14 Nov 2017

ދުނިޔެ ކުޑަކޮށްލި 29 އަހަރުގެ ޒުވާނާ

އަދި 30 ގައުމު ހަމައެއް ނުވެ އެވެ. އޭނާގެ އެންމެ ހުވަފެނީ އެއް މަންޒިލް އަދި އޮތީ ލިސްޓްގަ އެވެ؛ ޕެސިފިކް ކަނޑުގައި އޮންނަ ޕިޓްޗަރިން އައިލެންޑްސް އެވެ. އެތަނުގައި ދިރިއުޅެނީ އެންމެ ފަންސާހަކަށް މީހުންނެވެ.

އަދި 30 ގައުމު ހަމައެއް ނުވެ އެވެ. އޭނާގެ އެންމެ ހުވަފެނީ އެއް މަންޒިލް އަދި އޮތީ ލިސްޓްގަ އެވެ؛ ޕެސިފިކް ކަނޑުގައި އޮންނަ ޕިޓްޗަރިން އައިލެންޑްސް އެވެ. އެތަނުގައި ދިރިއުޅެނީ އެންމެ ފަންސާހަކަށް މީހުންނެވެ.

By: Moosa Latheef

ރައްޓެއްސެއްގެ ކައިވެނި ޕާޓީ އެވެ. ހަމްދާން އަބްދުލްގަނީ އަކީ އޭގެ ކުރިން އެކަހަލަ ޕާޓީތަކަށް ގޮސް އުޅުނު މީހެއް ނޫނެވެ. އެކަމަކު ރަހުމަތްތެރިޔާގެ އެދުމަށް އޭނާ ގޮސް އެތަނުގައި އިން އިރު ހިތަށް އަރަމުން ދިޔައީ "ދިރިއުޅުމުގެ މިހާ ހިސާބަށް އައި އިރު އަހަންނަށް ކުރެވުނީ ކޮން ކަމެއް ބާވައޭ" ކަހަލަ ހިޔާލުތަކެވެ. އެއްގޮތަކުން އެއީ ގޯސް ވިސްނުމެއް ނޫނެވެ. އެހާ ތަނާ ޖެހެންދެން އޭނާގެ ސީރިއަސް ވަކި މަގުސަދެއް ނެތެވެ.

އެކަމަކު އެ ޕާޓީއަށް ފަހު ހަމްދާން "ބަކެޓް ލިސްޓެއް" އެކުލަވާލި އެވެ. މަރުވުމުގެ ކުރިން ފުއްދަން އެދޭ ކަންކަމުގެ ލިސްޓެއް ނޫނެވެ؛ އުމުރުން 30 އަހަރު ވުމުގެ ކުރިން ހާސިލްކުރަން ބޭނުންވި ކަންކަމެވެ. އޭގެ އެންމެ މައިގަނޑު ބަޔަކަށް ވީ 30 ގައުމަށް ދަތުރުކުރުމެވެ.

އުމުރުން 25 އަހަރުގައި، 2013 ގައި، އޭނާ ޔޫރަޕްގެ ނުވަ ގައުމަކަށް ކުރި ޒިޔާރަތަކީ އިންސާނުންގެ ދިރިއުޅުމާއި ތަފާތު ސަގާފަތާއި އާދަތަކުގެ ތެރެއަށް ވިސްނުން ދޫކޮށްލުމުގެ ފެށުމެވެ. އެއިން ކޮންމެ ގައުމަކުން ވެސް ދަސްކޮށްދިނީ، މިހާރު 29 އަހަރުގެ ޒުވާނާ ބުނި ގޮތުގައި، އާ ފިލާވަޅުތަކެކެވެ. ފަހުމްވީ އިންސާނީ ތަރައްގީގެ ލާމަސީލު މަސައްކަތްތަކެވެ. ކެތްތެރިވުމާއި ލިބޭ މިންވަރަށް ޝުކުރުކުރުމާއި އަޅާލުމާއި ހިތްހެޔޮކަމުގެ ސިފަތަކެވެ.

