21 Jul 2018

އިމާންގެ އިންޓްރޯ: އަންހެނުންގެ ބާރުވެރި ޕޮއެޓްރީ

By: Ahmed Nadym

ޕޮއެޓްރީ ނުވަތަ ޅެންވެރިކަން މި ވަނީ އުފާވެރި ރޯޅިއެއްހެން އެނބުރިގެން އައިސް ޒުވާން ހުރިހާ ކުދިންގެ ހިތްތައް އަތުލައިފަ އެވެ. ޅެންވެރިކަމުގެ މި ބަހާރު މޫސުމުގައި ފޮޅުނު ޒުވާން މާތައް އިންސްޓަގްރާމްގައި މަގްބޫލުކަން ހޯދައި އިންސްޓާ-ޕޮއެޓުންނަށް ބަދަލުވެފައިވާއިރު އަނެއް ބަޔަކު ދަނީ ފޮތްތައް ވެސް ނެރެމުންނެވެ. އެގޮތުން އިންޓްރޯގެ މިފަހަރުގެ ގެސްޓަކީ ވަރަށް ވަރަށް ޒުވާން ޕޮއެޓެކެވެ. -- އޭނާގެ ނަމަކީ އީމާން ސުހައިލް އެވެ.

އުމުރުން އެންމެ 15 އަހަރުގެ އީމާން އަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުން އޭނާގެ ލިޔުންތެރިކަމުގެ އާދަޔާހިލާފު ހުނަރު ދައްކަމުން އަންނަ ކުއްޖެކެވެ. މިހާތަނަށް އޭނާ ވަނީ ޕޮއެޓްރީ ފޮތެއް ވެސް ނެރެފަ އެވެ.

Popular