9 Oct 2017

ބޭނުންވަނީ މިކަހަލަ ރީތިކަމެއްތަ؟

މިއީ މަރިޔަމް އިނާއެވެ. މިގޮތަށް ރީތިކޮށް ފިޓްކޮށް ހުންނަން ބޭނުންވާ ނަމަ އޭނާގެ ވާހަކައަކީ ކޮންމެހެން ވެސް ކިޔަން ޖެހޭ ވާހަކައެކެވެ.

މިއީ މަރިޔަމް އިނާއެވެ. މިގޮތަށް ރީތިކޮށް ފިޓްކޮށް ހުންނަން ބޭނުންވާ ނަމަ އޭނާގެ ވާހަކައަކީ ކޮންމެހެން ވެސް ކިޔަން ޖެހޭ ވާހަކައެކެވެ.

By: Ahmed Nadym

ސްކޫލްގައި އުޅެމުން ނުވަތަ ކިޔެވުން ނިންމާލާފައި ވެސް ފިޓްނެސްގެ ދާއިރާ އަށް ވަންނަ ޒުވާނުންގެ އަދަދު މި ވަނީ ދިވެހިންގެ މެދުގައި ނިކަން ބޮޑަށް މައްޗަށް ޖެހިލައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ފިޓްނެސް އިންސްޓްރަކްޓަރަކަށް ވުމަކީ ވަރަށް ގިނަ ޒުވާނުންގެ މެދުގައި މިހާރު ބޮޑު ޓްރެންޑެކެވެ. އެމީހުން މި ކަމަކަށް ދޭ ސަމާލުކަމާއި މިކަމުގައި ހުރި ފޯރި، މާލޭގައި ހަލުވިކަމާ އެކު އިތުރުވަމުން އަންނަ ޖިމުތަކަށް ބޯދިއްކޮށްލިޔަސް ވަރަށް ރީއްޗަށް ފެނިގެންދާނެ އެވެ. ޒުވާނުންގެ ލައިފްސްޓައިލަށް އައިސްފައިވާ މި އިންގިލާބީ އަދި ދުޅަހެޔޮ ބަދަލުގެ ތެރެއިން މޭކްއޯވާގެ މިފަހަރުގެ ހޮވުމަކީ ވެސް ޒުވާން، ފިޓްނެސް އިންސްޓްރަކްޓަރެކެވެ. – މިއީ މަރިޔަމް އިނާ އެވެ.

މާލޭގައި ހުރި ފިޓްނެސްގެ އެންމެ ބޮޑު އެއް ބެލެނިވެރިޔާ ކަމުގައިވީ ޓީއެފްޖީ އަށް ކޮންމެ ދުވަހަކު ދާ ނަމަ މި މޫނެއް އަލެއް ނުވާނެ އެވެ. އުމުރުން 23 އަހަރުގައި އިނާ އަކީ ޓީއެފްޖީގައި ތިބި މެޑިކަލް ފިޓްނެސް މާސްޓާ ޓްރެއިނަރުންގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން އެންމެ ކުޅަދާނަ އެއް މޫނެވެ. ގްރޫޕް ފިޓްނެސް އަދި ޕާސަނަލް ޓްރެއިނާއެއްގެ ގޮތުގައި އިނާ ޓީއެފްޖީގައި މަސައްކަތްކުރާތާ މިހާރު ހަތަރު އަހަރުވީ އެވެ.

އިނާގެ މޭކްއޯވާގެ ބިހައިންޑް ދަ ސީން ވީޑިއޯ. --ވީޑިއޯ އަދި އެޑިޓިން: އަފްޝީން ނަސީރު

މިހާތަނަށް މި ނޫން އެހެން ދާއިރާއެއްގައި އޭނާ މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް އެންމެ ފުރަތަމަ އޭނާގެ ވިސްނުން ހުރީ ކޮން ދިމާލަކަށްކަން އެނގޭ ހެއްޔެވެ؟

"ކުޑައިރު އެންމެ ބޮޑަށް ވާން ބޭނުންވީ ޑޮކްޓަރަކަށް. ބެޗްލާ އޮފް އާޓްސް އެންޑް ބެޗްލާ އޮފް ސައިންސް އިން ސައިކޮލޮޖީ ކިޔަވަން ލަންކާގައި ވެސް އުޅުނިން،" އިނާ ބުނެލި އެވެ.

އިނާ އޭނާގެ އާދައިގެ ދުވަހެއްގައި ޓީއެފްޖީ އަށް ވަންނަނީ. --ފޮޓޯ: މަސްރަހް

ނަމަވެސް އެފަހަރު އޭނާގެ ކިޔެވުން ހަރާބުވީ މާލީ ފުރިހަމަ ތަނަވަސްކަމެއް ނެތުމުންނެވެ. އިނާ އަކީ އޭނާގެ މަންމަގެ ތިބި ހަތަރު އަންހެން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ކުއްޖާއެވެ. އެންމެ ކުޑައިރުން ފެށިގެން ބައްޕައާ ދުރުގައި އުޅެ ބޮޑުވި މި އަންހެން ކުއްޖާ ޑޮކްޓަރަކަށް ވުމުގެ އުއްމީދުގައި ކިޔަވަން ކިތަންމެ ބޭނުންވިޔަސް މަންމަ އާއި ދައްތަމެންނަށް ފެނުނީ އިނާގެ އެހެން ހުނަރުވެރިކަމެކެވެ.

