14 Nov 2017

ވަފާ މިސް ޓީޗަރަކަށް ނުވިނަމަ؟

ވަފާ އަކީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލެވެ. އެކަމަކު ވަފާ މިސް ބުނަނީ އަދިވެސް އެންމެ ރަނގަޅުވާނީ މުދައްރިސާއެއްގެ ގޮތުގައި ސިފަކުރިއްޔާ ކަމަށެވެ.

ވަފާ އަކީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލެވެ. އެކަމަކު ވަފާ މިސް ބުނަނީ އަދިވެސް އެންމެ ރަނގަޅުވާނީ މުދައްރިސާއެއްގެ ގޮތުގައި ސިފަކުރިއްޔާ ކަމަށެވެ.

By: Ahmed Nadym

މިއީ ރާއްޖޭގެ ތައުލީމީ ފުރާޅުގެ ދަށުން ހޮވާލެވޭ ފަޚުރުވެރި، ފިސާރި އަންހެނުންގެ ތެރެއިން އެކަކެވެ. މި ވަގުތު ވަޒީފާ އަދާކުރަމުން އަންނަނީ އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ ގޮތުގަ އެވެ. އެކަމަކު ވަފާ ވަހީދު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ރައްޓެހި ނަމުން ނަމަ، ވަފާ މިސް ބުނަނީ އަދިވެސް އެންމެ ރަނގަޅުވާނީ މުދައްރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރިއްޔާ ކަމަށެވެ.

ޓީޗަރެއްގެ ގޮތުގައި އޭނާގެ މި ދިގު ކެރިއަރު ފެށީ 1988 ވަނަ އަހަރު އެވެ. އެކަމަކު ވަފާ މިސް ބުނަނީ ޖީލަކަށް އަހުލާގާއި އިލްމު އުނގަންނައިދެވުނަސް އޭނާގެ ހަމައެކަނި ހުނަރަކީ އެއީ ނޫން ކަމަށެވެ. "ނުވިނަމަ" ގެ ސިލްސިލާ އަށް ބަލާއިރު މިހާތަނަށް ގެނެސްދިން މެހްމާނުންގެ ތެރެއިން އެންމެ ވަރުގަދަ ނުވަތަ އެންމެ ބޮޑެތި ހުވަފެންތަކާ އެކު ބެލުންތެރިންނާ ބައްދަލު މިކުރަނީ ތި އެންމެންގެ މި ހީވާގި މުދައްރިސާ އެވެ.

އިމާދުއްދީންގެ ކުރިން ވަފާ ވަނީ އަމީނިއްޔާގައި ހަ އަހަރު ވަންދެން ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އޭގެ އިތުރުން ބިލަބޮންގް އާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ވެސް މަސައްކަތްކުރި އެވެ.

އެކަމަކު ވަފާގެ "ނުވިނަމަ" ބަލައިފައި އޭނާގެ ހުވަފެންތަކާއި "ނުވިނަމައިގެ" ވާހަކަތައް އަޑުއިވުނީމަ ހަމަ އަންތަރީސްވާނެ އެވެ. މި ފެންނަ ވަފާ އަކީ އެ ހުނަރުވެރިކަމުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ.

ވަފާގެ މި އިންޓަވިއުއާ އެކު "އެކްސްޓްރާ އިންޓަވިއު ކްލިޕެއް" ވެސް އަހަރެމެން ވާނީ މި އާޓިކަލްގައި ހިމަނައިފަ އެވެ. އެއީ އޭނާގެ މުސްކުޅިވުމެއް ނެތް ސްޓައިލް އަށް ހާއްސަ ބައެކެވެ.

Popular