ. އޭދަފުއްޓަށް އުފަން، އުމުރުން 19 އަހަރުގެ ޒުވާން ވީޑިއޯގްރާފަރެކެވެ. މި ދާއިރާގައި މާބޮޑު ތަޖުރިބާއެއް އަދި މަސައްކަތެއް ވެސް އަދި ކުރެވިފައެއް ނެތެވެ. އެކަމަކު ދިފްލާ މިވަނީ މުޅި ދުނިޔެ އަށް ހުޅުވާލައިގެން އަސުސް އިން ބޭއްވި ޝޯޓް ފިލްމް މުބާރާތުގެ ޓޮޕް 10 ފައިނަލިސްޓުންގެ ލިސްޓުން ޖާގަ ހޯދާފަ އެވެ. އެއީ 7،500 ވީޑިއޯ އާ ވާދަކޮށެވެ.
"އެކްސްޕްލޯ ބިޔޯންޑް ލިމިޓްސް"ގެ މި ތީމަށް ފައްތައިގެން ހަދަން ޖެހުނު ކުރު ފިލްމުގައި ދިފްލާ ދައްކައިދިނީ ކޮވިޑް 19ގެ ރަފް ސައިޑެވެ.
"އެއް މިނެޓަށް ހެދި އެ ވީޑިއޯގައި ދައްކައިދެނީ ކަރަންޓީނުގެ ސަބަބުން އައި ރަފް ސައިޑް، ވީޑިއޯގައި ފެންނާނީ ވީޑިއޯ ޓައިމް ބުކް އެއް، ޓައިމް މެޝިން އެއް ނޫން، އެއީ ކޮވިޑްގެ ކުރިން ދިރިއުޅުން އޮތް ގޮތް ދައްކައިދިނީ،" ދިފްލާ ކިޔައިދިނެވެ.
މިއީ މިގޮތަށް ދިފްލާ ކުރި ފުރަތަމަ ވީޑިއޯގްރަފީގެ މަސައްކަތެވެ. ރަސްމީކޮށް ވީޑިއޯގްރަފީގެ މަސައްކަތް ފެށިތާ އަދި މިވީ އަހަރެއްހާ ދުވަހެވެ. މިހާރު މަސައްކަތް ކުރަމުން އަންނަނީ ވިލު ސްޓޫޑިއޯގަ އެވެ.
"އަޅުގަނޑު ކުރިން މާލޭގައި މަސައްކަތްކުރަން އުޅުނިން އެކަމަކު އެނބުރި ރަށަށް ދިރިއުޅުން ބަދަލުކުރަން ޖެހުނީމަ މަސައްކަތް ފަށައިގަނެވޭ ނުވި، މިހާރު މި މަސައްކަތް ކުރަނީ ޕްރޮޖެކްޓެއް ލިބުނީމަ އެ ދުވަސްކޮޅަށް ދާންޖެހޭ ތަންތަނަށް ގޮސްގެން ނޫނީ މިކޮޅުގައި ހުރެގެން،"
ވީޑިއޯގެ ކުރިން ދިފްލާ އެންމެ ޝައުގުވެރިކަމާ އެކު ކުރި ކަމަކީ ފޮޓޯގްރަފީގެ މަސައްކަތެވެ. އުމުރުން 10 ވަރަކަށް އަހަރުން ފެށިގެން ފޯނުން ފޮޓޯ ނަގަން ފެށިއިރު ކެމެރާއެއް ލިބި ކެމެރާއިން ފޮޓޯނަގައި ވީޑިއޯ ނަގަން ފެށުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.
"2 އިޔާސް ކުރިން ކެމެރާއެއް ނުލިބޭއިރު ފޯނު ބޭނުން ކުރަނީ، މި ދާއިރާގައި ދަސްކުރި އެއްޗެއް ވިއްޔާ ވެސް ދަސްކުރީ ޔޫޓިއުބުން، ދެން މި ދާއިރާގައި އުޅޭ ރައްޓެހިންގެ ފަރާތުން ކަންކަން ދަސްވި."
ދިފްލާ ބުނި ގޮތުގައި މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނައަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަށުން ފުރުސަތުތައް ނުލިބުމެވެ.
"އެންޖީއޯތަކުން ވަރަށް މަސައްކަތް ކުރެވޭ ފުރުސަތުތައް ހޯދައިދޭން، އެކަމަކު އާމްދަނީ ހޯދަން އުނދަގޫ، ލިބޭ ފަހަރަކު ވެސް ވަރަށް ކުޑަ އެއްޗެއް ލިބޭނީ ވީޑިއޯގްރާފަރުންނަށް، އެހެންވެ އެހާ ފަސޭހަކަމަކަށް ނުވޭ."
"ރަށުގައި ވެޑިންއެއްގައި ވެސް ވީޑިއޯއަކަށް އަޅުގަނޑު ނުގެންދާނެ، އެހެން އެއްވެސް ކަހަލަ އިވެންޓެއްގައި ވެސް، ފޮޓޯ ނަގަން ލިބޭ ކޮންމެވެސް ވަރަކަށް، އެވެސް ވަރަށް ފަހުން ފެށިގެން، ރަށުގައި އުޅޭނެ އެހެން ދެތިން ވީޑިއޯގްރާފަރުން، ފިރިހެން ކުދިން، އަޅުގަނޑަށް ފީލްވަނީ މީހުންނަށް ހީވަނީ އޭ މީ އަންހެން ކުދިންނަށް ކުރެވޭ ކަހަލަ ކަމެއް ނޫނޭ."
"އެކަމަކު މިތާ ކައިރި ރަށްރަށުން ލިބޭ ވެޑިން ވެސް، ވަރަށް ސަޕޯޓިވް."
އާއިލާއިން ލިބޭ ސަޕޯޓަކީ މި ދާއިރާއިން ކުރިއަށްދާން އޭނަ އަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
"ފެމެލީއިން ވަރަށް ޕޮޒިޓިވް ހާއްސަކޮށް އަބަދު ވެސް މަންމަ ވަރަށް ސަޕޯޓިވް، ކެމެރާ އާއި މިކަމަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ހޯދައިދިނީ މަންމަ."
މި ހުރިހާ ގޮންޖެހުންތަކާ އެކު މި ދާއިރާއިން ކުރިއަށް ދާން އަޒުމް ކަނޑައަޅައިގެން ހުއްޓަސް ދިފްލާ ބުނީ މުސްތަގްބަލުގައި މިއީ ހޮބީއެއް ކަމަށެވެ. އޭނާގެ ރަސްމީ ދާއިރާއަކަށް ވާނީ ސައިކޮލޮޖީ ކަމަށެވެ. މިހާރު އޭނާ އަންނަނީ ރަށުގައި ހުރެގެން އޮންލައިންކޮށް ސައިކޮލޮޖީ ދާއިރާއިން ކިޔަވަމުންނެވެ.