15 Jul 2018

އައިޝް؛ މިއީ ވަރަށް ފެންނަ މޫނެއް ދޯ؟

By: Aishath Maaha

މޭކްއޯވާގެ މި ސެގްމަންޓަށް ވެސް މަރުހަބާ އެވެ. މޭކްއޯވާގެ މިދިޔަ ސެގްމަންޓުގައި ފިިރިހެން މެހެމާނެއް ގެނެސްދިނުމަށްފަހު އަހަރެމެން ނިންމީ މި ހަފުތާގައި އަންހެން މެހެމާނެއް ގެނެސްދޭށެވެ. މޮޑެލްކޮށް މުޅިން އާ މޫނެއް ގެނެސްދޭށެވެ.

އެހެންވެ މި ސެގްމަންޓަށް އެކަހަލަ މޫނެއް ހޯދަމުން އަންނަނިކޮށް ފެނުނީ އައިޝަތު ގާހިރެވެ.

ވަރަށް އަވަދިނެތި އުޅޭ އައިޝް އަށް މި ސެގްމަންޓަށް އަރަން ދިން ދައުވަތު ގަބޫލުކޮށް ޝޫޓަށް އައީ ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ސެރެއިން އަދި ޗެޕްސް އިން ހެދުމާއި ފައިވާން ގެނެސް، ނޯނީ ސްޓައިލްކޮށްދިން އިރު އައިޝްގެ މޭކަޕް އަދި ބުރުގާ އަޅުވައިދިނީ އަމާނީ އަހްމަދު އެވެ. ފޮޓޯތައް ނަގައިދިނީ މަސްރާހް އެވެ. އަދި ވީޑިއޯ ނަގައި އެޑިޓްކޮށްދިނީ އަފްޝީން ނަސީރެވެ.

ފޮޓޯގްރެފީ: މަސްރަހް

މޭކްއޯވާގެ މި ޝޫޓު ފަތިހު 4:30 ގައި ފެށި ނަމަވެސް އާންމުކޮށް އައިޝްގެ ދުވަސް ފެށެނީ ހެނދުނު އޮފީހުންނެވެ. މިހާރު އެމްޓީސީސީގައި އައިޝް ވަޒީފާ އަދާކުރަމުން އަންނަ އިރު މިދިޔަ އަހަރާ ހަމައަށް، ހަތް އަހަރު ވަންދެން ގައުމީ ބޭންކް ބީއެމްއެލްގައި މަސައްކަތް ކުރި އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

ސްކޫލް ނިންމާލި ގޮތަށް ބެންކަށް ވަޒީފާއަށް ވަނީ އެންމެ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެން ކަމަށްވާ ޑޮކްޓަރަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖެއްސުމުގެ ކުރިން މަސައްކަތުގެ މާހައުލު ތަޖުރިބާ ކޮށްލާށެވެ. އެ ދަތުރު ވީ އައިޝްގެ މުޅި ކެރިއަރު ބަދަލުކޮށްލި ދަތުރަކަށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

މެޑިސިން ހެދުމުގެ ހިޔާލު ދޫކޮށްލާފައި މިހާރު އަންނަނީ މެޕްސް ކޮލެޖުން ބިޒްނަސް މެނޭޖްމަންޓުން ޑިގްރީއަށް ކިޔަވަމުންނެވެ. އަންނަ އަހަރު ޑިގްރީ ސެޓްފިކެޓް ލިބުމާއެކު ދެން ފަށާނީ މާސްޓާސް ހާސިލް ކުރުމުގެ ދަތުރެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

"މިހާރު ރިގްރެޓެއް ނުކުރަން މެޑިސިން ނުހެދުނީމައެއް. ބޭންކުގައި އުޅެމުން ދެ ފަހަރު ކޯސް ހޯދިން. އެކަމަކު ނުދަން. މިހާރު ހިތަށް އަރަނީ އޭރު މި ދާއިރާއިން ކިޔެވުން ނަމައޭ އޭރަށް މިހާރު ހުންނާނީ ނިމިފަ. ކިޔަވަން ފެށީމަ ކިޔެވުމުގެ މުހިންމުކަން މި އިނގެނީ."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

މެޕްސް ކޮލެޖުގައި ޑިގްރީއަށް ކިޔަވަންދަމުން އޭނާ އަކީ އެ ކޮލެޖުގެ ސްޓޫޑެންޓް އެސޯސިއޭޝަންގެ ސެކެޓްރީ ވެސް މެ އެވެ. އޭގެ އިތުރުން އެއީ ފްރީލާންސް ފިޓްނަސް އިންސްޓްރަކްޓަރެއް ވެސް މެ އެވެ. ކޮންމެ ދުވަހަކު ވެސް އެ ހުރިހާ ކަމަކަށް އައިޝްގެ ވަގުތުތައް އޭނާ ހުސްކުރެ އެވެ. އައިޝް ބޭނުންވަނީ އެއްވެސް ހުސް ވަގުތެއް ނެތި ވަރަށް ބުރަކޮށް އުޅޭށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