ދަތުރުކުރުމަކީ ހަމައެކަނި އުފަލެއް ނޫނެވެ. ހަމްދާނަށް އެއީ ދަސްކުރުމެކެވެ. ދުނިޔޭގެ އެދުންތައް މާ ބޮޑުވެއްޖެ ނަމަ ދިރިއުޅުން ފުނޑުފުނޑުވާނެ ކަން އެނގެ އެވެ. އެކަަމަކު ލިބޭ އެއްޗެއް ގަބޫލުކޮށްގެން، އެ މިންވަރުގައި ދިރިއުޅެން ދަސްކޮށްފި ނަމަ ކޮންމެ ސިކުންތަކީ ވެސް އުފަލެއް ކަމަށް، މުސްލިމް ޒަންޒިބާރުންނާއި އެފްރިކާގެ އެހެން ބައެއް ގައުމުތަކުން އޭނާއަށް ދައްކައިދިނެވެ.

އެފްރިކާ އަށް ދިއުމަކީ "ބަކެޓް ލިސްޓް"ގެ އެންމެ ކުރީގައި ނޯޓްކުރި ނިޔަތެކެވެ. ދިވެހިން ވަރަށް މަދުން ނޫނީ "ވައި ވެސް ނޭޅޭ" އެ ބޮޑު ކޮންޓިނެންޓަށް ހަމްދާން މިސްރާބު ޖެހި އިރު ވިސްނިފައި އޮތީ އާންމުކޮށް އެހެން މީހުންގެ ވެސް ހިތަށްއަރާ ކަންކަމެވެ؛ ފަގީރުން ގިނަވުމާ އެކު އަބަދު ސަލާން ޖަހާނީ އެވެ؛ މަތިންދާބޯޓުތަކުގެ ފެންވަރު އެހާ ދަށްވާނެ އެވެ. ސިޓީތަކުން ޒަމާނީ ތަރައްގީއެއް ނުފެންނާނެ އެވެ.

އެކަމަކު އިންޑިއާގެ މުމްބާއީގެ އެއާޕޯޓުން އިތިއޮޕިއަން އެއާލައިންސްގެ އޭ380 ގެ ބޯޓަށް އެރި ހިސާބުން އޭނާގެ ވިސްނުން ބަދަލުވި އެވެ. ދުނިޔޭގެ އެންމެ ބޮޑު އަދި ނުހަނު ހިތްގައިމު އެ މަރުކާގެ ބޯޓެއް އެފްރިކާގެ އެއާލައިނެއްގައި އޮވެދާނެތޯ ވެސް ކުރިން ސުވާލު އުފެދުނެވެ.

ނަމަވެސް އެ ދަތުރުގެ ފެށުމާއި ނިމުމާ ދެމެދު ހަމްދާނަށް ފެނުނީ ހީކުރި ގޮތާ މުޅިން ތަފާތު އަދި ހައިރާންކުރުވަނިވި މަންޒަރުތަކެވެ. ކެންޔާގެ ވެރިރަށް ނައިރޯބީގެ އެއާޕޯޓުން ނުކުމެ ހޮޓަލަށް ދިިޔަ މަގުމަތީގައި ވެސް ހިތަށްއެރީ "މިއީ ހާދަ ރީތި، ޓްރެފިކް ލައިޓްތައް ވެސް ބަރާބަރު، މީހުން ވެސް ގަވާއިދުތަކަށް ކަމޭހިތާ ތަނެކޭ" އެވެ.

"ނައިރޯބީގެ ބައެއް ހިސާބުތަކުގައި އުޅޭ އިރު ހީވަނީ ލަންޑަންގެ މީހުން މަދު ހިސާބެއްގައި އުޅެވޭހެން. ވަރަށް ރީތި، މަގުތައް ވެސް ބޮޑެތި، ގަސްތައް އިންދާ، ބަގީޗާ ހައްދާފައި ވެސް ހުރޭ،" ހަމްދާން ބުންޏެވެ.