އިނާ ޖިމުގައި އޭނާގެ ކްލައިންޓަކަށް އިރުޝާދު ދެނީ. --ފޮޓޯ: މަސްރަހް

"ފެމިލީ މީހުން އަބަދުވެސް ބުނީ ފިޓްނެސްގެ ދާއިރާ އަށް ގޮސްސިއްޔާމު އިނާ ވަރަށް މޮޅުވާނެއޭ. ވަރަށް ކުރިއަށް ދެވިދާނެއޭ އެ ދާއިރާއިން،" މަންމަމެން ދިން ނަސޭހަތް އިނާ ކިޔާލަދިނެވެ.

ބިޒީ ދުވަހަކަށް ފަހު އިނާ ޖިމްގެ ކެންޓީން އޭރިއާގައި ވަގުތުކޮޅެއް ހޭދަކޮށްލަނީ. --ފޮޓޯ: މަސްރަހް

އެކަމަކު ވެސް އެންމެ ފުރަތަމަ އެމީހުން ދިން ނަސޭހަތް ގަބޫލުނުކޮށް އޭނާ ދިޔައީ ކިޔަވާށެވެ. ނަމަވެސް މާލީ ނުތަނަވަސްކަމުގައި އެނބުރި އައިސް އެންމެފަހުން ފިޓްނެސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރުލީ އެވެ. ޓީއެފްޖީ އިން މިގޮތަށް ފުރުސަތު ލިބުމުގެ ކުރިން އިނާ މަސައްކަތްކުރީ އޭނާ ކުޑައިރު ކިޔެވި އިސްކަންދަރު ސްކޫލްގައި ސްޕޯޓްސް ސުޕަވައިޒަރަކަށެވެ. އޭރު އޭނާ އަށް 17 އަހަރެވެ.

އެއަށް ފަހު ފިޓްނެސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ތަމްރީނުވެ މި ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ އަށް ޓީއެފްޖީ އިން ފުރުސަތު ލިބުނީ އެތަނުން ހިންގި މެގަ ޑާންސް ޓްރެއިނިން ކްލާހެއްގެ ހަވާސާގައި ބައިވެރިވި ބައިވެރިވެލުމަކުންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

"އެންމެ ފުރަތަމަ އުޅުނީ އިސްކަންދަރާއި ޓީއެފްޖީގައި. އެކަމަކު ފަހުން ގަބޫލުކުރެވުނީ މިއީ ޕާޓް ޓައިމްކޮށް އެގޮތަށް ކުރެވޭނެ ކަމެއް ނޫންކަން. ދެން އިސްކަންދަރުގެ ޖޮބް ދޫކޮށްލީ،" އިސްކަންދަރު ސްކޫލްގައި ކިޔެވިއިރު ޖިމްނާސްކިޓާއި އެފަދަ އެތުލެޓިކްސްގެ އެހެން ހަރަކާތްތަކަށް ވެސް ހިތް ދޫކޮށްލައިގެން އުޅުނު އިނާ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

އިނާ އަކީ ހަމަ ފިސާރި ޓޮމް-ބޯއިއެކެވެ. އުޅެބޮޑުވީ އަބަދުވެސް ކޮންމެ ވެސް ވަރުގަދަ ކުޅިވަރެއްގައި ނުވަތަ ސަކަރާތެއްގެ ތެރެއިންނެވެ. ނަމަވެސް މި މޭކްއޯވާގައި އަހަރެމެން މަސައްކަތްކޮށްފައިވާނީ އާންމުކޮށް ބުޅި އިސްތަށިގަނޑެއްގައި، ފިޓްނެސް އިންސްޓްރަކްޓަރެއްގެ ހެދުމުގައި ފެންނަ މި ޒުވާނާ ވީހާ ވެސް އެހެން ސިފަތަކެއްގައި ދައްކުވައިދިނުމަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

މިފަހަރުގެ ސެގްމަންޓުގައި ވެސް މޭކަޕް އެންޑް ހެއާ އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ކުޅަދާނަ ޖަސްޓިން އެވެ. ފޮޓޯގްރާފަރަކީ މިދިޔަ ހަތަރު ސެގްމަންޓުގައި ވެސް ހިތްގައިމު ފޮޓޯތަކެއް ގެނެސްދިން މަސްރަހް އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

