8 Jul 2018

ފާޒިލް އަށް އެންމެ ސަޅީ މިކަހަލަ އަންހެން ކުދިން

މިއީ ފިޓް ފާޒިލް އެވެ. ފާޒިލް މި ކިޔައިދެނީ އޭނާގެ ހިތް އަތުލެވޭނެ އަންހެން ކުއްޖެއްގެ ހުންނަންޖެހޭ ސިފަތެކެވެ.

މިއީ ފިޓް ފާޒިލް އެވެ. ފާޒިލް މި ކިޔައިދެނީ އޭނާގެ ހިތް އަތުލެވޭނެ އަންހެން ކުއްޖެއްގެ ހުންނަންޖެހޭ ސިފަތެކެވެ.

By: Aishath Maaha

ހިކިކޮށް ކުޑަކުޑަކޮށް ހުރެގެން ބުލީގެ ޝިކާރައަކަށްވި އަދި އަންހެން ކުދިންގެ ޝައުގުވެރިކަމެއް ވެސް ނުލިބުނު މި ޒުވާނާ އަކީ ފިޓްނެސްގައި އަދި ސޯޝަލް މީޑިއާގައި އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު އެއް ސެލެބްރިޓީ އެވެ. ފާޒިލް ނުވަތަ ފިޓް ފާޒިލް އެވެ.

މިއަދު މި ފާޒިލް ނުދަންނަ ހަމަ އެކަކު ވެސް ސޯޝަލް މީޑިއާގައި ހުންނާނެ ހެނެއް ހީއެއް ނުވެ އެވެ. ފިޓްނެސްގައި މާ އުހަށް އަރައިގެން ދިޔައިރު އަންހެން ކުދިންގެ ހިތްތަކުގެ އެންމެ ފުންމިނަށް ވެސް ފާޒިލް ވަނީ ފީނައިގެންފަ އެވެ. އެކަމަކު ފާޒިލް އަދި މިހުރީ ހަމަ ސިންގަލް ކޮށެވެ. ފާޒިލް ހިތްއެދޭ ކަހަލަ ކުއްޖަކާ އަދި ދިމާނުވަނީ ކަމަށް ފާޒިލް ބުންޏެވެ. ފާޒިލް އަށް އެންމެ ކަމުދާ އަންހެން ކުދިންގެ މި އިންޓަވިއުގައި ވާހަކަތައް ފާޒިލް ކިޔައިދީފި އެވެ.

ފުރަތަމަ ނަޒަރުން ފާޒިލަށް ރީތިވި އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދީބަލަ.

"އެއް ދުވަހަކު ފެނުނޭ ވަރަށް ރީިތި ކުއްޖެއް. އެކުއްޖާ ފެނުނީ މަޖީދީމަގުން. ފުރަތަމައިނުން ވެސް އަޅައިގަތީ އެ ކުއްޖާ ލައިގެން ހުރި އެއްޗެހި. އޭނަ ހުރި ވަރަށް ފިޓްނަސް ސްޓައިލަށް އެއްޗެހި ލާފަ. އޮބްވިއަސްލީ، ހުއްޓާފަ އޭނައާ ވާހަކަ ދައްކާކަށް ނުކެރުނު. ވާހަކަ ދައްކަން ދާތަނުން ބުނެފާނެ މީ ކިހިނެއްވާ މީހެއް ހެއްޔޭ. އެހެންވެ ދުރުގައި މަޑުކޮށްލައިގެން ހުރީ އެކުއްޖާއަށް ބަލަން. ދެން ބޭނުންވެއްޖެ އެ ކުއްޖާ ހޯދަން ދާން. ދެން ޖެހީ ސްޓޭޓަސް އެއް އެކުއްޖާ ހޯދަން. ޖެހީމަ އެކުއްޖާވެސް ހޯދަދިން މީހުން. އެކަމަކު ނުކެރުނު ވާހަކަ ދައްކާކަށް. ވާހަކަ ދައްކަން ބަލައިލިއިރު މިވީ ކޮންމެސް ރައްޓެއްސެއްގެ ރައްޓެއްސެއްގެ ކޮންމެސް މީހަކަށް. އެހިސާބުން ދެން ޖެހޭނީ ދޫކޮށްލަންތާ އެކަންތައް ވެސް."