އެހެންކަމުން އޭނާގެ އެފްރިކާ ދަތުރުން ވެސް ފެނުނީ އޭޝިއާ އާއި ޔޫރަޕްގެ ބައެއް ގައުމުތައް ފަދައިން، އިންސާނީ ތަރައްގީ އާއި ދިރިއުޅުމުގެ މުޅިން ތަފާތު މަންޒަރުތަކެވެ. ހަމްދާންގެ ހިތާ ޒަންޒިބާރުން ކުޅެނީ އެތަނުގެ މީހުންގެ ހިތްހެޔޮކަމާއި އުފާވެރި ހިނިތުންވުންތަކުންނެވެ. ކުރިން ނަމަ އޭނާ ހީކުރީ ޓެންޒޭނިޔާގެ ބައެއް ކަމަށްވާ އަދި ވަރަށް ގަދީމީ ތަނެއްގެ ގޮތުގައި މަޝްހޫރު ޒެންޒިބާރުން ފެންނާނީ ސަލާން ޖަހާ މީހުން ކަމެވެ. ބިދޭސީންގެ ފަހަތުން ދުވެއުޅޭ ކުދިން ކަމެވެ.

"ވަރަށް ހައިރާންވި. ނުދެކެން ސަލާން ޖަހާ މީހެއް. ކުޑަކުދިން ވެސް އުޅެނީ ވަރަށް އުފަލުން، މަޖާކޮށް،" ހަމްދާން ކިޔައިދިނެވެ.

ހަމްދާނަކީ ތައުލީމީ ޒުވާނެކެވެ. އޭލެވެލް ނިންމުމަށް ފަހު މެލޭޝިއާގައި އެކައުންޓިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީއަށް ކިޔެވި އެވެ. އޭގެ ފަހުން މާލެ އައިސް ބަނޑޮސް އައިލެންޑް ރިސޯޓްގައި މަސައްކަތް ފެށި އެވެ. އޭނާގެ "ބަކެޓް ލިސްޓް" އައީ، ރަހުމަތްތެރިޔާގެ ކައިވެނި ޕާޓީއާ އެކު، އެ ހިސާބުންނެވެ.

ފޯނަށާއި މެއިލްތަކަށް އަބަދު ޖަވާބު ދިނުމުގެ ބުރަ މަސައްކަތެވެ. އޭނާ އެ ވަޒީފާގައި އުޅުނީ ހިތްހަމަޖެހިގެންނެވެ. އެކަމަކު މަސައްކަތުން ކޮންމެވެސް ވަރަކަށް ދުރުވެ، ސިކުނޑި އަށް ތާޒާކަން ގެންނަން ޖެހެ އެވެ. އެހެންކަމުން ދަތުރުކުރުމަކީ އޭގެ އެއް ހައްލުކަމަށް ގަބޫލުކުރި އެވެ. ބޭރަށް ދަތުރެއް ކުރާކަން މާ ގިނަ ފައިސާއެއް ބޭނުމެއް ނުވެ އެވެ. އޭނާ 29 ގައުމަށް ޒިޔާރަތްކުރީ ހަރަދު ކުޑަކޮށެވެ. އަތުގައި ހުރި އެއްޗަކުން ފުއްދާލައިގެންނެވެ.

ދަތުރުތަކުން ލިބުނު އެއް ފިލާވަޅަކީ ދިރިއުޅުމާ މެދު ކުރެވޭ ޝަކުވާތައް ހުއްޓާލުމެވެ.

"އަހަރެމެން އަބަދު މި އުޅެނީ ޝަކުވާއެއްގައި،" ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ފުރިހަމަނުވެގެން ބައެއް މީހުން ދައްކާ ވާހަކަތަކާ މެދު ހަމްދާން ބުންޏެވެ.

ޒެންޒިބާރުގެ ކުޑަކުދިންގެ ހިނިތުންވުމާއި ބޮޑެތި މީހުންގެ އަޅާލުން ފެނި އޭނާއަށް ވިސްނުނީ "ހުރިހާ އެއްޗެއް ލިބޭ އިރު މި އުޅެނީ މާ އަމިއްލަ އެދުން ބޮޑު އުޅުމެއް" ކަމެވެ.

"ހިތަށްއެރި ހާދަ އުފަލުގައޭ އެ މީހުން އެ އުޅެނީ. ހާދަ ޝަކުވާއެއް ނެތޭ،" ހަމްދާން ބުންޏެވެ.