މި ސިލްސިލާގެ ބިހައިންޑް ދަ ސީންސް ދައްކުވައިދޭ ވީޑިއޯ މިފަހަރު ވެސް ޝޫޓްކޮށް އެޑިޓްކޮށްފައި ވަނީ އަފްޝީން ނަސީރެވެ. އިނާގެ ވޯޑްރޯބް ސްޕޮންސަރަކީ ޒުވާނުންގެ މެދުގައި މަގްބޫލު ސީ ސްޕޯޓްސް އެވެ. ސީ ސްޕޯޓްސްގެ ހިތްގައިމު ކަލެކްޝަން މިގޮތަށް ގެނެސްދިން ސްޓައިލިސްޓަކީ ނޫރާ ރަޝީދެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

މިވަރުގެ ސެގްމަންޓެއް ކުރިއަށްދާއިރު މި މަސައްކަތުގެ ފަހަތުގައި ތިބި އެންމެނަށް ނަމުން ގޮވާނުލައި ކުރިއަށް ދާކަށް ނުވާނެތީ އެކަން ކޮށްލީއެވެ. ދެން އަނެއްކާވެސް އިނާގެ ވާހަކަ އަށް އެނބުރި ގަންނަމާ ހިނގާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

އިނާގެ ދުވަސް ފެށެނީ ފަތިހު ފަހެއް ޖަހާއިރު އެވެ. ގިނަ ދުވަސް ދުވަހަކީ ފަތިހު ހޭލައިގެން ފަސްގަޑި ބައިގައި އޭނާ ކްލައިންޓުންނާ އެކު ޖިމުގައި އުޅޭ ދުވަސްތަކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

"އާންމުކޮށް ފަށާނީ ފަތިހު. މިސާލަކަށް ކްލައިންޓެއް ނެތަސް ފަތިހު ދާނީ. އަދި ގިނަ ކްލައިންޓުންނަށް ރިކޮމެންޑްކުރަނީ ވެސް ފަތިހު ފަށަން. އެއަށް ފަހު މެންދުރު 12 ޖަހަން ދެން އުޅޭނީ ޖިމުގައި. އަނެއްހެން ކްލައިންޓެއް ނެތަސް ޖިމުން ނުކުންނަ ހިތެއް ނުވޭ،" ހިނިގަނޑަކަށް ބިނދިބިނދިފައި އިނާ ކިޔާލަދިނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

"އެގޮތަށް އުޅެފައި ބްރޭކު ނަގާނީ މެންދުރު 12 އިން ހަވީރު ހަތަރެކާ ހަމަ އަށް. އެއީ އިނާގެ ފްރީ ގަޑިއަކީ އަސްލު. ދެން އަނެއްކާވެސް ފަށައިގެން ބައެއް ރޭރޭ ރޭގަނޑު 10އެއް ޖަހަންދެން ވެސް އުޅެން ޖެހިދާނެ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

ނަމަވެސް އޭނާ ބުނީ މިވަރަށް ބިޒީކޮށް އަވަދިނެތި އުޅެމުން ވެސް އޭނާ ކެއުމަށް ވަގުތު ހޯދައިގެން ކޮންމެ ދުވަހަކު ވެސް ގަޑިން، ގަވާއިދުން ކާ ކަމަށެވެ. އަދި އިނާ ގޮތަށް ފިޓްކޮށް ހުރުމަށް ބޭނުންވާ އެންމެނަށް އޭނާ ދޭ ނަސޭހަތަކީ ވެސް މިއީ އެވެ.

"ދުވަހަކު ވެސް ލަންޗު މިސްއެއް ނުވާނެ. އަބަދުވެސް 12-1 އާ ދެމެދު މެންދުރު އިނާ ކާނީ،" ބަރުދަން މި ދުވަސްކޮޅު 44-45 ކިލޯގައި ހުރި އިނާ ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

"އަނެއްކޮޅުން ކޮންސިސްޓެންސީ އަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ ދުވަހަކު ކަސްރަތުކުރުން ވަރަށް މުހިންމު އެއްވެސް ދުވަހެއް މިސްނުކޮށްލާ. އެއާ އެއްވަރަކަށް ރެސްޓް ވެސް ވަރަށް މުހިންމުވާނެ. ހަމައެއާ އެކު ރަނގަޅު އެއްޗެހި ކެއުން ވެސް ވަރަށް މުހިންމު."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޫރާ | މޭކަޕް އެންޑް ހެއާ: ޖަސްޓިން | ވޯޑްރޯބް: ސީ ސްޕޯޓްސް

މިގޮތަށް ކިޔައިދިން ނަމަވެސް އިނާ ބުނާ ސީދާ އޭނާ ނަގާ ޑައެޓާއި ކެއުންތައް ކޮންމެ މީހަކަށް ކަމުނުދާނެ ކަމަށެވެ. އަދި މިވަރުގެ ފިޒީކެއް ބޭނުންވިޔަސް ކާން ޖެހޭ ގޮތާއި ވޯކްއައުޓްކުރަން ޖެހޭ ގޮތް ކޮންމެ މީހަކަށް ވެސް ތަފާތުވެދާނެ ކަމަށެވެ. އެކަމަކު ހެދިދާނެ ގޮތެއް އެބައޮތެވެ. އިނާ ކައިރިން ޕީޓީ ކްލާސްތަކެއް ނަގަންވީ އެވެ.

ފެޝަން

Popular