17 Jul 2018

އަޝްފާގެ ލޯތްބާއެކު

By: Ahmed Nadym

ދޯ އިން އޮންލައިންކޮށް މިހާތަނަށް ގެނެސްދިން ވީޑިއޯ ސެގްމަންޓްތަކަށް ބަލާއިރު "ލޯތްބާއެކު" އަކީ ވަރަށް ގިނަ ބަޔަކު އެ ކުޑަކުޑަ ޝޯއަކާ ބެހޭ ގޮތުން އެތައް ގޮތަކަށް ވާހަކަ ދެއްކުވި ހުށަހެޅުމެކެވެ. ވަކިން ހާއްސަކޮށް "އީމް ނިޒާމް" ގެ ސެގްމަންޓް އެންމެން ވެސް ހަނދާން ހުންނާނެ އެވެ. އެއަށް ފަހު އިތުރު ހަތް މެހުމާނުންނާ އެކު މެދުކަނޑާލި އެ ޝޯ ލޯތްބާއެކު އަނެއްކާވެސް އެނބުރިއައީ އެވެ.

ސީދާ ކިޔުންތެރިންނާއި ބެލުންތެރިންގެ ޑިމާންޑަށް އުފެއްދި މި ސީޒަނުގައި ވަރަށް ހާއްސަ ހަތް މެހުމާނަކު ލޯތްބާއެކު އަންނާނެ އެވެ. އެގޮތުން އަހަރެމެން މި ފަށަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިިޔަމް އަޝްފާ އިންނެވެ.

އަޝްފާ އަށް ފަހު މި ސިލްސިލާގައި މިފަހަރު ހިމެނޭ އެހެން މޫނުތަކަކީ ލަވަކިޔުންތެރިޔާ މޫޝަން މުބާރަކް އާއި މޮޑެލް ކައިޒީން އަދި އެކްޓަރު ޖުމާ އާއި ލަވަކިޔުންތެރިޔާ މީރާ މުހައްމަދުގެ އިތުރުން ފޮޓޯގްރާފަރު މަސްރަހް އާއި ފިސާރި އަންހެނާ ޝަފިއްޔާ ސްޓައިންހިލްބާއެވެ.

"ލޯތްބާއެކު" އަކީ އާންމުންނާއި ސޮސައިޓީ އިން މީހުންނާ ބެހޭ ގޮތުން ދައްކާ ވާހަކަ އާއި އުފައްދާ ނެގެޓިވް ވައިބަށް ލޯތްބާއެކު ޕޮޒިޓިވް ވައިބެއް އުފެއްދު ކުރެވޭ މަސައްކަތެކެވެ.

Popular