16 Sep 2017

ދާދުގެ އިންޓްރޯ: އޭނާގެ ކުލައިގެ ދުނިޔެއަށް ގެނބިދާނެ

ދާދުގެ އިންޓްރޯ: އޭނާގެ ކުލައިގެ ދުނިޔެއަށް ގެނބިދާނެ

By: Ahmed Nadym

"އިންޓްރޯ" އަކީ ހަފުތާއަކު އެއް ފަހަރު ގެނެސްދިނުމަށް "ދޯ"ގެ ޓީމުން އުފައްދާފައިވާ ދޯގެ އޮރިޖިނަލް ސެގްމަންޓެކެވެ. އުރީދޫގެ ހެޔޮ އެދުންތަކާ އެކު ކޮންމެ ހޮނިހިރު ދުވަހަކު އޮންލައިންކޮށް ޝާއިއުކުރަން ހަމަޖެހިފައިވާ މި ސެގްމަންޓަކީ އުއްމީދުން ފުރިގެންވީ ޒުވާން ހުނަރުވެރިންނަށް ހާއްސަ ސިލްސިލާއެކެވެ.

އެގޮތުން ކޮންމެ ހަފުތާއަކު އާޓިސްޓަކު ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު މި ސެގްމަންޓުގައި މި ތައާރަފްކޮށްދޭނީ ރާއްޖޭގެ އާޓް ކޮމިއުނިޓީގައި މިހާރު ވެސް ފިޔަޖަހަމުން އަންނަ ތަރިންނާއި މުސްތަގުބަލުގެ ތަރިންނަށް ވުމުގެ ގާބިލުކަމާއި ހުނަރު ލިބިފައިވާ އާޓިސްޓުންނަށެވެ.

މި ސިލްސިލާގެ ފުރަތަމަ ހޮވުމަކީ ނިކަން ޒުވާން އަދި ހަމަ އެވަރަށް ހުނަރުވެރި ދާދު އެވެ. އޭނާގެ ހުނަރާއި ވާހަކައިގެ ކުރި މަރާނުލައި މިއޮތީ އެ ހުރިހާ ވާހަކައެއް "އިންޓްރޯ" ގައެވެ.

އާޓިސްޓް

Popular