11 Jan 2018

މަށަށް އެންމެ ސަޅީ: ނަމްޒާގެ 11 ސިއްރު

"މަށަށް އެންމެ ސަޅީ" ސިލްސިލާގެ ފުރަތަމަ ގެސްޓުގެ ގޮތުގައި ނަމްޒާ ކިޔައިދޭނީ އޭނާގެ ސްޓައިލާއި ލައިފްސްޓައިލާ ގުޅިފައިވާ ކަންކަމުން ވަރަށް ހާއްސަ 11 ސިއްރެކެވެ.

"މަށަށް އެންމެ ސަޅީ" ސިލްސިލާގެ ފުރަތަމަ ގެސްޓުގެ ގޮތުގައި ނަމްޒާ ކިޔައިދޭނީ އޭނާގެ ސްޓައިލާއި ލައިފްސްޓައިލާ ގުޅިފައިވާ ކަންކަމުން ވަރަށް ހާއްސަ 11 ސިއްރެކެވެ.

ސްޓައިލް އާއި ލައިފްސްޓައިލްގައި އައިމިނަތު ނަމްޒާ އަކީ ބަލިކުރަން ފަސޭހަވާނެ ނަމެއް ނޫނެވެ. ދަންނަ ދިވެހި މަޝްހޫރު މޫނުތަކަށް ބަލާއިރު މިއީ ހާއްސަ ޝަހުސިއްޔަތެކެވެ. ރީތިކަމާއި ފަރިކަމަށް އަބަދުވެސް މަޝްހޫރު މޫނެކެވެ. އެގޮތުގައި ދެގޮތެއް ނުވެ އިސްޓައިލާއި ފެޝަނާ ބަނދެވިގެން ފަސްއެނބުރި ބެލުމެއް ނެތި އަދިވެސް ކުރިއަށް ދަނީ އެވެ.

"މަށަށް އެންމެ ސަޅީ" ސިލްސިލާގެ ފުރަތަމަ ގެސްޓުގެ ގޮތުގައި ނަމްޒާ ކިޔައިދޭނީ އޭނާގެ ސްޓައިލާއި ލައިފްސްޓައިލާ ގުޅިފައިވާ ހުރިހާ ކަމަކުން ވަރަށް ހާއްސަ 11 ސިއްރެއްގެ ވާހަކަ އެވެ.

1- ޕާފިއުމް

"އެންމެކުރިން އަބަދުވެސް އެންމެ ކަމުދާ ޕާފިއުމެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ކަޝްމީރު ނަމަކަށް ކިޔާ ޕާފިއުމެއް. އެކަމަކު މިހާރު އެންމެ ކަމުދަނީ މާކް ޖެކޮބްސްގެ ޑެކެޑެންސް. މިހާރު މި ބޭނުންކުރާ ސެންޓުގައި ހުންނާނީ ކަޝްމީރުގެ ވަސްގަނޑު. އެކަމަކު އެއީ ވަރަށް ކުރީގެ ޕާފިއުމެއްވީމަ މިހާރަކު ނުވެސް ލިބޭ. އެހެންވީމަ އެ ވަސް ހުންނާތީ ކަމަށް ވެދާނެ ޑެކެޑެންސް މިހާ ކަމުދަނީ."

ނަމްޒާއަށް އެންމެ ކަމުދާ ޕާފިއުމް

2- ލިޕްސްޓިކް

"ލިޕްސްޓިކް ބްރޭންޑްތަކަށް ބަލާއިރު މެކް ވަރަށް ކަމުދޭ. މިހާރު އެންމެ ގިނައިން ބޭނުންކުރެވެނީ މެކްގެ ހުންނަ މެޓްގެ ޕާސިސްޓެންސް. މެކް ބައެއް މީހުންނަށް އެހާ ކަމުދާ އެއް ސަބަބަކީ މަޝްހޫރުވުންހެން ހީވަނީ. ދެން އަނެއް ކަމަކީ މިއީ ވަރަށް ލޯންގް ލާސްޓިން އެއްޗެއް. މިސާލަކަށް އެހެން ލިޕްސްޓިކްތައް އިރުއިރުކޮޅާ އަލުން އުނގުޅާލަން ޖެހޭނެ. އެކަމަކު މެކްއަކީ ވަރަށް ގިނައިރު ހުންނަ އެއްޗެއް."

