21 Nov 2017

ފިޓްނެސްގެ ރަސްގެފާނަށް ނުވިނަމަ؟

ޒިނާން މިވަރުގެ ކާމިޔާބު ފިޓްނެސް އިންސްޓްރަކްޓަރަކަށް ނުވިނަމަ ވަރަށް ގިނަ ދިވެހިން މިވަރަށް ފިޓްނުވީހޭ ވެސް ބުނެވިދާނެ އެވެ.

ޒިނާން މިވަރުގެ ކާމިޔާބު ފިޓްނެސް އިންސްޓްރަކްޓަރަކަށް ނުވިނަމަ ވަރަށް ގިނަ ދިވެހިން މިވަރަށް ފިޓްނުވީހޭ ވެސް ބުނެވިދާނެ އެވެ.

By: Ahmed Nadym

މެޑިކަލް ފިޓްނެސްގެ ވާހަކަ ދައްކާ ނަމަ މިހާރު އެންމެ އަވަހަށް ބޮލަށް ވަންނާނެ ނަމަކީ މިއީ އެވެ. ހުސެއިން ޒިނާނާއި އޭނާގެ ފިޓްނެސް މަރުކަޒު، ޓީއެފްޖީ އަކީ ރާއްޖޭގެ މި ދާއިރާގައި ތަހުތެވެ. ފިޓްނެހާއި އޭގެ ވިޔަފާރީގައި އެހެން މީހުންނަށް އަދި ނޭރޭ ހިސާބަކަށް އޭނާ މި ވަނީ އަރައިގެންގޮސްފަ އެވެ. އެކަމަކު ޒިނާން ބުނަނީ ފިޓްނެސް އިންސްޓްރަކްޓަރަކަށް ވުމަކީ އޭނާގެ ފުރަތަމަ ހުވަފެން ނޫން ކަމަށެވެ.

ޒިނާން މިވަރުގެ ކާމިޔާބު ފިޓްނެސް އިންސްޓްރަކްޓަރަކަށް ނުވިނަމަ ވަރަށް ގިނަ ދިވެހިން މިވަރަށް ފިޓްނުވީހޭ ވެސް ބުނެވިދާނެ އެވެ. އޭނާގެ ޓީއެފްޖީ އަކީ ފިޓްނެސްގެ ދާއިރާގައި މިހާރު ނަން މަޝްހޫރު ގިނަ ޓްރެއިނަރުންތަކެއް އުފައްދައި އަގުނުކުރެވޭވަރުގެ ހިދުމަތްތަކެއް ކްލައިންޓުންނަށް ދީފައިވާ ތަނެކެެވެ.

އެކަމަކު "ނުވިނަމަ" އިގެ މި ސެގްމަންޓްގައި ޒިނާން އެ ވާހަކަ ދައްކާކަށް ނެތެވެ. އޭނާ ކިޔައިދޭނީ ފިޓްނެސްގެ ދާއިރާ އާއި ވިޔަފާރީގެ ތެރެއަށް ނުވަދެވުނު ނަމަ ދެން އޭނާ ފެނުން އެންމެ ގާތް ދާއިރާގެ ވާހަކަ އާއި އެހެން ހުވަފެންތަކާއި ހުނަރުތަކުގެ ވާހަކަ އެވެ.

ޒިނާންގެ ނުވިނަމަ. --ވީޑިއޯ އަދި އެޑިޓިން: އަބްދުﷲ އައުރާފް / އަފްޝީން ނަސީރު

Popular