ފާޒިލް އަންހެން ކުއްޖާގެ ރީތިކަން ބަލާ ގޮތަކީ ކޮބައިތަ؟

"ރީތި އަންހެން ކުއްޖަކީ ތިބެއެއްނު މަޑުމަޑުން ތިބޭ ކުދިން އަސްލު އެކަމަކު ވަރަށް ފުމޭނެ އެކަމަކު ލަދުގަންނަ ފާޑަށް އިސްޖަހައިގެން އުޅޭނީ ކުދިކުދި ސްމައިލް ދީފަ. މާބާރަށް ހީފަ އަޑުގަދަކޮށްފަ އުޅޭ ކަހަލައެއް ނޫން އެކަމަކު އިނަސަންޓް ލުކިން ބަޓް ލިޓްލް ޑެވިލް އިންސައިޑް އެކަހަލަ ކުދިން.

ފާޒިލް އަށް އާންމުކޮށް ރީތިވާނީ ދިގު ކުދިން. މާބޮޑަށް އައުޓް ގޮއިން ވެފަ ލައުޑް ކުދިން އެހާ ކަމަކު ނުދޭ. ފާޒިލް ލައިކް ވަނީ މަމީސް ގާލްސް ހުރެއެއްނުން އިނަސަންޓްކޮށް މަޑުމަޑުން ބަސް އަހައިގެން އުޅޭނީ އެކަމަކު ތަންކޮޅެއް ކުޑަކުޑަ ސަކަރާތްގަނޑެއްހެންް އުޅޭ ކުދިން. ދެން އިސްތަށިގަނޑު ފަން ކޮށް ހުންނަން ވާނީ. އިޓްސް ސަމްތިންގް."

އަންހެން ކުއްޖަކަށް ހިތްކިޔާއިރު ބޭރުފުށުގެ ބައްޓަމަށް ކިހާ ބޮޑު ސަމާލުކަމެއް ދެވޭތަ ނުވަތަ އެއީ ކިތައް ޕަސެންޓްތަ؟

"ބައްޓަމަށް ދެން ކޮންމެސް ވަރަކަށް ބެލޭ. ބެލޭނެ ދޯ. އަނެއްހެން ބުނަންޏާ ބޭރުފުށަކީ 40 ޕަސަންޓް. ދެން އަނެއް 60 ޕަސަންޓް ދީ އޭނަގެ ޕާސަނަލިޓީއަށް."

ކުރުކޮށް ބޯކޮށާލާފައި ތިބޭ އަންހެން ކުދިން ވަރަށް ހޮޓްތަ؟

"ފާޒިލްއަށް ކަމުދަނީ ބޯ ކޮނޑާ ހިސާބަށް ކޮށާފައި ހުންނަ ކުދިން. ދިގުވީމަ ކަމަކު ނުދޭ. ޕޯނީ ޓެއިލްއެއް ހެދޭ ވަރަށް. ކުރުކޮށް ކުދިން ބޯކޮށާފަ ތިބޭ ކުދިން ދޯ އެކުދިން ޖައްސާ ވައްތަރު ހޮޓީ. އެއީ އެއްކަލަ ފާޒިލްއަށް ވަރަށް ކަމުދާނެ ބައެއް ކަހަލަ މޮމެންޓްސް. މިހެން އިންދަ ފެނިދާނެ ކޮފީއެއްގަ އިންނަ އަންހެން ކުއްޖަކު ބޯ އައްސާލާތަން އާނ ދެން ވަރަށް ސަޅިވީ އެ ބޯ އެއްސި ގޮތް. ދެން ބޭނުންވާނީ ދެން ހަމަ އެކުއްޖާ ބޯ އައްސާތަން ބަލަން. ދެން ފާޒިލްއަށް އެންމެ ކަމުދަނީ އަންހެން ކުދިން ބޮލުގަ ބޮބީ ބްރައުން ކުލަ ޖެއްސީމަ."