ނަމްޒާއަށް އެންމެ ކަމުދަނީ މެކް ލިޕްސްޓިކް

3- ބޮޑީބަޓާ / ބޮޑީލޯޝަން

"ބޮޑީޝޮޕްގެ މޮރިންގާ. އެއީ ހަމަ އޭގައި މީރުވަސް ދުވާތީ. އެކަމަކު ފޭސްވޮޝްއެއްގެ ގޮތުގައި ގާނިއާ ބޭނުންކުރަން. އެކަމަކު އަސްލު ސްކިން އަށް ބަލަންވާވަރަށް ބަލައިގެން ކެއާކޮށްގެން ނޫޅެވޭހެން ހީވަނީ."

.

4- ބޭގްސް / ކްލަޗް

"އަސްލު ތެދަށް ބުނަންޏާމު ނަމްޒާ އަށް ބޭގެއް ވެސް ކަމުދަނީ އޭގެ ބްރޭންޑަށް ބަލައިގެނެއް ނޫން. އެހެންވީމަ އެއްވެސް ބްރޭންޑަކަށް ނުވާ އެއްޗެހި ވެސް ހުންނާނެ ނަމްޒާ އަށް ވަރަށް ކަމުދާ އެއްޗެހި. އެކަމަކު މިހާރު ބޭނުން އެބަކުރަން ޕްރާޑާއެއް. އެގޮތަށް އެކިފަހަރު އެކި އެއްޗެހި ބޭނުންކުރަނީ. ބްރޭންޑަކަށް ނުން އިސްކަން ދެނީ. ދެން ކްލަޗަކަށް ދާ ނަމަ ހިފައިގެން ގެންގުޅެން ފަސޭހައީ ފްލެޓްކޮށް ހުންނަ އެއްޗެހި. އޮފީހަށް ދާއިރު ވެސް އެންމެ ކޮންވީނިއަންޓް ދަބަހަށް އިސްކަންދެވޭ."

-

5- ޝޭމްޕޫ އެންޑް ކޮންޑިޝަނާ

"މިހާރު ބޭނުންކުރާ ޝޭމްޕޫ އަކީ ޓްރެސްމޭ. އޭގެ ކަލާ ވައިބްރަންޓް. ކޮންޑިޝަނާއަކަށް ވެސް ގެންގުޅެނީ ހަމަ އޭތި. ކަލާ ވައިބްރަންޓް އަކީ ކޮންމެހެން ކަލާ ޓްރީޓެޑް ހެއާއަކަށް ވުރެން ބޮޑަށް ޝައިން ބޫސްޓާއެއް. އެހެންވީމަ އޭތި ބޭނުންކުރަނީ."

ނަމްޒާގެ މަގުބޫލު ޓްރެސްމޭ

6- ކޮފީ / މިލްކްޝޭކް

"ކޮފީއެއް ނުބޮން. މިލްކްޝޭކް ބުޔަސް ކިރު އަޅާފައި ހުންނަ އެއްޗެހި ވަރަށް ބޭނުންނުކުރަން. ދެން އައިސްކްރީމް ބޮން އެކަމަކު. ޑްރިންކަކަށް ނަގާ ނަމަ އަބަދުވެސް އެންމެގިނައިން ބޮވޭނީ ކޯކް. ހެނދުނު ވެސް، ރޭގަނޑު ވެސް، މެންދުރު ވެސް. ރޯދަ ވީއްލައިގެން ވެސް ކޯކް. އެކަމަކު ކޯކް ފްލޯޓެއް ވެސް މީރެއް ނޫން. ކޯކަށް ލައިމް ލީމަ ވެސް މީރެއް ނޫން. ޑައެޓް ކޯކް ވެސް ކަމަކުނުދޭ. ޕްލާސްޓިކް ފުޅީގައި ހުންނަ ކޯކެއް ނުބޮން އެއްގޮތަކަށްވެސް ދަޅު ލިބެން ހުންނަންޏާމު."

