13 Mar 2018

މިލްޒީރޯގެ ހޭޓާސް އަށް، ލޯތްބާއެކު!

ލޯތްބާއެކު ނިމުމަކަށް އައީ އެވެ. އެކަމަކު ނިކަން ލޯތްބާއެކުގަ އެވެ.

By: Ahmed Nadym

ރާއްޖެއިން ހޯދަން އެންމެ ފަސޭހަ، އެކުގައި މަސައްކަތްކުރަން އެންމެ އުނދަގޫ ބަޔަކީ ފޮޓޯގްރާފަރުންނެވެ. މިހެން ވެފައި އޮންނަނީ ކެމެރާއެއް "އޯން" ކުރާ ކޮންމެ މީހަކު ފޮޓޯގްރާފަރެއްގެ ގޮތުގައި ލޭބަލްކުރުމުގެ ހުމެއް އަހަރެމެން އާވާރާކޮށްލާފައިވުމުންނެވެ. އެކަމަކު ރާއްޖޭގައި މިވަގުތު ހުރި އެންމެ މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން ނުވަތަ ކެމެރާގެ ފުރަގަހުގައި އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ، މިލްޒީރޯ ނަގައިދެނީ މުޅިން އެހެން ފޮޓޯގަނޑެކެވެ. އޭނާ ބުނަނީ އަތުގައި އަދި ކެމެރާއެއް އޮތަކަސް އެމީހަކު ފޮޓޯގްރާފަރަކަށް ބަދަލުކޮށްނުލެވޭނެ ކަމަށެވެ.

"ލޯތްބާއެކު" ގެ މިފަހަރުގެ ގެސްޓަކީ މި ސިލްސިލާގައި މި އަހަރު ގެނެސްދޭނެ އެންމެ ފަހު މެހުމާނެވެ. އެކި ދާއިރާތަކުން ހޮވާލައިގެން މިހާތަނަށް އަޅުގަނޑުމެން ވާނީ ވަރަށް ތަފާތު އަދި ވަރަށް މައްސަލަ ބޮޑު އަށް މޫނެއް ނިކަން ލޯތްބާއެކު ގެނެސްދީފަ އެވެ.

ފޮޓޯގްރަފީ

Popular