އެހެންވެ، ހަވީރު އޮފީހުން ނުކުންނަ ގޮތަށް ގެއަށް ގޮސް ދެން ދަނީ ކޮލެޖަށެވެ. ކްލާހުން ނުކުންނަ ގޮތަށް އެ ސްޕީޑްގައި ގެއަށް ގޮސް އެއްޗެހި ބަދަލުކޮށްލައިގެން ދަނީ ޖިމަށެވެ. އެކަމަކު އައިޝް އަކީ ބްލޮކް މޯޑަށް ކިޔަވާ ދަރިވަރަކަށް ވުމުން ކޮލެޖަށް ދާން ޖެހޭނީ މަހަކު ދެ ހަފުތާގަ އެވެ. އަނެއް ދެ ހަފުތާ އެއީ އެސައިންމަންޓުތައް ނިންމަން ލިބޭ ދެ ހަފުތާ އެވެ. ހަފުތާ ބަންދުގައި އެ މަސައްކަތް ކުރިއަސް އެހެން ދުވަސްތަކުގައި ވެސް ކޮލެޖަށް ގޮސް އެހެން ކުދިންނާ ބައްދަލުކޮށް ކިޔެވުމުގެ ކަންކަން މަޝްވަރާކުރެ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

"އައިޝް އަބަދުވެސް ބޭނުންވަނީ ވަރަށް ބިޒީކޮށް އުޅެން. ހުސް ވަގުތުވީމަ ވަރަށް ފޫހިވޭ. އެހެންވެ މުޅި ދުވަސް އޮންނާނީ ބިޒީކޮށްލާފަ. ދެން އެހެން ކަމެއް ނެތިއްޔާ ފެމެލީ އާ އެކީ ސްޕެންޑްކުރާނީ." ބޮޑުުދައިތައެއް ކައިރީގައި މާލޭގައި އުޅޭ އައިޝް ބުންޏެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

އައިޝްގެ މައިންބަފައިން ދިރިއުޅެނީ ގދ. ގައްދޫގަ އެވެ. އޭނާ 2002 ވަނަ އަހަރު ކިޔަވަން މާލެ އައި ގޮތަށް އުޅެނީ މާލޭގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

ސްކޫލް ދައުރުގައި އެއްވެސް ކަހަލަ ކުޅިވަރެއް ނުކުޅުނަސް އަބަދުވެސް އޭނަ ބޭނުންވީ ވަރަށް ފިޓުކޮށް ހުންނާށެވެ. އެ ހިޔާލުތައް އެންމެ ބޮޑަށް އައިސް ވަށާލައި ފިޓްނަސްގެ ތެރެއަށް އޭނާ ގެނބުނީ 2015 ވަނަ އަހަރު ފަހަރި ހިންގަން ފެށި ފިޓްނަސް ކްލާސްތަކަކާ އެކުގަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

އެންމެ ފުރަތަމަ ވެސް އޭނާގެ އަމާޒު ހިފީ ޒުމްބާ އިންސްޓްރަކްޓަރަކަށް ވާށެވެ. ލައިސެންސް ލިބުމާއެކު ކްލާސްތައް ނަގައިދޭން ފެށި އެވެ. ޒުމްބާ އާއި ފިޓްނަސްގެ ތެރެއިން ގޮސް މިހާރު ހުރީ ފުޓްސަލް ކުޅޭ ހިސާބުގަ އެވެ. ކޮލެޖުގައި ބޭއްވި ފުޓްސަލް މުބާރާތަށް ފަހު މިހާރު އަންނަނީ އިންޓަ ކޮލެޖް ފުޓްސަލް މުބާރާތަށް ތައްޔާރުވަމުންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

ކޮލެޖުގައި ބޭއްވި ފުޓްސަލް މުބާރާތުގެ ތެރެއިން އައިޝް އަށް ވަނީ އެހެން ދާއިރާއެއްގެ ތެރެއަށް ވެސް ވަދެވިފަ އެވެ. އެއީ ޝޯ ޕްރެޒެންޓިން އެވެ. ކޮލެޖުގައި އޮތް މުބާރާތް ޓީވީއެމުން ލައިވްކުރި އިރު އެ މުބާރާތް ހޯސްޓުކޮށް ކޮމެންޓްރީ ދީ މި ހުރިހާ ކަމެއް ކުރީ އައިޝް އެވެ. ބީއެމްއެލްގައި އުޅުނުއިރު ވެސް އިވެންޓުތައް ހުށަހަޅައިދިނެވެ. ކޮންމެ އަކަސް އެ މުބާރާތަށް ފަހު ޓީވީއެމްގެ ސްޕޯޓްސް ޑިޕާޓްމަންޓުގެ ލޮލުގައި އައިޝް އަޅައިގަނެ ވޯލްޑްކަޕްގެ މެޗުތަކާއެކު ޓީވީއެމުން ގެނެސްދިން ޕްރީ ޝޯތަކުގެ އެނަލިސްޓަކަށް ވުމުގެ ފުރުސަތު ދިނެވެ. ހަތަރު ވަރަކަށް ޝޯ އިން އައިޝް ފެނިގެން ދިޔަ އެވެ. މި މޫނު ކޮންމެވެސް ތަނަކުން ފެންނަހެން ތިޔަ ހީވީ އެހެންވެ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިން: ނޯނި | މޭކަޕް: އަމާނީ | ވޯޑްރޯބް: ސެރެއިން، ޗެޕްސް

އައިޝް ބުނީ ކުރިއަށް އޮތްތަނުގައި ވެސް ފުރުސަތު ލިބޭ ވަރަކުން ޓީވީ ޝޯތައް ހުށަހަޅައިދޭނެ ކަމަށެވެ. އެއީ ވެސް އައިޝްގެ ޝައުގުވެރިކަން ބޮޑު ދާއިރާ އެކެވެ.

ޒުވާނުން ފެޝަން

Popular