ކޯކަކީ ނަމްޒާއަށް އެންމެ ކަމުދާ ބުއިން

7- އައިސްކްރީމް

"ޗޮކްލެޓް ވިތު ޗޮކޯ ޗިޕްސް މީރު. ދެން މޫވް އެން ޕިކްގެ ޗޮކްލެޓް ވަރަށް މީރު. މޫވް އެން ޕިކްގެ ޑާކް ޗޮކްލެޓް ބޮޑަށް މީރީ."

.

8- ޑްރެސް ކަލާސް

"ވަކި ކުލަތަކެއް ހާއްސައެއް ނޫން. އެކަމަކު ޑާކް ކުލަކުލަ ލާ ހިތްވަނީ ބޮޑަށް. އަހަރެންގެ ސްކިންއަކާ ނުގުޅޭކަން ނޭނގެ އެހާ ލައިޓް ކުލަތަކެއް ވެސް. އެކަމަކު ވައިޓް ވަރަށް ރީތި. ބްލެކް ވަރަށް ރީތި. ވަރަށް ސްޕެޝަލް ތަނަކަށް ދާން ވެއްޖެ ނަމަ ބްލެކް ޗޫޒްކުރެވޭ. ރެޑް ނުވަތަ މެރޫން ކަހަލަ ޑާކް ކުލަތައް ވެސް ރޭގަނޑަށް ކަމުދޭ. ވަރަށް ގިނަ ވައްތަރުތަކުގެ ކުލަތައް ގެންގުޅެން."

9- ސަންގްލާސް

"ނަމްޒާގެ ލޯ ވީކްވީމަ އަސްލު އެހާ ސަންގްލާސް އަޅާ ހިތެއް ނުވޭ. އެހެންވީމަވެސް ބައެއް ފަހަރު ލެންސް ބޭނުންކުރެވޭ. ގްލެމާގެ އެއްޗެހި ގިނައިން ބޭނުންކުރަނީ. ސަންގްލާސްގައި ކަމުދަނީ އޭގެ ޝޭޕްތައް. އެގޮތުން ވަރަށް ކަމުދޭ ކެޓް-އައި ޝޭޕްސް. މިހާރު އެންމެ ގިނައިން މި އަޅަނީ ގެސް އައިނެއް. ދެން އެންމެފަހުން ގަތީ މައިކަލް ކޯޒްއެއް. އެކަމަކު ބްރޭންޑަކަށް ބެލުމަށް ވުރެން ރީތިކަމަށް ބަލަނީ."

.

10- ހޮލިޑޭ ޑެސްޓިނޭޝަން

"މިހާރުގެ އެންމެ ފެވަރިޓް ޑެސްޓިނޭޝަނަކީ ޕެރިސް. ވަރަށް ފަހުން ޕެރިހުގައި ތްރީ ވީކްސް ވަރު އުޅެފައި މި އައީ ވެސް. އެހެންވީމައާ ވެސް އެކުގައި. ނަމްޒާ އާއި ނަމްޒާގެ ހަޒްބަންޑަށް ވަރަށް ސްޕެޝަލްތަނެއް ޕެރިހަކީ. ދެ ފަހަރެއްގެ މަތިން މިހާރު ވެސް ޕެރިހަށް ދެވިއްޖެ. ވަރަށް ހެޕަނިން ޑެސްޓިނޭޝަނަކަށްވުރެން ރޮމޭންޓިކް ތަނެއް ޕެރިހަކީ. ރޮމޭންޓިކް ދަތުރަކަށްވީމަހެން ހީވަނީ އެހާ ކަމުދަނީ."

.

11- ޕިއްޒާ

"އަސްލު ޕިސްޒާ ހަޓްގެ ޕިއްޒާ ވަރަށް މީރު. އެކަމަކު މާލެއިން ނުއެއް ލިބޭ ދޯ. ދެން މާލެއިން ނަމަ އެންމެ ކަމުދަނީ ޕިއްޒާ ބޯނާ. ބޭނުންގޮތަކަށް ކަސްޓަމައިޒްކޮށްލައިގެން ކާލެވޭ ގޮތަށް ހުންނަ ޕިއްޒާ ބޮޑަށް ކަމުދަނީ."

.

Popular