ދިވެހި އިންސްޓަގްރާމް މޮޑެލުންގެ ތެރެއިން އެންމެ ހޮޓީ ކާކުތަ؟ ކީއްވެގެންތަ އެމީހަކު އެވަރަށް ކަމުދަނީ؟

"ފާޒިލް ތި ހޮޓް ވޯޑެއް ޔޫސް އެއް ނުކުރާނަން. އެކަމަކު ފާޒިލް އަށް ވަރަށް ކަމުދާ ވަރަށް ފޮލޯކުރާ ކުއްޖެއް އެއީ ދީނާ މޯލްޑިވްސް. ފާޒިލް ވަރަށް ސަޕޯޓުކުރާ ކަމެއް އެއީ އޭނަ ވަރަށް އެފޯޓްލާތަން ފެނޭ."

އެގޮތަށް ފާހަގަކޮށްލެވޭ އަންހެން ކުދިންގެ އިންސްޓަގްރާމް ކިހާވަރަކަށް ހާވައި ބެލޭތަ؟

"ހާވަން އެގޮތަށް ފެންނަ ކުދިން. ހާވަނީވެސް އުންމީދަކާ ލައިގެން. އެކަމަކު މިހެން ފެންނަ ކުދިން ހާވާލާއިރު ކޮންމެސް މީހެއް އޯންސް މި އިންނަނީ. ދެން ކީއްކުރާނީ."

ފާޒިލް. -- ފޮޓޯ: އެލީޒް ފޮޓްގްރަފީ

އެންމެ ކަމުދާ އިންސްޓަގްރާމް ފަސް މޮޑެލްސް ކިޔައިދީބަލަ؟

"އެކަކަކީ ކުރިން ވެސް ބުނިހެން ދީނާ. ދެން ހަނާން ރަޝީދު، ދެން މިއުޅޭ ބަތޫލް ވެސް ރަނގަޅު، ދެން އަނާ ޑޯލް ދެން އުޅޭނެ ކުއީން ކިޔާ ކުއްޖެއް. އެކުއްޖާވެސް ކަމުދޭ."

ފާޒިލް އަށް ކަމުދަނީ ބައްޓަން ރީތި ކުދިންތަ ނުވަތަ ފަލަކޮށް ތިބޭ ކުދިންތަ؟

"ތީގަ ފާޒިލް އަށް ކަމަކު ނުދާނެ އެހާ ހިކިކޮށް ތިބޭ ކުދިންނެއް. ކޮންމެސް ވަރަކަށް ޗަބްލީޝިއަސްކޮށް ހުންނަންޏާ ކަމުދަނީ. އެންމެ ހިކި އާ ޖެހިގެން ހުންނަ ކޮންމެސް ވަރަކަށް ފިގަރީކޮށް ހުރެފަ ދެން ތަންކޮޅެއް ޗަބީކޮށް ހުރެފަ ވެސް ޗަބްލީކޮށް ހުރެއެއް ނުން. އެ ދެކަހަލަ ކުދިން ވަރަށް ކަމުދޭ."

ކުޑައިރުގެ އެންމެ ބޮޑު ސެލެބްރިޓީ ކްރަޝް އަކީ ކޮބައިތަ؟

"ފާޒިލްގެ އެންމެ ބޮޑު ސެލެބްރިޓީ ކްރަޝްއަކީ ޝަކީރާ. ދިވެހިންގެ ތެރެއިން ބުނަންޏާ ސޫޒަން ދައްތަ."

ކޮން ގޮތަކަށް ހުންނަ ތުންފަތެއްތަ އެންމެ ރީތީ؟

"މީ ތަންކޮޅެއް ބޮޑުކޮށް ހުންނަ އެކަމަކު އެހާ ބޮޑުކޮށެއް ވެސް ނޫން އެގޮތަށް ނެޗުރަލްކޮށް ހުންނަ ތުންފަތް."