"މަގުމަތިން ދާއިރު ފިހާރާގައި ތިބޭ މީހުން ދިއްކޮށްލާ ޖޫސް ކަހަލަ އެއްޗެހި. ކާކު ހިތަަށްއަރާނީ ހިލޭ ދީފާނޭ އެކަހަލަ އެއްޗެއް، އެކަހަލަ ތަނެއްގައި؟"

މިއީ ދިރިއުޅުމާ މެދު އޭނާގެ ވިސްނުން ބަދަލުކުރުވި ދަތުރެކެވެ. އޭނާއަށް ޒެންޒިބާރު ސިފަކުރެވުނީ ކުރީ ޒަމާނުގައި ދިވެހިން އުޅުނު ސާދާ ދިރިއުޅުމެވެ. ރިޔާ ނެގި ދޯންޏެއްގައި އޭނާ ގޮވައިގެން މަހަށް ދިޔަ އިރު ވެސް، ދިވެހި ކާބަފައިންގެ އާދަކާދަ ހުންނާނެ ގޮތް ހިތަށްއެރި އެވެ. ދިވެހިންނާ ވައްތަރު އެތައް ސިފަތަކެއް އެ ރަށުން އޭނާގެ ހަނދާނާ ގުޅުވާލި އެވެ.

ޝަކުވާތަކާ ދުރަށް

ހަމްދާނަކީ ތައުލީމީ ޒުވާނެކެވެ. އޭލެވެލް ނިންމުމަށް ފަހު މެލޭޝިއާގައި އެކައުންޓިންގެ ދާއިރާ އިން ފުރަތަމަ ޑިގްރީއަށް ކިޔެވި އެވެ. އޭގެ ފަހުން މާލެ އައިސް ބަނޑޮސް އައިލެންޑް ރިސޯޓްގައި މަސައްކަތް ފެށި އެވެ. އޭނާގެ "ބަކެޓް ލިސްޓް" އައީ، ރަހުމަތްތެރިޔާގެ ކައިވެނި ޕާޓީއާ އެކު، އެ ހިސާބުންނެވެ.

"ދަތުރު މަތީގައި އުޅުމަކީ ފޯނާއި އީމެއިލްތަކުން ދުރުވާން ލިބޭ ހަމައެކަނި ފުރުސަތު،" ވަރަށް ބުރަކޮށް ވަޒީފާ އަދާކުރި އެކަމަކު މިހާރު އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އަންނަ ހަމްދާން ބުންޏެވެ.

ހަމައެކަނި ކޮފީއެއް ބޯލަން ވީހާވެސް ދުރަކަށް ދާން އޭނާގެ ހިތަށްއެރީ ވެސް ފޯނުުން ދުރުވެ، މެއިލްތައް ނުބަލަން ދައްކާނެ އުޒުރެއްގެ ގޮތުގަ އެވެ. އެހެންކަމުން އޭނާ އެ ކޮފީ ބުއީ ލަންޑަންގަ އެވެ. މާލެ އިން ފުރައިގެން 10 ގަޑިއިރުގެ ދަތުރަކަށް ފަހު ލަންޑަންގައި، ރައްޓެއްސަކާ އެކު ކޮފީއެއް ބޯލުމަށް ފަހު، އެނބުރި ރާއްޖެ އައީ އެވެ!

އެކަމަކު 30 ގައުމު އަދި ހަމައެއް ނުވެ އެވެ. އޭނާގެ އެންމެ ހުވަފެނީ އެއް މަންޒިލް އަދި އޮތީ ލިސްޓްގަ އެވެ؛ ޕެސިފިކް ކަނޑުގައި އޮންނަ ޕިޓްޗަރިން އައިލެންޑްސް އެވެ. އެތަނުގައި ދިރިއުޅެނީ އެންމެ 50 ހަކަށް މީހުންނެވެ.

އެތަނުން އޭނާއަށް ގެނެސްދޭނެ އުފަލަކާއި އަސަރެއް އަދި ނޭނގެ އެވެ. އެކަމަކު މިހާތަނަށް ދިޔަ ހުރިހާ ގައުމަކަށް ބަލާއިރު ހަމްދާނަށް ކަށަވަރުވާ އެއް ކަމެއް ޔަގީނުން ވެސް އެބަ އޮތެވެ؛ ރާއްޖެ ކަހަލަ ރީތި ތަނެއް އަދި ނުފެންނަ ކަމެވެ.

Popular