އަންހެން ކުދިން ގަޔަށް ބާރުކޮށް ހެދުން އެޅީމަތަ ކަމުދަނީ ނުވަތަ ވީހާވެސް ދޫކޮށްލާފަ ހުންނަ ހެދުންލީމަތަ ރީތި؟

"ފާޒިލްއަށް އެންމެ ރީތީ ގަޔަށް ދޫކޮށް ހެދުން އެޅީމަ. އެހާ ދުލެއްވެސް ނޫން އެކަމަކު. ހިނގާލެވޭ ގޮތަކުން ކުޑަކޮށް ބާރުވަރަށް. ދެން ޖީންސާ ޓޮޕް ވަރަށް ރީތި."

އަންހެން ކުއްޖާ ރަނގަޅީ އަނގަގަދަވި ވަރެއްތަ؟

"އަނގަގަދަވި ވަރެއް ރަނގަޅީ. ފާޒިލް މިއީ އެހާ އަނގަގަދަ މީހެއް އެހެންވީމަ ފާޒިލްއާ އަނގަތެޅޭ އެކަހަލަ މީހެއް ބޭނުމީ."

ރިޗް، ލަގްޒޫރިއަސް ލައިފްސްޓައިލްއެއްގައި އުޅޭ އަންހެން ކުދިންނަށް ހިތްކިޔާތަ؟

"ދޮގު ނުހަދާ ބުނަންޏާ އެކަހަލަ ކުދިންނަށް ހިތް ނުވެސް ކިޔަނީއޭ. އެއީ އެމީހުންގެ ހިތް އުޅޭނީ އާސްމާނުގަވިއްޔަ. މި ބުނަނީ އެންމެންގެ ވާހަކައެއް ނޫން. އެކަހަލައިގެ އުޅޭ ވަރަށް ޑައުން ޓު އާތު މީހުން ވެސް. ބަޓް ސްޓިލް ނޯ."

ފާޒިލް. -- ފޮޓޯ: އެލީޒް ފޮޓްގްރަފީ

ވަރަށް ކެރޭ އަންހެން ކުދިންތަ ރަނގަޅީ؟ ހުރިހާ ކަމެއްގައިވެސް.

"އުޅޭނެ ބައެއް އަންހެން ކުދިން ދެން މާ ކެރިގަނެގެން. އެންމެންގެ ތެރޭގައި މާ ކެރިގަނެގެން މާ އަނގަތަޅާ އެއެއް ނޫން. އެކަމަކު އެއްކަލަ ނުކެރޭ ކަމަށް ހެދިގެން އެކަމަކު ކެރޭ ކުއްޖާ ބޭނުމީ،"

ބިޓަކަށް އުޅޭ އަންހެން ކުއްޖާގެ ފިރިހެން ބެސްޓް ފްރެންޑުން ތިބުމަކީ ކަޑަކަމެއްތަ؟

"އެއީ ކަޑަކަމެއް ނޫން އަންލެސް ޝީ ނޯސް ދަ ލިމިޓް. ޖޭ އެއްވެސް ނުވާނެ. 157 ޕަސެންޓް ގެރެންޓީ. ޖޭ ވާނީ ސަބަބުތަކެއް ހުރީމަ. މިސާލަކަށް ފާޒިލް ފާޒިލްގެ ގާލްފްރެންޑަށް ކޮށްދޭންޖެހޭ ކަންތައްތައް އޭގެން ފާޒިލްއަށް މި އެފޯޓް ލެވެނީ 40 ޕަސަންޓް ކަންތައްތަކަށް. އެހެންވީމަ އަބަދުވެސް އަންސެކިއާ ފީލްވާނެ މީނަ ސެޓިސްފައި ނުވެޔޭ ހުންނާނީ ވަޓްއެވާ އިޓް އިޒްގަ. އެކަމަކު 100 ޕަސަންޓް އެކަމުގައި ދެންޏާ ފާޒިލްއަށް އެނގޭނެ ނުދާނެކަން އެހެން މީހެއް ކައިރިއަށް. އިމޯޝަނަލީވެސް. އެ ގެރެންޓީ އެއީ އަމިއްލަ މީހާ ބިލްޑުކުރާ އެއްޗެއް."

Popular